16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާއި އޮބާމާގެ 2011 ވަނަ އަހަރުގެ ދަތުރުފުޅު: ރާނީ ކަންތައް ކުރެއްވީ ވަރަށް ތަފާތުކޮށް

  • ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޓްރަމްޕްގެ ދެ ކަނބަލުން އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ބުރާސްފަތި ދުވަހު
  • ރާނީއާ ބައްދަލު ކުރައްވާފައިވަނީ ޖުލައި 13 ގައި
  • ޓްރްމްޕަކީ އިނގިރޭސި ރާނީ ބައްދަލު ކުރެއްވި އެމެރިކާގެ 13 ވަނަ ރައީސް
އައިޝަތު ޝާނީ | Shaaknee

| 14 ޖުލައި 2018 | ހޮނިހިރު 22:52 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާޢި އަނބިކަނބަލުން މެލާނިއާ އިނގިރޭސި ރާނީއާ އެކު -- ގެޓީ އިމޭޖާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލާނިއާ ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގެން އުޅުއްވާއިރު، އެމަނިކުފާނު ވެގެންދިޔައީ އިނގިރޭސި ރާނީ އެލިޒަބަތާ ބައްދަލު ކުރެއްވި އެމެރިކާގެ 13 ވަނަ ލީޑަރަށެވެ.

ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޓްރަމްޕް އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ބުރާސްފަތި ދުވަހެވެ. އަދި ރާނީއާ ބައްދަލު ކުރައްވާފައިވަނީ ހުކުރު ދުވުހެވެ.

ޓްރްމްޕަކީ އެކަމަނާ ބައްދަލު ކުރެއްވި އެމެރިކާގެ 13 ވަނަ ރައީސަށްވާއިރު، މި ބައްދަލުވުމާ ކުރީގެ ރައީސް ބަރަކް އޮބާމާއާއި އަނބިކަނބަލުން މިޝޭލްއާ ކުރެއްވި ދަތުރުފުޅާ ތަފާތު ބައެއް ކަންކަން ފާހަގަ ކުރެވެއެވެ. އެގޮތުން، ޖުލައި 10 ގައި އިއުލާން ކުރެވުނު ފަދައިން ޓްރަމްޕާއި މެލާނިއާގެ ޝަރަފްގައި ބަކިންގހަމް ޕެލެސްގައި ފަރިއްކޮޅެއް ރާނީއެއް ނުދެއްވައެވެ. އޭގެ ބަދަލުގައި، ރާނީ ނިންމެވީ އެމަނިކުފާނާއެކު ވިންޑްސޯރ ކާސަލްގައި ސައިފޮދެއް ހިއްޕެވުމަށެވެ.

އެހެންނަމަވެސް، ކުރީގެ ރައީސް އޮބާމާއާއި އަނބިކަންބަލުން 2011 ވަނަ އަހަރު އިނގިރޭސިވިލާތަށް ވަޑައިގެންނެވި އިރު، ރާނީ ވަނީ އެ ބޭފުޅުންގެ ޝަރަފުގައި ހާއްސަ ފަރިއްކޮޅެއް ބަކިންގހަމް ޕެލެސްގައި ބާއްވަވާފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާއި އަނބިކަނބަލިން އިނގިރޭސި ރާނީއާއި ފިރިކަލުން ޕްރިންސް ފިލިޕްއާ އެކު 2011ގައި

މީގެ އިތުރުން، އޮބާމާގެ ދެ ކަނބަލުންނަށް ބަަކިންގހަމް ޕެލެސްގައި އެއްރޭ ހޭދަ ކުރެއްވުމަށް އެކަމަނާ ދައުވަތު ދެއްވިއެވެ.

ކުރިންވެސް ފާހަގަކޮށްލެވުނުގޮތަށް ރާނީ ޓްރަމްޕްގެ ދެ ކަނބަލުންނާ ބައްދަލު ކުރެއްވީ ވިންޑްސޯރ ކާސަލްގައި ސައިފޮދެއް ހިއްޕެވުމަށެވެ. އެވެސް އެންމެ ގަޑި އިރަކަށެވެ.

ފަހަރުގައި އެއީ ދެ ފަރާތުގެ ދަތުރުގެ ތަފާތުކަމުން ކަމަށް ވެދާނެއެވެ. އޮބާމާއި މިޝޭލް "ސްޓޭޓް ވިޒިޓް" އެއްގައި ވަޑައިގެންނެވި އިރު، ޓްރަމްޕްގެ ދަތުރުފުޅު ސިފަކުރައްވާފައިވަނީ "ވަރކިން ވިޒިޓް" އެއް ގޮތުގައެވެ.

އެހެންނަމަވެސް، ޓްރަމްޕްގެ ޝަރަފުގައި ބޮޑު ވަޒީރު ތެރެސާ މޭ ވަނީ ފަރިއްކޮޅެއް ދެއްވާފައެވެ. އަދި މި ފަރިއްކޮޅު ބާއްވަވާފައިވަނީ އިނގިރޭސި ޝާހީ އާއިލާއާ ގުޅުއްމެ ނެތް ހަމަ އެކަނި ޕެލެސް، ބްލެންހައިމް ޕެލެސްގައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލާނިއާ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ތެރެސާ މޭ ދެއްވި ފަރިއްކޮޅުގައި ބައިވެރިވެލެއްވުމަށް ބްލެންހައިމް ޕެލެސްގައި 

ކޮންމެ ގޮތެއް ވިއަސް، އޮބާމާއަށް އިނގިރޭސިވިލާތުން އޭރު ލިބިލެއްވީ ހޫނު މަރުހަބާއެއް އެކަންޏެއް ނޫނެވެ. އިނގިރޭސި ރައްޔިތުންގެ ފަރާތުން ލޯބިވެސް އެމަނިކުފާނަށް ލިބިލެއްވިއެވެ.

ނަމަވެސް ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް ވެރިރަށް ލަންޑަންގައި "ޓްރަމްޕް ހުއްޓުވާ"ގެ ނަމުގައި ސުލްހަވެރު މުޒާހަރާއެއް ވަނީ ބާއްވާފައެވެ. އަދި މި މުޒާހަރާގައި 20 ފޫޓުގެ "ޓްރަމްޕް ބޭބީ" އެއް ގެންގުޅެފައިވާއިރު، އެކަން ކުރުމުގެ ހުއްދަ ދީފައިވަނީ ލަންޑަންގެ މޭޔަރ ސާދިގު ޚާންއެވެ.

20 ފޫޓުގެ "ޓްރަމްޕް ބޭބީ"

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް