15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ތެޔޮ ވިއްކުމުގައި އޮޅުވާލުން

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

  • މައްސަލައިގެ މިހާތަނަށް ބޭއްވި އެންމެ ދެ އަޑުއެހުން
ސަހުބާން ފަހުމީ | sahubaan

| 22 ޖެނުއަރީ 2017 | އާދީއްތަ 17:49 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި


ދިވެހިރާއްޖޭގެ ހައިކޯޓް -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައިކުރުން، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުގެ މެރީޑިއަމް ސާވިސަސް ކުންފުނި ނޫން އެހެން ބަޔަކާ ހަވާލުނުކުރުމަށް އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރި ނަމަވެސް އެ މައްސަލަ ކުރިއަށް ނުދާ ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރި ފަހުން މިހާތަނަށް ބޭއްވީ އެންމެ ދެ އަޑުއެހުން ކަމަށާއި އޭގެ ފަހުން އެއް ވެސް އަޑުއެހުމެއް ބާއްވާފައި ނުވާ ކަމަށެވެ. މައްސަލަ ކުރިއަށް ނުދާ ސަބަބެއް ދަންނަވަން ނޭނގޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެމްޕީއެލްގެ ފަރާތުން އެ އަމުރު މުރާޖާ ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުމުން އަމުރު މުރާޖާ ކުރުމަށްފަހު ނެރުނު ކޯޓުގެ އަމުރުގައި ބުނެފައި ވަނީ، މެރީޑިއަމް ސާވިސް ނޫން އެހެން ބަޔަކަށް އެމްޕީއެލް އަށް ތެޔޮ ސަޕްލައިކުރަން ނުދިނުމަށް ނެރުނު އަމުރު "ނިމުމަކަށް ގެންނަން ޖެހޭ ސަބަބެއް މިހިނދު ފާޅުވެފައި ނެތް" ކަމަށެވެ. އެހެންކަމުން އެ އަމުރަށް ބަދަލު ގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ސިވިލް ކޯޓުން ކުރި މުރާޖާއާ ހުކުމުގައި ބުނެފައިވެއެވެ.

ސިވިލް ކޯޓުން އެފަދަ އަމުރެއް ނެރެފައިވަނީ، އެމްޕީއެލްގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައިކުރުން މެރީޑިއަމްއާ ހަވާލުކޮށްފައިވަނިކޮށް އެހެން ފަރާތަކާ ހަވާލުކޮށްގެން ތެޔޮ ސަޕްލައި ކުރަމުންދާތީ އެކަން ހުއްޓުވައިދިނުމަށް އެދި މެރީޑިއަން ކުންފުނިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެމްޕީއެލް އިން ސިވިލް ކޯޓުގެ އަމުރު އިސްތިއުނާފުކުރީ އެ އަމަރުގެ ސަބަބުން ކުންފުންޏަށް މަހަކު 300،000 ރުފިޔާ، އަހަރަކު 3.6 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބޭނެތީ އެ ބޮޑު ގެއްލުމުން ކުންފުނި ސަލާމަތް ކުރުމަށް ކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ޖުނައިދު ވިދާޅުވެފައިވަނީ މެރީޑިއަމް ކުންފުންޏާއިއެކު ހަދާފައިވަނީ ސަރުކާރުގެ އުޞޫލުތަކާއި ޚިލާފަށް ބިޑް ކުރުމަކާއިވެސް ނުލައި ކަމަށެވެ. އަދި އެއްބަސްވުމުގައި އެމްޕީއެލްއަށް ބޭނުންވާ ހުރިހައި ތެލެއް ގަންނަން ޖެހޭނީ މެރީޑިއަމުން ކަމަށް ބަޔާންކޮށްފައި ވެސް ނެތް ކަމަށެވެ.

ޖުނައިދު ވިދާޅުވީ އެމްޕީއެލްއަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބީލަން ހުޅުވައިލުމުން 6 ރުފިޔާ 90 ލާރިއަށް ލިޓަރެއް ވިއްކަން ހުށަހަޅާފައިވާ ކަމަށާއި މެރީޑިއަމުން އެކުންފުންޏަށް ސަޕްލައި ކުރަނީ ލިޓަރެއް 12 ރުފިޔާއަށް ކަމަށެވެ.
ޖުނައިދު ވިދާޅުވީ އެމްޕީއެލް ހިންގެވުން އޭނާއާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ ޚަރަދުތައް ވީހައި ކުޑަކޮށް އަދި ކުންފުންޏަށް ވީހައި ބޮޑު ފައިދާއެއް ލިބޭނެ ގޮތަށް ކުންފުނި ހިންގަވަން ކަމަށެވެ.
ޖުނައިދު ވިދާޅުވީ މެރީޑިއަމުގެ ވެރިފަރާތަކީ ޕީޕީއެމްގެ ޕީޖީ ފްރޫޕުގެ ޑެޕިޔުޓީ ލީޑަރު، ރިޔާޒު ރަޝީދު ކަމަށްވި ނަމަވެސް، އެއީ އެމްޕީއެލްއަށް އެތައް މިލިއަން ރުފިޔާގެ ބޮޑު މާލީ ގެއްލުންތަކެއް ލިބެންޖެހޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މިމައްސަލަ އިސްތިއުނާފު ކުރައްވައި އެމްޕީއެލްއަށް ލިބެންޖެހޭ ހައްޤުތައް ހޯދަން މަސައްކަތް ކުރުމަކީ، އެކަމުގެ ސަބަބުން ސިޔާސީ އެއްވެސް ޕްރެޝަރެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށްވެސް ޖުނައިދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް