17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ތައުލީމް

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

  • މި ޕްރޮގްރާމަކީ ގްރޭޑް 10ގައި ކިޔަވާ ދަރިވަރުންނަށް ހިންގާ މަސައްކަތާއި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއް
  • މި ޕްރޮގްރާމަކީ 2014 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ޕްރޮގްރާމެއް
މުހައްމަދު ފަޒީން | phaxyn

| 22 ޖެނުއަރީ 2017 | އާދީއްތަ 19:59 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


ދަސްވާރު ޕްރޮގްރާމްގެ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ -- ގޫގުލް

ހދ. އަތޮޅުގެ އަށް ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމާ ސެޓްފިކެޓް ހާސިލްކޮށްފި އެވެ.

ދަސްވާރު ޕްރޮގްރާމްގެ ދަސްވެނިންނަށް ސެޓްފިކެޓް ދިނުމަށް ހުކުރު ދުވަހު ކުޅުދުއްފުށި ޖަލާލުއްދީން ސްކޫލް ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ސެޓްފިކެޓް ހާސިލްކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހދ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ރަޝީދު އެވެ.

ހދ އަތޮޅުގައި ހިންގި ދަސްވާރު ޕްރޮގްރާމްގައި ކުޅުދުއްފުށި ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލްގެ އިތުރުން ހދ. އަތޮޅު މަދުރަސާގެ ދަރިވަރުން ހިމެނެ އެވެ.

މީގެއިތުރުން ހދ. ނޮޅިވަރަމް ސްކޫލާއި ނޭކުރެންދޫ ސްކޫލާއި ނެއްލައިދޫ ސްކޫލްގެ އިތުރުން މަކުނުދޫ އަދި ނޮޅިވަރަންފަރު ސްކޫލްގެ ދަރިވަރުން ހިމެނެ އެވެ.

ދަސްވާރު ޕްރޮގްރާމަކީ ގްރޭޑް 10ގައި ކިޔަވަމުންދާ ދަރިވަރުންނަށް މަސައްކަތާއި ހުނަރު ދަސްކޮށްދިނުމަށް ސަރުކާރުން 2014 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް