16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ޓްރާންސްފާ މާކެޓް

ސައްރީގެ ފަހަތުން ޖޯޖީނިއޯ ވެސް ޗެލްސީއަށް

  • ޖޯޖީނިއޯ ޗެލްސީއަށް ބަދަލުވެފައި ވަނީ 50 މިލިއަން ޕައުންޑްގެ ފީއެއްގެ ދަށުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 14 ޖުލައި 2018 | ހޮނިހިރު 22:07 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ޗެލްސީއަށް އަލަށް ސޮއިކުރި ޖޯޖީނިއޯ -- ގެޓީ އިމޭޖާސް

ޗެލްސީގެ ކޯޗުގެ މަގާމަށް މައުރީޒިއޯ ސައްރީ އައްޔަނު ކުރެވުނުތާ މާ ގިނައިރުތަކެއް ނުވަނީސް ނަޕޯލީއަށް ކުޅުނު އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ އެޓީމަށް ބަދަލުވެއްޖެއެވެ.

މެންޗެސްޓާ ސިޓީއިން ވެސް ހޯދުމަށް މަސައްކަތް ކުރި ޖޯޖީނިއޯ ޗެލްސީއަށް ބަދަލުވެފައި ވަނީ 50 މިލިއަން ޕައުންޑްގެ ފީއެއްގެ ދަށުންނެވެ. އުމުރުން 26 އަހަރުގެ ޖޯޖީނިއޯ ވަނީ ޗެލްސީއާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. ޗެލްސީއަށް އޭނާ ސޮއިކުރުމުގެ އެންމެ ބޮޑު ސިއްރަކީ ސައްރީ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ނަޕޯލީގައި ސައްރީ ވަނީ ފާއިތުވެދިޔަ ތިން ސީޒަނުގައި ޖޯޖީނިއޯއަށް އިރުޝާދު ދީފައެވެ.

ޗެލްސީއަށް ބަދަލުވުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޖޯޖީނިއޯ ބުނީ ޗެލްސީ ފަދަ ބޮޑު ޓީމަކަށް ކުޅެން ފުރުސަތު ލިބުމަކީ ވަރަށް ދަތި ކަމެއް ކަމަށާއި އެހެން ނަމަވެސް އެފަދަ ފުރުސަތެއް ލިބުމުން ވަރަށް އުފާވެފައި ހުރި ކަމަށެވެ. ހަމައެހެންމެ ޕްރިމިއާ ލީގު ފަދަ ވަރުގަދަ ލީގެއްގައި ކުޅެން ފުރުސަތު ލިބުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށާއި ޗެލްސީއަކީ އަބަދުވެސް މޮޅުވާން ބޭނުންވާ ޓީމެއް ކަމަށެވެ.

ޗެލްސީއަށް ޖޯޖީނިއޯ ސޮއިކޮށްފައިވާއިރު ގިނަ ބަޔަކު ބުނަމުންދިޔައީ އޭނާ ބަދަލުވާނީ މެންޗެސްޓާ ސިޓީއަށް ކަމަށެވެ. އެގޮތުން ޖޯޖީނިއޯ ވެސް ވަނީ ސިޓީއަށް ނޫނެކޭ ބުނެވެން ނެތް ކަމަށް ބުނެފައެވެ.

އޭނާ ޗެލްސީއަށް ބަދަލުވެފައިވާއިރު ނަޕޯލީއާއެކު އޭނާ ހަދާފައި އޮތް ކޮންޓްރެކްޓްގައި ބާކީ ދެއަހަރު ދުވަސް އޮތެވެ.

ބްރެޒިލްއަށް އުފަން ޖޯޖިނިއޯ ގައުމީ ފެންވަރުގައި ކުޅެމުން އަންނަނީ އިޓަލީގައެވެ. ނަޕޯލީގައި ދެއްކި މޮޅު ކުޅުމާއެކު ޖޯޖީނިއޯއަށް ވަނީ އިޓަލީގެ ގައުމީ ޓީމުން ވެސް ފުރުސަތުދީފައެވެ. މިދިޔަ އަހަރުގެ ތެރޭގައި އޭނާ އިޓަލީގެ ގައުމީ ޓީމަށް ކުޅެން ފެށިއިރު މިހާތަނަށް އޭނާ އިޓަލީގެ ގައުމީ ޓީމަށް ކުޅެފައި ވަނީ އެންމެ ތިން މެޗެވެ. ނަޕޯލީއާ އެކު އޭނާ މިހާރު ހަދާފައިވާ ކޮންޓްރެކްޓް 2020 ވަނަ އަހަރުގެ ނިޔަލަށް ހަމަވާނެއެވެ. އޭނާ ވަނީ 2014 ވަނަ އަހަރުން ފެށިގެން އެ ޓީމަށް 160 މެޗު ކުޅެދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް