24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

މުޒާހަރާ

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

  • އިހުތިޖާޖުގެ ތެރެއިން އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވޭ
  • ރައްޔިތުން ފާޅުކުރި ޝުއޫރުތަކުގައި ނަރުދަމާ އާއި ބޯހިޔާވަހިކަންމަށް ގޮވާލައިފައިވޭ
  • މިނިސްޓަރު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރި
މުހައްމަދު ފަޒީން | phaxyn

| 22 ޖެނުއަރީ 2017 | އާދީއްތަ 20:16 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  4. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟


ނޮޅިވަރަންފަރު ރައްޔިތުން މުޒާހަރާ ކުރަނީ -- ގޫގުލް

ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ހދ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނޮޅިވަރަންފަރަށް ވަޑައިގެންނެވުމުން އެރަށުގެ ބަޔަކު އިހުތިޖާޖު ކޮށްފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒު ވިދާޅުވީ ހޮނިހިރު ދުވަހުގެ ހަވީރު ހަތަރެއް ޖަހާކަންހާއިރު މިނިސްޓަރ މުއިއްޒު ނޮޅިވަރަންފަރަށް ވަޑައިގެންނެވި ކަމަށާއި ނަމަވެސް މުއިއްޒު ވަޑައިގެންނެވުމާއި ގުޅިގެން ބަޔަކު މުޒާހަރާކޮށް ހަމަނުޖެހުން ހިންގާފައި ނުވާކަމަށެވެ.

ރިޔާޒު ވިދާޅުވީ ބަޔަކު މީހުން އެމީހުންގެ ޝުއޫރުތައް ލިޔެފައިވާ އެކިއެކި ބޯޑުތައް ހިފައިގެން މުއިއްޒު ވަޑައިގެންނެވިއިރު ބަނދަރު ސަރަހައްދުގައި އުޅުނު ކަމަށާއި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށެވެ.

ރިޔާޒު ވިދާޅުވީ މުއިއްޒު އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވަމުންގެންދެވި ކަމަށެވެ.

އިހުތިޖާޖު ކުރި މީހުން ހިފައިގެންތިބި ބޯޑުތަކުގައި ލިޔެފައިވާ ޝުއޫރުތަކުގެ ތެރޭގައި ރައްޔިތުން ނިކަމެތި ހާލަތުގައި ބޭއިތިއްބުމަށްފަހު ސަރުކާރުން ކެމްޕެއިން ދަތުރުތައް ކުރައްވަން ލަދުގަންނަންޖެހޭ ކަމަށްބުނެ ޝުއޫރުތައް ފާޅުކޮށްފައިވެއެވެ. އަދި ރަށުގެ ނަރުދަމާ އާއި ރައްޔިތުންގެ ބޯހިޔާވަހިކަން އަދި ޓްރެއިނިންގ ރިސޯޓް ކޮބައިތޯ ބުނެ އިހުތިޖާޖުކުރި ރައްޔިތުން ވަނީ އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފަ އެވެ.

މިނިސްޓަރ މުއިއްޒުގެ އަރިހުގައި އެރަށަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކާއި ބައެއް މެމްބަރުން ވަޑައިގެންނެވި އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް