18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އިސްރާއިލް-ފަލަސްތީން

އިސްރާއީލުން ހަމާސްއަށް ވަރުގަދަ ހަމަލާތަކެއް ދީފި

  • ޢައްޒާގެ ދެ މީހުންވަނީ މަރުވެފައި
  • އަދިވެސް އިތުރަށް ހަމަލާދޭން ޖެހިއްޖެނަމަ ދޭނަން: ނަތަންޔާހޫ
އަބުދުﷲ މުހައްމަދު | 8Abbo

| 15 ޖުލައި 2018 | އާދީއްތަ 09:34 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


މަަންޒަރު ދުށް ބައެއް މީހުން ބުނެފައިވަނީ ހަމަލާތައް އަރާފައިވަނީ ހުސްކޮށްހުރި އިމާރާތްތަކަކަށް ކަމަށް -- އޭއެފްޕީ

އިސްރާއީލާއި ހަމާސްއިން 2014 ވަނަ އަހަރު ކުރި ހަނގުރާމައަށް ފަހު، ހަމާސް ޖަމާއަތަށް އަމާޒުކޮށް އިސްރާއީލުން މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ހޮނިހިރު ދުވަހު ދީފައިވާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

އިސްރާއީލުން ދިން މި ހަމަލާތަކަކީ އެގައުމަށް އަމާޒުކޮށް ފޮނުވާލި ރޮކެޓް ހަމަލާތަކެއްގެ ބަދަލު ކަމަށާއި އަދިވެސް އިތުރަށް ހަމަލާދޭން ޖެހިއްޖެނަމަ ދޭނެ ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ. ފަލަސްތީނުން ބުނެފައިވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ފަލަސްތީނުގެ ސިއްހީ ދާއިރާގެ އޮފިޝަލަކު ވިދާޅުވީ ޣައްޒާ ސިޓީއަށް ވައިގެމަގުން ދިން ހަމަލާތަކުގައި ދެ މީހުން މަރުވެ 12 މީހުން ޒަޚަމްވި ކަމަށެވެ.

އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި 90 އަށް ވުރެ ގިނަ ރޮކެޓް ހަމަލާގައި އެ ގައުމުގެ ތިން މީހަކު ޒަޚަމްވެފައިވެއެވެ.

އިސްރާއީލު ޑިފެންސް ފޯސް(އައިޑީއެފް)އިން ބުނެފައިވަނީ އިސްރާއީލުން ހަމަލާދިނީ ހަމާސްގެ އަސްކަރީ އަމާޒުތަކަށް ކަމަށެވެ. އޭގެ ތެރޭގައި ޣައްޒާގެ ބައިތު ލަހިއާގައި ހުންނަ ހަމާސްގެ ފައުޖުތަކުގެ މައި މަރުކަޒަކާއި،ޣައްޒާގެ އުތުރުގައި އޮންނަ އަލްޝާތީ ރެފިއުޖީ ކޭމްޕްގައި ހުންނަ އުސް އިމާރާތެއްގައި ގާއިމްކޮށްފައިވާ ޓްރެއިނިންގ ކޭމްޕާއި، ހަތިޔާރު ރައްކާކުރާ ތަނަކާއި އަދި ރޮކެޓް ފޮނުވާލާ މަރުކަޒަކަށް އަމާޒު ކޮށްފައިވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް