21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ދިވެހިރާއްޖެ

މި ފަސްގަނޑުގައި އޮތީ ކޮން ކުށެއް ހެއްޔެވެ؟

  • އަޅުގަނޑުމެން ލަދުގަންނަންޖެހޭ ވަގުތެވެ.
  • ބައެއްގެ އާރާއިބާރު ދެމެހެއްޓުމަށްޓަކައި ތިޔަ ޤުރުބާން ކުރައްވަނީ ޤައުމުގެ ޤަދަރުނޫންތޯއެވެ.
އާމިރު ސަލީމް | produceramir

| 16 ޖުލައި 2018 | ހޯމަ 09:49 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  7. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ދިވެހި ގައުމީ ދިދަ -- ރާއްޖެއެމްވީ

މީ ދުނިޔެމަތީގެ ސުވަރުގެ ކަމަށް ކިޔާ އުޅޭ ތަނެވެ.

މިއީ އަމާންކަމުގެ ނަމޫނާއެއް ކަމަށް ބުނެވޭ ބިމެވެ.

މީ ސުލްހަވެރިކަމާއި ހިތްހެޔޮކަމުގެ މިސާލެއް ކަމަށް ކިޔާ އުޅުނު ޤައުމެވެ. މިއީ ދިވެހި ރާއްޖެއެވެ. ކޮންމެ ޤައުމަކާއި އެކުވެރި، ކޮންމެ ޖަމާޢަތަކާއި ރަޙުމަތްތެރި، ކޮންމެ ބަޔަކށް މަރުޙަބާ ކިޔާ މި ދިވެހި ޤައުމުގެ ނަން ކިލަނބުކޮށް މި ޤައުމުގެ ޢިއްޒަތާއި ޝަރަފު ވެއްޔާއި މޮޑެވިގެން ހިނގައިދާނެ ދުވަހެއް އަތުވެދާނެ ކަމަކަށް ދިވެހިން ދުވަހަކުވެސް އުންމީދެއް ނުކުރެއެވެ. އެކަމަކު ބައެއްގެ ފަރުވާ ކުޑަކަމާއި ގޮތް ދޫ ނުކުރުމާއި ބޯހަރުކަމުގެ ނަތީޖާ ދިވެހިންނާއި ބައްދަލު މިކުރީ ކިހާ ހިތިކޮށްތޯއެވެ؟

ޒަމާނުއްސުރެ މި ރާއްޖެއަށް ލިބިފައި އޮތް ރީތި ނަން އެގޮތުގައި ދެމެހެއްޓުމަށް ޙަވާލު ކުރި މީހުން މި ޤައުމުގެ ދަރިންނަށް މިވީ ކިހާ ބޮޑު ޚިޔާނާތެއް ތޯއެވެ! ޤައުމުގެ ފަސްބައިގައި މި ޖެއްސީ ކިހާ ބޮޑު ލައްގަނޑެއްތޯއެވެ. އަބުރުވެރި ޝަރަފުވެރި ދިވެހިންގެ ނަން މުޅި ދުނިޔޭގެ ކުރިމަތީގައި ހަރާބުކޮށް ނެތިކޮށްލީ ކިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައިތޯއެވެ. ދިވެއްސެކޭ ބުނުމުން ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް ކުރަމުން އައި ޤަދަރާއި ދިވެހި ޕާސްޕޯޓު ދެއްކުމުން ދެމުންދިޔަ ލުއިތައް ނެތިކޮށް ދިވެހި އައިޑެންޓިޓީގެ އަގާއި ދިވެހި ޕާސްޕޯޓުގެ އަގުވެސް ވައްޓާލީ ކިހާ ނިކަމެތި ގޮތެއްގައިތޯއެވެ. ކޮންމެ ޤައުމަކާއި ރައްޓެހި ވަކި ފަރާތަކަށް ނުޖެހޭ ދިވެހި ރާއްޖެ އެތައް ޤައުމެއްގެ ދުޝްމަނަކަށް ހަދާލީ މި ޤައުމުގެ ފަރުދުންގެ ކޮން ކުށެއް އޮވެގެންތޯއެވެ. ބޭނުންވި ވަރަށް މުސާރައާއި، ބޭނުންވި ފެންވަރެއްގައި ބޯހިޔާވަހިކަމާއި، ބޭނުންވި ފެންވަރެއްގެ ކެއުން ބުއިމާއި ޝަރަފާއި، ޤަދަރާއި، ޢިއްޒަތާއި، ސަލާމާތާއި އާރާއި ބާރު ދީ އިތުބާރާއި އެކު މި ޤައުމުގެ ކަންކަން ބެލެހެއްޓުމަށް ޙަވާލުކުރުމުން އެ އަމާނާތަށް ތި ވެވުނީ ކިހާ ބޮޑު ޚިޔާނާތެއްތޯއެވެ. މި ރާއްޖެ އުފެދުނީއްސުރެ މި ރާއްޖެއަށް ދުވަހަކުވެސް ނުލިބޭ ފަދަ ހުތުރު ނަމެއް ތި ހޯއްދަވައި ދެއްވީ  މި ޤައުމުގެ ރައްޔިތުންގެ ފަރާތުން ކޮން ކަމެއް ޙާޞިލް ނުވެގެންތޯއެވެ. މި ޤައުމުގައި މީހުން ދިރި އުޅެން ފެށީއްސުރެ މިއަދާއި ހަމައަށް ދުވަހަކުވެސް ނުލިބޭވަރުގެ ބޮޑު އަދަބެއް މި ޤައުމުގެ މައްޗަށް ތިޔަ ގެނެސްދެއްވަނީ މި ފަސްގަނޑުގެ ކޮން ކުށެއް އޮވެގެންތޯއެވެ.

ތެދުފުޅެކެވެ. އަޅުގަނޑުމެން އުފަލެއް ނުވެ އެވެ. އުފާވާންޖެހޭ ސަބަބެއް ވެސް ނެތެވެ. މއީ އަޅުގަނޑުމެން ލަދުގަންނަންޖެހޭ ވަގުތެވެ. މި ޤައުމުގެ މުސްތަޤުބަލާއިމެދު ހިތާމަކޮށް ރޯން ޖެހޭ ވަގުތެވެ. އަމާނާތެއްގެ ގޮތުގައި ސުވަރުގެއެއްފަދަ މި ރާއްޖެ ކާބަފައިން އަޅުގަނޑުމެނާއި ހަމައަށް ގެނެސްދިނުމުން ހަމަ އެގޮތުގައި އަންނަން އޮތް ޖީލުތަކަށް މި ރާއްޖެ ގެންގޮސްދިނުމަށް ޙަވާލުކުރި މީހުން އެކަން ނުކޮށް ތިމާމެންގެ މަސްލަޙަތު އިސްކުރުމުން އެކަމާއި ވާންވީ ކޮން އުފަލެއްތޯއެވެ. ބައެއްގެ ނަސޭޙަތެއް، ލަފައެއް، އިރުޝާދެއްގެ އަޑު ނާހާ ބޯހަރު ބައެއްގެ ލަޤަބު ދުނިޔެއިން އަޅުގަނޑުމެންނަށް ދިނުމުން ކުރާންވީ ކޮން އުފަލެއްތޯއެވެ. ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ސަރަޙާއްދުންވެސް ދުނިޔެއިން އަދަބު ދިން ހަމައެކަނި ޤައުމުގެ ހުތުރު ނަން ލިބުމުން ކުރަންވީ ކޮން އުފަލެއްތޯއެވެ.

ބައެއްގެ އާރާއިބާރު ދެމެހެއްޓުމަށްޓަކައި ތިޔަ ޤުރުބާން ކުރައްވަނީ ޤައުމުގެ ޤަދަރު ނޫންތޯއެވެ. ތިމާމެންގެ ޖާހާއި މަތިވެރިކަން ދޫވިޔަ ނުދިނުމުގެ އަގެއްގެ ގޮތުގައި ތިޔަ ދައްކަވަނީ މި ޤައުމުގެ ޝަރަފުނޫން ތޯއެވެ. ކޮންމެ ފަރުދަކަށް ވުރެ، ކޮންމެ ޖަމާޢަތަކަށްވުރެ ޤައުމު ބޮޑުވާނެ ކަމަށް ދަރިންނަށް ވިސްނަދޭއިރު ޤައުމީ ނައުގެ ހުންގާނުގައި ތިބި ފަރާތްތަކަށް ޤައުމަށްވުރެ ބޮޑުވީ ތިމާގެ ނަންނޫންތޯއެވެ. ޤައުމު ތިމާއަށް ކޮށްދެނީ ކޮން ކަމެއްތޯ ނުބަލާ ޤައުމަށް ކަމެއް ކޮށްދެވޭތޯ ބަލާށޭ ކިޔައިގެން ދަރިންނަށް ވިސްނަދެމުން ދާއިރު ޤައުމު އެއްފަރާތަކަށް ލެއްވުމަށް ފަހު ކޮންމެ ކަމެއް ތިޔަ ކުރައްވަނީ އަމިއްލަ މަންފާއަށް ނޫންތޯއެވެ. އަމިއްލަ އެދުމަށްޓަކައި ތިޔަ ފޭރިގަނެވެނީ ޤައުމުގެ ޢިއްފަތްނޫންތޯއެވެ. މިއަދު ފިޔަވަޅު އެޅިއަސް، އަދަބު ދިނަސް ބޯހަރުކަމާއިއެކު ގޮތް ދޫނުކޮށް ތިބެގެން ތިޔަ ހަލާކު ކޮށްލައްވަނީ މި ޤައުމުގެ މުސްތަޤުބަލްނޫން އެހެން ދެން ކޮންއެއްޗެއްތޯއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޟ

2 މަސް ކުރިން

Every man gotta right to decide his own destiny And in this judgment there is no partiality So arm in arms, with arms We'll fight this little struggle 'Cause that's the only way We can overcome our little trouble

0
0
މުޙައްމަދު

2 މަސް ކުރިން

އީޔޫއިން ރާއްޖެއަށް ފިޔަވަޅު އަޅާތީ އަޅުގަނޑު ކުޑަކޮށްވެސް ލަދެއްނުގަނެއެވެ. ސަބަބަކީ ހަޤީޤަތުގައި އީޔޫއިން ރާއްޛެއާމެދު އަޅާފިޔަވަޅަކީ މިއަދުގެ ސަރުކާރުގެ ކޮރަޕްޝަން މައްސަލަތައް ނުވަތަ ލާއިންސާނީ ޢަމަލުތަކެއް ނުވަތަ ޑިމޮކްރަސީއާ ޚިލާފު ޢަމަލުތަކެއްގެ ސަބަބުން އަޅާފިޔަވަޅެއްކަމުގައި ނުވާތީއެވެ. ރާއްޖޭ އެމްވީގެ ނޫސްވެރިން މިކަމުގެ ޙަޤީޤަތް އޮޅުވާލަން މަސައްކަތް ކުރިނަމަވެސް މިކަން ދިރާސާކޮށް ބަލައިފި މީހަކަށް މިކަމުގެ ޙަޤީޤަތް ޙާމަވާނެއެވެ. އީއޫގެ އެންމެ އަސާސީ އަދި ފުރަތަމަ ޑިމާންޑަކީ ދިވެހިރާއްޛޭގައި ދީނީ މިނިވަންކަން ދިނުމެވެ. އެހެންގޮތަކަށް ބުނަނީނަމަ، އިސްލާމް ދީން ނޫން އެހެން ދީންތަކަށް އުޅުމުގެ އިޚްތިޔާރު ދިނުމެވެ. ޤާނޫން އަސީސީގައި މުސްލިމަކަށް މެނުވީ ދިވެއްސަކަށް ނުވެވޭނެކަމަށް އޮތް އޮތުން ބަދަލުކުރުމެވެ. ދެނެ ފާހަގަކޮށްލަން ޖެހޭ އަނެއްކަމަކީ މިސަރުކާރާ މެދު ފިޔަވަޅު އެޅުމުގެ ނަމުގައި މިކަން ކުރިނަމަވެސް، މިކަމަކީ މީގެ އެތަކެއް ދުވަސްތަކެއް އަހަރުތަކެއް ކުރިއްސުރެ ފެށިގެން އުޅޭކަމެއްކަމެވެ. އެކަން އީޔޫ އަދި ޔޫއެން ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްތަކުން މޭގެ ކުރިން ރާއްޖެއާ ގުޅޭގޮތުން ނެރެފައިވާ ރިޕޯޓުތަކުން އެނގޭނެއެވެ. ދެން ފާަހަގަކޮށްލަން ޖެހޭ ކަމަކީ ރާއްޖެއަށް އެހެން ދީންތައް ގެނައުމަށޤއި އެއްޖިންސުން ގުޅުން ހިންގާ ފަރާތްތަކަށް އެ މިނިވަންކަން ދިނުމަށާއި މަސްތުވާތަކެތި ހުއްދަ ކުރުމަށް ދިވެހިންގެ ބަޔަކު މަސައްކަތް ކުރާތާ އެތަކެއް އަހަރު ވެފައިވާކަމެވެ. މިކަމުގެ ފަހަތުގައިވެސް ތިބީ ހަމަ އެފަރާތްތައް ކަމެވެ. އެހެންކަމުން ލިޔުންތެރިޔާ ސިޔާސީ ބޭނުމެއް ގައި މިފަދަ ފިތުނަވެރި ލިޔުންތައް ލިޔުމުގެ ބަދަލުގައި ކަމުގެ ޙަޤީޤަތް ހޯދައި ދިވެހިންނާ ހަމައަށް ގެނެސްދިނުން އިލްތިމާސް ކުރަމެވެ.

4
1
ޖަޒީރާ ޢަލީ

2 މަސް ކުރިން

ވަރަށް ހިތްގައިމު ރިޕޯޓެއް. ވވ.އަސަރު ކޮށްފި.

2
4