19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ސަންޖޫ

ސަންޖޫ: ކޮންމެހެން ވެސް ބަލާލަންވާނެ ފިލްމެއް

 • ސަންޖޭއާ ވީހާވެސް ވައްތަރުކުރުމަށް މޭކަޕްކުރުމާއި ހެދުން އެޅުމުގައި އެއްގޮތް ކުރުމަށް މަސައްކަތް ކޮށްފައިވޭ
 • ފިލްމު ނެރެފައިވަނީ ޖޫން 29 ގައި
 • ފުރަތަމަ ހަފްތާގައި ވެސް ވަނީ 200 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 15 ޖުލައި 2018 | އާދީއްތަ 12:16 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
 3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
 6. ޕްރިޔަންކާ އިނީ ބަލިވެ؟
 7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
 8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ސަންޖޫގެ ޕޯސްޓަރ -- ޓްވިޓަރ

ސަންޖޭދަތުގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފިލްމު ސަންޖޫއަށް 500 ކުރޯޑް އިންޑިއަން ރުޕީސް 17 ދުވަހުން ލިބުމާއެކު މި ފިލްމަށް ކުރެވޭ އުއްމީދުތައް ބޮޑުވެއްޖެއެވެ. 500 ކުރޯޑް އިންޑިއަން ރުޕީސް އަކީ އިންޑިއާގެ މަދު ފިލްމަކަށް ނޫނީ ނުލިބޭވަރުގެ އާމްދަނީއެކެވެ. އަދި މީހެއްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ އިންޑިއާގެ ފިލްމަކަށް އެހާ ބޮޑު އާމްދަނީއެއް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

ސަންޖޫއަކީ މަޝްހޫރު އެކްޓަރ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އެކްޓަރ ރަންބީރު ކަޕޫރު ކުޅެފައިވާ ފިލްމެކެވެ.

ރާޖްކުމާރް ހިރާނީ ޑައިރެކްޓު ކުރި މި ފިލްމުގައި ފެނިގެން ދަނީ ސަންޖޭ ފިލްމީ ހަޔާތަށް ގުޅުނު ގޮތާއި އޭނާ މަސްތުވާތަކެތީގެ ވަބާގައި ޖެހި ދިރިއުޅުން ހަލާކުވެގެންދިޔަ ގޮތެވެ. މީގެ އިތުރުން ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި އޭނާ ޖަލަށް ދާން ޖެހުނު ގޮތާއި އޭނާ މިހާތަނަށް ކުރި ތިން ކައިވެނީގެ ވާހަކަ އާއި ފިލްމީދާއިރާގައި އޭނާގެ ލޯބީގެ ހަޔާތެވެ. ފިލްމްގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ރަންބީރު ކަޕޫރުގެ އިތުރުން  ސޯނަމް ކަޕޫރް، ވިކީ ކޯޝަލް، އަނުޝްކާ ޝަރްމާ، މަނީޝާ ކޮއިރަލާ، ޕަރޭޝް ރާވަލް، ދިއާ މިރްޒާ، ޖިމް ސަރްބް އަދި ކަރިޝްމާ ތަންނާ އެވެ.

ފިލްމުގައި ސަންޖޭ ލޯބީގެ ގޮތުން ގުޅުނު މީހުންގެ ރޯލުން ފެނިގެންދަނީ އަނުޝްކާ ޝަރުމާ އާއި ސޯނަމް ކަޕޫރެވެ. އޭނާގެ އަންހެނުންގެ ރޯލުން ފެނިގެންދާނީ ދިއާ މިރްޒާއެވެ. މީގެ އިތުރުން މަންމަ އާއި ބައްޕަގެ ރޯލުން ފެނިގެންދާނީ މަނީޝާ ކޮއިރަލާ އާއި ޕަރޭޝް ރާވަލްއެވެ.

ފިލްމުގެ ލިޑު ރޯލުން ފެނިގެންދާ ރަންބީރު ކަޕޫރުގެ އެކްޓިން

އެ ފިލްމަށް މިހާބޮޑު އާމްދަނީއެއް ލިބިގެންދަނީ ފިލްމުގައި ރަންބީރުގެ މޮޅު އެކްޓިންގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ފިލްމަށް އާންމުންގެ އިތުރުން ކްރިޓީކުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ސަންޖޫގައި އެންމެ ބޮޑަށް އަޅައިގަންނަނީ ރަންބީރުގެ ސިފަ ސަންޖޭއާ ވައްތަރު ކުރުމަށް ކޮށްފަ ހުރި ބުރަ މަސައްކަތެވެ. ރަންބީރު މި ފިލްމުން ފެނިގެންދާއިރު ހީވަނީ ހަމަ ސަންޖޭހެންނެވެ. އެހާވެސް ވައްތަރެވެ.މީގެ އިތުރުން ސަންޖޭގެ ވައްޓަފާޅި ގެނައުމަށް ރަންބީރު ކޮށްފައިހުރި މަސައްކަތްތައް ފާހަގަ ކޮށްލެވެއެވެ. ސަންޖޭގެ ސިފައާއި ވައްތަރު ކުރުމަށް ރަންބީރު ހެނދުނު 7 ޖަހާއިރު ފަށާ ޝޫޓިން އަށް މޭކަޕް ކުރުމަށް ދަންވަރު 3 ޖަހާއިރުން ފެށިގެން މަސައްކަތްފަށާ ކަމަށް ވެއެވެ.  ސަންޖޭގެ ރޯލް ކުޅެން ރަންބީރު ވަނީ އޭނާގެ ހަށިގަނޑަށް ވެސް ތަފާތު އެކި ކަހަލަ ބަދަލުތައް ގެނުވައި އެތައް ބަޔަކު ހައިރާންކޮށްލައިފަ އެވެ.

މިފިލްމު އެހާ ވައިގައި ހިފީ ކީއްވެ؟

ފިލްމު ބެލުމަށްފަހު ނިކުތް ބެލުންތެރިން ބުނި ގޮތުގައި މި ފިލްމަކީ އަސަރުން ފުރިގެންވާ ފިލްމެކެވެ. ފިލްމުގައި ސަންޖޭގެ ހަޔާތް ވަރަށް ރަނގަޅަށް ދައްކުވައިދީފައިވާ ކަމަށެވެ. މީގެ ކުރިން ސަންޖޭގެ މުހިއްމު ވާހަކަތައް އިވެނީ ޓީވީތަކުންނާއި އެކިއެކު ނޫސްތަކުން ކަމަށާއި މި ފިލްމު ބެލުމުން ސަންޖޭ އުޅެފައިވާ ގޮތްތައް ފެނި ތަޖުރިބާ ކުރެވުނު ކަމުގެ އިހުސާސްތައް ކުރެވޭކަމަށެވެ.

އޭގެތެރެއިން އެންމެ އަޅައިގަންނަ މަންޒަރުތަކުގެ ތެރޭގައި ސަންޖޭ މަސްތުވާތަކެއްޗަށް ދެވި ހިފައިގެން އޭނާ ރަނގަޅުވުމަށް ރިހިބިލިޓޭޝަން ސެންޓަރުގައި އުލެންޖެހުނު ހިތްދަތި ދުވަސްތައް ހިމެނޭކަމަށް ބެލުންތެރިން ބުނެއެވެ. މި މަންޒަރުތައް ރަންބީރު އެކްޓް ކޮށްފައިވަނީ ވަރަށް ފުރިހަމައަށެވެ.

ރަންބީރުގެ އެކްޓިން އެކަންޏެއް ނޫނެވެ. ފިލްމުން ފެނިގެންދާ އެހެން ތަރިންގެ އެކްޓިންވެސް ވަރަށް ފުރިހަމައެވެ. ސޯނަމް ކަޕޫރް، ވިކީ ކޯޝަލް، އަނުޝްކާ ޝަރްމާ، މަނީޝާ ކޮއިރަލާ، ޕަރޭޝް ރާވަލް، ދިއާ މިރްޒާ، ޖިމް ސަރްބް އަދި ކަރިޝްމާ ތަންނާގެ އެކްޓިންވެސް އެއީ ވަރަށް ފުރިހަމަ އެކްޓިންއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައިވެސް ފިލްމަށް ލިބޭނެ އާމްދަނީ ބޮޑުވާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެހެންކަމުން މިއީ ނުބަލާ ދޫކޮށްލާވަރުގެ ފިލްމެއް ނޫންކަމަށް ފިލްމު ބެލި އެންމެންވެސް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް