16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ދެވަނަ ފަހަރަށް ފްރާންސްއިން ތަށި އުފުލާލައިފި

  • މި މެޗުން ފްރާންސް މޮޅުވީ 4-2 ގެ ނަތީޖާއަކުން
  • މިއީ ކްރޮއޭޝިއާގެ ފުރަތަމަ ފައިނަލް
  • ފްރާންސް އެންމެފަހުން ތަށި ކާމިޔާބުކުރީ 1998 ވަނަ އަހަރު
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 15 ޖުލައި 2018 | އާދީއްތަ 21:52 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  7. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ފްރާންސްގެ ކުޅުންތެރިން ފުރަތަމަ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ -- އާކައިވް

ފީފާ ވާރލްޑް ކަޕްގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ފްރާންސްއިން ހޯދައިފިއެވެ.

މޮސްކޯގައި ހުންނަ ލުޒްނިކީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ފްރާންސްއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މިއީ ކްރޮއޭޝިއާ ވާރލްޑް ކަޕްގެ ފައިނަލްގައި ކުޅުނު ފުރަތަމަ ފަހަރަށްވާއިރު މިއީ 2006 ވަނަ އަހަރުގެ ފަހުން ވާރލްޑް ކަޕެއްގައި ފައިނަލްގައި ފްރާންސް ކުޅުނު ފުރަތަމަ ފަހަރެވެ. ދެ ޓީމުން ވެސް މި މެޗަށް ނެރެފައިވަނީ ސެމީ ފައިނަލް މެޗުގައި އެޓީމުތަކުން ނެރުނު ފުރަތަމަ އެގާރައެވެ.

ފުރަތަމަ ހާފު ފެށިގެން ކްރޮއޭޝިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ މެޗުގެ ކުރީކޮޅު ފްރާންސްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފްރާންސްއިންނެވެ. މި ލަނޑަކީ އެންޓޮއިން ގްރީޒްމަން ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ކްރޮއޭޝިއާގެ މާރިއޯ މަންޒުކިޗް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފްރާންސްއިން މެޗުގެ ލީޑު ނެގީ 18 ވަނަ މިނެޓުގައެވެ.

މި ލަނޑާއެކު ކްރޮއޭޝިއާއިން ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 28 ވަނަ މިނެޓުގައި އެޓީމުން ވަނީ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އިވާން ޕެރިސިޗްއެވެ. އޭގެ 10 މިނެޓު ފަހުން ފްރާންސްއިން ވަނީ އަލުން އަނބުރާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ ޕެރިސިޗްގެ އަތުގައި ކްރޮއޭޝިއާގެ އޭރިއާ ތެރެއިން ބޯޅަ ޖެހުމާ ވިދިގެން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ރެފްރީ ދިން ޕެނަލްޓީއަކުން ގްރީޒްމަން ޖެހި ލަނޑެކެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ފްރާންސްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފު ފެށިގެން ވެސް މޮޅަށް ކުޅެފައިވަނީ ކްރޮއޭޝިއާއެވެ. ފްރާންސްއިން ކައުންޓާގައި ހަމަލާ އުފައްދަމުންދިޔައިރު މެޗުގެ 59 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޕައުލް ޕޮގްބާއެވެ. އޭގެ ފަސް މިނެޓުފަހުން ފްރާންސްގެ ހަތަރު ވަނަ ލަނޑު އެޓީމަށް ޖަހައިދިނީ ކިލިއަން އެމްބާޕޭއެވެ.

މި މެޗުގައި ކްރޮއޭޝިއާއަށް އުއްމީދު އައުވެގެންދިޔައީ މެޗުގެ 69 ވަނަ މިނެޓުގައި ފްރާންސްގެ ކީޕަރު އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން މަންޒުކިޗް ޖެހި ލަނޑުންނެވެ. އެހެން ނަމަވެސް ނަތީޖާ ބަދަލުކުރުމަށް ކްރޮއޭޝިއާގެ ކުޅުންތެރިން ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.

ކިލިއަން އެމްބާޕޭ ވެގެންދިޔައީ ވާރލްޑް ކަޕްގެ ފައިނަލްގައި ލަނޑު ޖެހި ދެވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މީގެއިތުރުން ޕައުލް ޕޮގްބާ ވެގެންދިޔައީ ވާރލްޑް ކަޕްގެ ފައިނަލްގައި ލަނޑު ޖެހި މެންޗެސްޓާ ޔުނައިޓެޑަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މިއީ 1998 ވަނަ އަހަރުގެ ފަހުން ވާރލްޑް ކަޕްގެ ޗެމްޕިއަންކަން ފްރާންސްއިން ހޯދި ދެވަނަ ފަހަރެވެ. ހަމައެހެންމެ މިއީ ފްރާންސްއިން ކާމިޔާބުކުރި ދެވަނަ ވާރލްޑް ކަޕެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް