21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ޒުވާނުންގެ އުއްމީދު

ޒުވާނުންގެ އުއްމީދު ގުޅިފައިވަނީ ވަޒީފާއާ!

  • އެކަށީގެންވާ ވަޒީފާގެ ފުރުސަތު ނެތް ކަމަށް ގިނަ ޒުވާނުންދެކޭ
އާމިނަތު ނުޒުހާ | nuzu8121

| 16 ޖުލައި 2018 | ހޯމަ 18:25 | |

މަގުބޫލް

  1. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  2. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  3. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  4. ޤުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެ ފޮތެއް ނެރިފައިވާ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި
  5. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  6. 11 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރިވެގެން: ފެނަކަ
  7. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  8. މާލެ ތެރޭގައި ތެޔޮ ވިއްކުން ހުއްޓުމަކަށް ގެނެސް، ޕެޓްރޯލް ޝެޑްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަނީ


ޒުވާނުންގެ މަރުކަޒުގައި ޒުވާނުންތަކެއް ބިލިއާރޑް ކުޅެނީ -- އާކައިވް

ކިޔަވައިގެން ނުކުންނަ ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އެކަށީގެންވާ ގޮތެއްގައި ނެތްކަމީ އަދުގެ ޒުވާނުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.

މޮޅަށް ކިޔެވުމުގެ ބޭނުމަކީ ނުދަރާ އަބުރުވެރި ދިރިއުޅުމެއް އާއިލާއާއިއެކު އުޅެވޭނެވަރުގެ އާމްދަނީއެއް ލިބުން ކަމަށް ގިނަ ޒުވާނުން ބުނެއެވެ. އެމީހުންނަކީ މި ގައުމު ބިނާކުރުމުގައި އެންމެ މުހިއްމު ރައުސުލްމާލެވެ. ގައުމެއް ގައުމަކަށް ވަނީ ޒުނާނުން ހެއުގޮތުގައި ބިނާކުރެވިގެންނެވެ. އެހެން ނަމަވެސް މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި ޒުވާނުންނަށް އެމީހުން ބޭނުންވާ ދާއިރާއެއްގައި ހާސްކަމެއް ނެތި ހަރަކާތްތެރިވާނެ ފުރުސަތުތައް މަދު ކަމަށް ގިނަ ޒުވާނުން ފާހަގަކުރެއެވެ. ރާއްޖެއެމްވީއާ ވާހަކަ ދެއްކި ގިނަ ޒުވާނުން ފާހަގަކުރިގޮތުގައި އެމީހުންނަށް އެކަށީގެންވާ އާމްދަނީއެއް ނުލިބުމާއި ކުރިއަށް ދާންބޭނުންވާ ދާއިރާތަކުން ވަޒީފާ ނުލިބުމަކީ ވަރަށް ބޮޑު ގޮންޖެެހުމެކެވެ.

މީގެއިތުރުން ވަޒީފާތަކުގައި ބިދޭސީން ގިނަވުމާއި، މުސާރައިގެ ތަފާތުކުރުން ގެންގުޅުމަކީ މަސައްކަތުގެ މާހަލުގައި ކުރެވޭ ފުރައްސާރައެއް ކަމުގަައި އެ ޒުވާނުން ދެކެއެވެ. އަދި އެފަދަ ވާހަކައެއް ވަޒީފާ ދޭ ފަރާތުގެ ސަމާލު ކަމަށް ގެނެސްފިނަމަ އެފަރާތެއް ލޭބަލް ކުރުމަމަކީ ވެސް ވަރަށް ގިނަ ފަހަރަށް ދިމާވާ ކަމެއް ކަމަށް ރާއްޖެއެމްވީ. އާއި ވާހަކަ ދެއްކި ގިނަ ޒުވާނުން ފާހަގަކުރެއެވެ.

އަޅުގަނޑުމެންގެ މިއަދުގެ މުޖުތަމަޢަށް ބަލަލާއިރު، ގިނަ އަދަދެއްގެ ޒުވަނުން މަގުމަތިވެފައި އެބަތިއްބެވެ. މާނައަކީ ކިޔަވައިގެން ތިބި ނަމަވެސް އެކަށީގެންވާ ވަޒީފާގެ ފުރުސަތެއް ނުލިބި ތިބޭންޖެހުމުން މާޔޫސްވެ، ނޭދެވޭ އެހެނިހެން ކަންކަމުގެ ތެރެއަށް ޒުވާނުން ހުށަހެޅިގެން ގޮސްފައި ތިބިކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އަދި ހަމަ އެހެންމެ މުޖުތަމައު ބަލައި ނުގަންނަ ނޭދެވޭ އަމަލުތަކުގެ ތެރެއަށް އެފަދަ ވަޒީފާނެތް ޒުވާނުން ގެނބިގެންދަނީ ވެސް މަދެއްކޮށެއް ނޫނެވެ. އެގޮތުން ޑްރަގްގެ ވަބާގައި ޖެހި ދިވެހި އެތަށް ޒުވާނުންނެއް ވަނީ މުޖުތަމައުން ބޭރުވެފައި ތިބި ބައެއްގެ ގޮތުގައި ލޭބަލްވެފައެެވެ. އެފަދަ ކުދިން ވެސް އަލުން އަނބުރާ މުޖުތަމައުއަށް ގެނެސް ގައުމަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ގިނަ ޒުވާނުން ގަބޫލުކުރެއެވެ.

ވަޒީފާއެއްގެ ބޭނުމަކީ އެމީހެއްގެ މުހުތާދުތައް ފުދި، މައިންބަފައިންނަށާއި އާއިލާއަށް އޭނާގެ ހާލަލު މަސައްކަތުގެ މުސާރައިން ހައިރާތެއް ކޮށްލައި، ނުދަރާހުރެ ހާސްކަމެއް ނެތި ހަމަ އިސްކޮޅަށް ދެމިލެވުމެވެ. އެކަމަކު ދިވެހި ޒުވާނުންގެ ބޮޑު އާބާދީއެއް ގަބޫލުކުރާ ގޮތުގައި އެކަން އޮތީ އެހެނެއްނޫނެވެ. ދިރިއުޅުމުގެ އަގުތައް އެހާމެބޮޑެވެ. ކައިބޮއެ، ކުލިދައްކާ ހަދާފައި ކޮފީ ބޯލަން ޖެހެނީ ކޮންމެ ވެސް ރަށްޓެއްސެއްގެ ގާތުގައި ސަލާންޖަހައިގެންނެވެ.

މިއީ އަބުރުވެރި ދިރިއުޅުމެއް އުޅެން ބޭނުންވާނެ އެއްވެސް ޒުވާނަކު އުއްމީދުކުރާނެ ކަމެއް ނޫނެވެ. ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް، ގައުމުގެ ކަމާގުޅޭ މުއައްސަސާތަކާއި، ވަޒީފާދޭ ފަރާތްތަކުން މިކަންކަމަށް ވިސްނާންޖެހެއެވެ. ޒުވާނުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް އެމީހުންގެ ވާހަކަތައް އަހަންޖެހެއެވެ. އަދި އެމީހުންގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހެންޖެހެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް