19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ޖައްވުގެ ފުރަތަމަ ހޮޓެލް

ދުނިޔެއިން ބޭރުގައި ހަދަމުންދާ ހޮޓެލްގައި ކޮންމެ ދުވަހަކު 16 ފަހަރު އިރުއެރުމާއި އިރުއޮއްސުން ބަލާލެވޭނެ!

  • އެ ހޮޓެލްގައި ދަޑުވެރިކަމުގެ މަޝްރޫއުއެއް ހިންގާނެ
  • ދަތުރުތައް ފެށެން ހަމަޖެހިފައި ވަނީ 2022 ވަނަ އަހަރު
  • މި ވަގުތުވެސް ދަތުރުން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތް
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 15 ޖުލައި 2018 | އާދީއްތަ 19:02 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ޖައްވުގެ ފުރަތަމަ ހޮޓެލް ހުންނާނެ ގޮތުގެ ރަމްޒީ ކުރަހުމެއް -- ޓްވިޓަރ

ދުނިޔެއިން ބޭރުގައި އުފައްދަމުންދާ ކޮލެޓީ ހޮޓެލް، އަރޯރާ ސްޓޭޝަންގައި ހުރެގެން ކޮންމެ ދުވަހަކު 16 އިރުއެރުމާއި އިރުއޮއްސުން ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން އެތަން އުފައްދަމުންދާ ކުންފުނި، "އޯރިއަން ސްޕޭން" އިން ދީފިއެވެ.

ޖައްވީ ހޮޓެލް އުފައްދަމުން ކުންފުނިން ބުނީ އިރުއަރާއި އޮއްސޭ މަންޒަރު ދުވާލަކު އެތައްފަހަރެއްގެ މަތިން ފެނުމުގެ އިތުރުން އެ ހޮޓެލްގައި ހުރެގެން ދަޑުވެރިކަން ކުރެވޭތޯ ބެލުމަށް ހިންގާ މަޝްރޫއުގައި ބައިވެރި ވުމުގެ ފުރުސަތު ވެސް ފަތުރުވެރިވެރިންނަށް ލިބިގެންދާނެ ކަމުގެ ޔަގީންކަންދޭކަމަށެވެ.

ބާރަ ދުވަހުގެ މުއްދަތަށް އެހޮޓެލްގައި ޖައްވީ ތަޖްރިބާ ކޮށްލުމަށް ކުރާ ދަތުރު ފެށުމުގެ ކުރިން ތިން މަސްދުވަހުގެ ތަމްރީނު ޕްރޮފްރާމެއް ހަދަން ޖެހޭނެކަމަށް އޯރިއަންއިން ވަނީ ބުނެފައެވެ. އެތަން 2021 ވަނަ އަހަރު ހުޅުވަން ހަމަޖެހިފައިވާ ކަމަށާއި އެހެންނަމަވެސް ފަތުރުވެރިން ގެންދަން ހަމަޖެހިފައި ވަނީ 2022 ވަނަ އަހަރުގައި ކަމަށް އޯރިއަންއިން ވަނީ ބުނެފައެވެ. އެއާއެކު ޖައްވީ ހޮޓެލްއަށް ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް، ދަތުރުތަކުން ޖާގަ ކަށަވަރު ކުރުމަށް 80،000 ޑޮލަރުގެ ޑިޕޮސިޓްއެއް ބެހެއްޓުމުގެ ފުރުސަތު އެބައޮތްކަމަށް އެ ކުންފުނިން ބުނެއެވެ. ޖައްވީ ސްޓޭޝަނަށް ދާން ޖުމްލަ ޚަރަދުވާނީ 9.5 މިލިއަން ޑޮލަރުއެވެ.

އާންމުންނަށް ޖައްވު ތަޖުރިބާ ކޮށްލުމުގެ ބޭނުމުގައި އުފައްދައިފައިވާ އެ ހޮޓެލްގެ ސީއީއޯ އަދި އެ ހޮޓެލް އުފެއްދި ކުންފުނީގެ ވެރިޔާ ފްރޭންކް ބަންގާ ވިދާޅުވީ އެ ހޮޓެލް ބިނާކުރި މައިގަނޑު މަގްސަދަކީ ކުރިމަގުގައި އިންސާނުންނަށް ދުނިޔެއިން ބޭރުގައި ދިރިއުޅެވޭނެ މަގު ފަހި ކޮށްދިނުމަށް ބިންގަލެއް އެޅުންކަމަށެވެ. އަދި ދެވަނަ މަގްސަދަކީ ދުނިޔޭގެ ކޮންމެ މީހަކަށް ވެސް ޖައްވަށް ދިއުމުގެ ފުރުސަތު ދިނުން ކަމަށް ވެސް ބަންގާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް