17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ހޮހޮޅައިގައި ތާށިވި ކުދިން

ހޮހަޅައިން ސަލާމަތް ކުރި ކުދިން ބުރާސްފަތި ދުވަހު ހޮސްޕިޓަލުން ދޫކޮށްލަނީ

  • ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއެކު ކޯޗު ހޮހޮޅަ އަށް ގެއްލުނީ މިދިޔަ މަހު 23 ވަނަ ދުވަހު
  • އެކުދިންނަކީ އުމުރުން 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 15 ޖުލައި 2018 | އާދީއްތަ 10:57 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  4. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް


ހޮހޮޅަގައިި ތާށިވި ކުދިން -- ބީބީސީ

ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ތާށިވެފައިވާ ފުޓުބޯޅަ ޓީމުގެ 12 ކުދިންނާއި އެ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ މިނިސްޓަރު ވިދާޅުވެއްޖެއެވެ.

އެކަމާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައި ތައިލެންޑުގެ ޕަބްލިކް ހެލްތު މިނިސްޓަރު ވިދާޅުވީ ތައިލެންޑުގެ ވައިލް ބޯ ފުޓްބޯޅަ ކްލަބުގެ ކޯޗާއި 12 ކުދިންގެ ހާލު އަންނަނީ ރަނގަޅު ވަމުންކަމަށާއި އަންނަ ބުރާސްފަތި ދުވަހު ހޮސްޕިޓަލުން ދޫކޮށްލާނެކަމަށެވެ.

ހޮހޮޅައިގައި އެތައް ދުވަހެއް ވަންދެން ތިބެން ޖެހުމުގެ ސަބަބުން ބައެއް ކުދިންގެ ބަރުދަން އެތައް ތަނެއް ވަނީ ލުއިވެފައެވެ. މިނިސްޓަރ ވިދާޅުވީ އެކުދިންގެ ބަރުދަން މިހާރު އިތުރުވަމުން އަންނަ ކަމަށެވެ.

ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއެކު ކޯޗު ހޮހޮޅަ އަށް ގެއްލުނީ މިދިޔަ މަހު 23 ވަނަ ދުވަހު އެވެ. ގެއްލުނުތާ ނުވަ ދުވަހަށް ފަހު މިދިޔަ ހޯމަ ދުވަހު އެކުދިން ފެނިފައި ވަނީ، ފެންބޮޑުވެފައިވާ އެ ހޮހޮޅައިގެ ތެރޭގައި ހިކިފަސްތަނެއްގައި ތިއްބައި އިނގިރޭސިވިލާތުގެ ދެ ޑައިވަރުންނެވެ. ދެ ކުއްޖަކަށް ނިއުމޯނިޔާ ޖެހިފައިވާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

ފުޓްބޯޅަ ޕްރެކްޓިހަށް ފަހު ހޮހޮޅަތެރޭގައި ހައިކްކުރަން އެ ކުދިން އެ ތަނަށް ވަން އިރު މޫސުން ރަނގަޅެވެ. ނަމަވެސް ހޮހޮޅައިގައި ތާށިވީ އެތެރެއަށް ވަން ފަހުން ވާރޭ ވެހި ބޮޑުވި ފެންގަނޑު ހޮހޮޅައަށް ދަމައިގަތުމުންނެވެ. އެކުދިން ސަލާމަތްވީ ހިކިފަސްކޮށް އޮތް ކުޑަ ތަންކޮޅަކަށް އަރައިގެންނެވެ. އެކުދިންނަކީ އުމުރުން 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނެވެ. އަދި ކޯޗަކީ 25 އަހަރުގެ ޒުވާނެކެވެ. ހޮހޮޅަ އަށް އެ ކުދިން ގެއްލުނީ އެ ތަނުން އެ ކުއްޖެއްގެ 17 ވަނަ އުފަން ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް