17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ސުންނަތް

އިސްލާމް ދީނުގައި ކީރިތި ރަސޫލާގެ ސުއްނަތުގެ މަޤާމު

  • ﷲ ގެ ޙަޟްރަތުން އިސްލާމް ދީން އަޅުގަނޑުމެންނާ ހަމަޔަށް އައިސްފައި ވަނީ ރަސޫލުބޭކަލަކު މެދުވެރިކޮށެވެ.
  • މިހުރިހާކަމެއްގެ އެންމެހައި ތަފްޞީލުތައް އައިސްފައި ވަނީ ސުއްނަތުގައެވެ.
އަހްމަދުﷲ ޖަމީލް | adjameel

| 15 ޖުލައި 2018 | އާދީއްތަ 08:22 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


މިސްކިތެއްގައި މީހުން ނަމާދުގެ އަޅުކަން އަދާކުރަނީ - ނަމާދާއި ގުޅޭ ބައެއް ކަންކަމުގެ ތަފްސީލު ސުއްނަތުގައި އައިސްފައިވޭ -- ފޮޓޯ: މުހައްމަދު ޝަރުހާން

އެންމެހައި މީސްތަކުން އުޅުމަށް ﷲ ޚިޔާރު ކުރެއްވި މަގަކީ އިސްލާމްދީނެވެ. އެކަލާނގެ ޙަޟްރަތުން އިސްލާމް ދީން އަޅުގަނޑުމެންނާ ހަމަޔަށް އައިސްފައި ވަނީ ރަސޫލުބޭކަލަކު މެދުވެރިކޮށެވެ. އެއީ، އެކަލާނގެ ރަސޫލާ މުޙައްމަދު (ޞ) އެވެ. އެކަލޭގެފާނު މެދުވެރިކުރައްވައި ﷲ ބާވާލެއްވި މިދީން އެކުލެވިގެން ވަނީ މައިގަނޑު ދެއެއްޗެއްގެ މައްޗަށެވެ. އެއީ ﷲ ގެ ފޮތާއި އިތުރު އެކަލޭގެފާނުގެ ސުއްނަތެވެ. ކީރިތިވަންތަ ﷲ، އަޅުގަނޑުމެންގެ ގާތަށް އެކަލާނގެ ރަސޫލާ މުޙައްމަދު (ޞ) ރަސޫލުކަމާއިގެން ފޮނުއްވި ހިނދު، މީސްތަކުން އުޅެން ވާ ގޮތް އެކަލޭގެފާނު މެދުވެރިކުރައްވައި އަންގަވާފައިވެއެވެ. އެހެންކަމުން އިތުރު އެކަލޭގެފާނަށް ތަބާވުމަށާއި، ދިރިއުޅުމުގެ ހުރިހާ ކަމެއްގައިމެ އެކަލޭގެފާނު ނަމޫނާއެއްކަމުގައި ބަލައިގަތުމަށް ވެސް ވަނީ އަންގަވާފައެވެ.

ކަންމިހެން އޮތްއިރު، އިސްލާމް ދީނުގެ ހުރިހާ ޙުކުމްތަކެއްގެ ތަފްޞީލު ޤުރްއާނުގައި އައިސްފައި ނުވާކަން އަޅުގަނޑުމެން ދަންނަންޖެހެއެވެ. ގިނަ ޙުކުމްތައް ޤުރްއާނުގައި އައިސްފައިވަނީ ޖުމްލަކޮށެވެ. އޭގެ ތަފްޞީލުތަކާއި ޢަމަލު ކުރަންވީ ގޮތް އައިސްފައި ވަނީ ސުންނަތުގައެވެ. މިއަށް އިޝާރާތްކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ. وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ [ النحل 44 ] މާނައީ: "ތިމަން އިލާހު ކަލޭގެފާނަށް ޤުރްއާން ބާވައިލެއްވީ އެބައިމީހުންނަށް ބާވައިލެއްވި ތަކެތި މީސްތަކުންނަށް ކަލޭގެފާނު ބަޔާން ކޮއްދެއްވުމަށްޓަކައެވެ. އަދި އެބައިމީހުން ފިކުރު ކުރުމަށްޓަކައެވެ." މިގޮތުން ކީރިތި ރަސޫލާ (ޞ) ވަނީ ޤުރްއާނުގައިވާ އެންމެހައި ޙުކުމްތަކާއި އިރުޝާދުތައް މީސްތަކުންނަށް ޢަމަލީގޮތުން އުނގަންނަވައި ދެއްވާފައެވެ. މުސްލިމުންގެ މައްޗަށް ޙައްޖު ފަރްޟުކުރެއްވި ކަން ޤުރްއާނުގައި މާތް ﷲ  އަންގަވާފައިވެއެވެ. ނަމަވެސް ޙައްޖުގެ އަޅުކަން ފުރިހަމަކުރާނޭ ގޮތުގެ ތަފްޞީލު ޤުރްއާނުގައި އައިސްފައެއް ނުވެއެވެ. އެކަންތައް އައިސްފައި ވަނީ ސުއްނަތު ގައެވެ. ކީތިރި ރަސޫލާ (ޞ) ވަނީ އަމިއްލަފުޅަށް ޙައްޖުވެވަޑައިގެން ޢަމަލީގޮތުން ޙައްޖުގެ އަޅުކަން އަދާކުރަންވީ ގޮތް މީސްތަކުންނަށް ދަސްކޮށްދެއްވާފައެވެ. އަދި ޙައްޖުގެ އަޅުކަން އަދާކުރެއްވުމުގެ ތެރޭގައި، މިކަން ކުރަންވީގޮތް ތިމަންކަލޭގެފާނުގެ ކިބައިން ލިބިގަންނާށޭ ވެސް ޙަދީޘް ކުރައްވާފައިވެއެވެ. ޒަކާތް ފަރްޟުކުރެއްވިކަން ޤުރުއާނުގައި އައިސް ފައިވީއިރު، ޒަކާތް ނެރެންވާ މިންވަރާއި ނިޞާބާއި ޒަކާތް ނެރެންޖެހެނީ، ޒަކާތް ވާޖިބުވާ މުދަލަށް އަހަރު ހަމަވުމުން ކަމާއި މިކަންކަމުގެ އެންމެހައި ތަފްޞީލުތައް އައިސްފައިވަނީ ސުއްނަތުގައެވެ. އަދި ކިއެއްތޯ އެވެ. އިސްލާމް ދީނުގެ އެންމެ މުހިއްމު ރުކުން ކަމުގައިވާ ނަމާދުގެ ރަކުޢަތް ތަކުގެ ޢަދަދާއި އެނަމާދުގެ ރުކުން ތަކާއި ފަރުޟުތަކާއި ނަމާދުކުރަންވީ ގޮތުގެ ތަފްޞީލުތަކެއް ވެސް ޤުރްއާނުގައި އައިސްފައެއް ނުވެއެވެ. ހަމައެހެންމެ ރެއަކާއި ދުވާލު  އަޅުގަޑުމެންގެ މައްޗަށް ފަރްޟު ކުރެވިގެންވަނީ ކިތައް ނަމާދުކަމެއް ވެސް ޤުރްއާނުގައި އައިސްފައެއް ނުވެއެވެ. މިހުރިހާކަމެއްގެ އެންމެހައި ތަފްޞީލުތައް އައިސްފައިވަނީ ސުއްނަތުގައެވެ. އެހެންކަމުން ސުއްނަތާނުލައި ޤުރްއާނުގައި އައިސްފައިވާ ޙުކުމްތަކަށް ޢަމަލުކުރުމަކީ ވާނޭ ކަމެއްނޫނެވެ.

ޙަޤީޤަތަކީ މިއީ ކަމުގައިވީނަމެވެސް، ސުއްނަތް ދޫކޮށްލައި ހަމައެކަނި ޤުރްއާން ޤަބޫލުކުރާނޭ ބަޔަކު ފަހު ޒަމާނުގައި އަންނާނޭކަމުގެ ޚަބަރު ރަސޫލާ (ޞ) ވަނީ އުއްމަތަށް ދެއްވާފައެވެ. އަދި މިފަދަ މީހުންނާމެދު ރައްކާތެރިވެ ތިބުމަށްވެސް އެކަލޭގެފާނުވަނީ އިރުޝާދު ދެއްވާފައެވެ.

ޖާބިރު ބުނު ޢަބްދު ﷲ ގެ އަރިހުން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. المِقْدَامُ بُنُ مَعْدِي كَرِب ވިދާޅުވަނިކޮށް އަހުރެން އަޑުއެހީމެވެ. ޚައިބަރު ހަގުރާމައިގެ ދުވަހު ރަސޫލު ﷲ (ޞ) އެއްޗެހިތަކެއް ޙަރާމްކުރެއްވިއެވެ. ދެން ޙަދީޘް ކުރެއްވިއެވެ. ތިޔައިގެ ތެރެއިން ބަޔަކު- އެބަހީ  މިއުއްމަތުގެ ބަޔަކު- ތިމަން ކަލޭގެފާނުގެ ބަސްފުޅު ދޮގުކުރާނޭ ދުވަސް އައުން ވަރަށް ގާތެވެ. އެއިން މީހަކަށް ތިމަންކަލޭގެފާނުގެ ޙަދީޘެއް އިވޭހިނދު ބޮޑާކަމާއެކު ބޮޑު ގޮނޑީގައި ލެގިލައިގެން އިނދެ ބުނާނެއެވެ. ތިޔަބައިމީހުންނާ އަހަރެމެންނާ ދެމެދު މިވަނީ ﷲ ގެ ފޮތެވެ. ފަހެ، މިފޮތުގައި ޙަލާލުކަމުގައި އައިސްފައިވާ ކަމެއް ވިއްޔާ އެކަމެއް ޙަލާލު ކަމުގައި އަހަރެމެން ބަލައިގެންފާނަމެވެ. އަދި އެފޮތުގައި ޙަރާމްކަމެއް ކަމުގައި އައިސްފައިވާ ކަމެއްނަމަ އެކަމަކީ ޙަރާމްކަމެއް ކަމުގައި އަހަރެމެން ބަލައިގެންފާނަމެވެ. ދެން އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ދަންނާށެވެ! ހަމަކަށަވަރުން ﷲ ގެ ރަސޫލާ ޙަރާމްކުރައްވާ ކަންތައްތަކަކީ، ﷲ ޙަރާމްކުރައްވާ ކަންތައްތައް ފަދަ ކަންކަމެވެ." [އަލްޙާކިމާއި އައްތިރުމިޒީއާއި އިބުނު މާޖާ]

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް