23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ކެޓްރީނާ ކައިފް

ކެޓްރީނާގެ އުފަންދުވަސް އިނގިރޭސިވިލާތުގައި ފާހަގަކޮށްފި

  • ކެޓްރީނަށް ފުރުނީ 35 އަހަރު
  • މި ވަގުތު ދަނީ އާއިލާއާ އެކުގައި ޗުއްޓީ ހޭދަކުރަމުން
ސިމާހާ ނަސީމް | sim_kamana

| 16 ޖުލައި 2018 | ހޯމަ 18:43 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  5. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  6. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު


ކެޓްރީނާ ކައިފްގެ އުފަންދުވަހުގެ ކޭކް ހިފަހައްޓައިގެން -- އާކައިވް

ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ޚާއިފްގެ 35 ވަނަ އުފަން ދުވަސް ހޯމަ ދުވަހު އިނގިރޭސިވިލާތުގައި އާއިލާއާ އެކު ފާހަގަ ކޮށްފިއެވެ.

ކެޓްރީނާގެ މަންމަ ސުޒެއިން ވަނީ، ކެޓްރީނާ ކޭކެއް ހިފައިގެން އިންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. އެ ފޮޓޯގެ ކެޕްޝަނެއްގެ ގޮތުގައި ކެޓްރީނާގެ މަންމަ ލިޔެފައި ވަނީ "ދަރިފުޅު ހުރިހާ އެންމެންނަށް ދޭ ލޯތްބާއި، ބަހައްޓާ އޯގާތެރިކަން ދަރިފުޅަށް ވެސް ލިބުމަށް އެދޭ" ކަމަށެވެ.

ކެޓްރީނާ މިދުވަސްކޮޅު ދަނީ އިނގިރޭސިވިލާތުގައި އާއިލާއާ އެކުގައި ޗުއްޓީ ހޭދަކުރަމުންނެވެ. ކެޓްރީނާ ވަނީ އާއިލާގެ މެމްބަރުންނާ އެކުގައި ނަގާފައިވާ ފޮޓޯތައް އިންސްޓާގްރާމްގައި ޝެއަރ ކޮށްފައެވެ.

ކެޓްރީނާ އެނބުރި އިންޑިއާ އަށް ދިއުމަށް ފަހު ދެން އެންމެ އަވަހަށް ކުރާނެ މަސައްކަތަކީ މި އަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމް "ޒީރޯ" ގެ މަސައްކަތެވެ. ޗުއްޓީއަށް ފަހު އެ ފިލްމްގެ ލަވައެއް ޝޫޓް ކުރަން ޖެހޭ ކަމަށް ކެޓްރީނާ ވަނީ ބުނެފައެވެ.

މި ފިލްމްގައި ކެޓްރީނާއާ އެކުގައި ހަރަކާތްތެރިވަނީ ޝާހުރުކްހާންގެ އިތުރުން އަނުޝްކާ ޝަރްމާއެވެ.

މީގެ އިތުރުން މި އަހަރުގެ ނޮވެމްބަރު މަހު ކެޓްރީނާ ހަރަކާތްތެރިވާ ފިލްމް ތަގްސް އޮފް ހިންދުސްތާން ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކެޓްރީނާގެ ގިނަ ފޭނުންނާއި އެތައް ފަންނާނުން ވަނީ އުފަންދުވަހުގެ ތަހުނިޔާ ކިޔާފައެވެ.

ކެޓްރީނާއަކީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެންމެންގެ ލޯބި ހޯދާފައިވާ ކުޅަދާނަ ތަރިއެކެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް