16 ޖެނުއަރީ 2019 | ބުދަ | 12 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

އިރާނުގެ ނިއުކްލިއަރ މައްސަލަ

އިރާނުގެ ނިއުކްލިއަރ އެއްބަސްވުން: ޔޫރަޕުން އެދޭ ގޮތަށް ލުއި ނުދެވޭނެ ކަމަށް އެމެރިކާ އިން ބުނެފި

  • ނިއުކްލިއަރ އެއްބަސްވުން އެކުލަވާލީ 2015 ވަަނަ އަހަރު
  • ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވީ މި އަހަރުގެ މެއިމަހު
އަބުދުﷲ މުހައްމަދު | 8Abbo

| 16 ޖުލައި 2018 | ހޯމަ 09:58 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


އީރާނުގެ ހަކަތައިގެ ދާއިރާގައި ޔޫރަޕުގެ އެތައް ކުންފުންޏަކުން ވަނީ އިންވެސްޓްކޮށްފައި -- ބީބީސީ

އީރާނާ މެދު ފިޔަވަޅު އަޅާއިރު ޔޫރަޕްގެ ކުންފުނިތައް އިސްތިސްނާ ކުރުމަށް ވިލާތުގެ އިއްތިހާދުން އެދުނު އެދުމަށް އެމެރިކާ އިން އިންކާރުކޮށްފިއެވެ.

ޔޫރަޕްގެ ގައުމުތަކަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ވިލާތުގެ އިއްތިހާދުގެ އެދުން އެމެރިކާ އިން ބަލައިނުގަތީ އިރާނަށް ފިއްތުންތައް ކުރިމަތިކުރެވޭނެ އެންމެ ބޮޑަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ކަމަށެވެ. ޕޮމްޕެއޯ ވިދާޅުވެފައި ވަނީ އިސްތިސްނާއެއް ދެވޭނީ އެ ކަމަކުން އެމެރިކާގެ ގައުމީ ސަލާމަތަށް ފައިދާއެއް ވާނަމަ ކަމަށެވެ.

ވޮޝިންގޓަނުން އީރާނަށް އަޅާ ދަތިކުރުމުގެ އާ ފިޔަވަޅުތަކުގެ ސަބަބުން ވިލާތުގެ ގައުމުތަކަށް އެތައް ބިލިއަން ޑޮލަރެއްގެ ވިޔަފާރީގެ ގެއްލުމާއި ކުރިމަތިލާން ޖެހިދާނެކަމުގެ ކަންބޮޑުވުން އެ ގައުމުތަކަށް ވަނީ ކުރިމަތިވެފައެވެ.

"އަޅުގަނޑުމެން މި ބަލަނީ ކުރިން ދެކެފައި ނުވާފަދަ މާލީ ފިއްތުންތަކެއް އީރާނުގެ ސަރުކާރަށް ކުރިމަތިކުރަން" އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްޓީވަން މަނޫޗަން ވެސް ސޮއިކުރައްވާފައިވާ ސިޓީގައި ވިދާޅުވެފައިވާ ކަމަށް އެންބީސީން ބުނެފައިވެއެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުގައި ވަރަށް ޚާއްސަ ހާލަތެއްގައި މެނުވީ އިސްތިސްނާއެއް ނޯންނާނެއެވެ.

އެމެރިކާއިން އިރާނަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވަނީ 2015 ވަނަ އަހަރު އީރާނާ އެކު ދުނިޔޭގެ ބާރުތަކުން ވި ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވުމަށް ފަހު މެއި މަހުގެ ތެރޭގައެވެ.

ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އެެމެރިކާ އާއި، ރަޝިއާ އާއި، ޗައިނާ އާއި، ފްރާންސާއި، އިނގިރޭސިވިލާތާއި، ޖަރުމަނު ވިިލާތުން، އީރާނާ އެކު، ވި ނިއުކްލިއަރ އެއްބަސްވުން ގާއިމް ކުރީ 2015 ވަނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް