23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ރައީސްގެ ދަތުރުފުޅުތައް

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

  • ތިން ރަށަކަށް ވަޑައިގަންނަވާނެ
  • ދެ މަޝްރޫއެއް އިފްތިތާހުކޮށް ދެއްވާ، އެއް މަޝްރޫއު ފައްޓަވައި ދެއްވާނެ
  • މިދިޔަ އަހަރު ވެސް ގިނަ މަޝްރޫއުތަކެއް އިފްތިތާހު ކުރި
އަޒުމޫން އަހުމަދު | azmoon_ahmed

| 22 ޖެނުއަރީ 2017 | އާދީއްތަ 17:30 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ރައީސް ޔާމީން: ތިން ރަށަކަށް ވަޑައިގަންނަވާނެ، މިއީ މުލަކު ދާއިރާއަށް ވެރިކަމުގައި ކުރައްވާ ދެވަނަ ދަތުރުފުޅު -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ސަރުކާރުން ހިންގި މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން މ. އަތޮޅަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގަންނަވާނީ ހޯމަ ދުވަހު އެވެ.

 

މ. އަތޮޅަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި، އެންމެ ފުރަތަމަ ވަޑައިގަންނަވާނީ މުލަކަށެވެ. އެ ރަށުގެ ސާފުބޯފެނުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވުމަށް ރައީސް ޔާމީން ވަޑައިގަންނަވާއިރު، މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ޔާމީން އެރަށަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. ރައީސް ޔާމީނަކީ ކުރިން އެ ދާއިރާގެ މަޖިލިސް މެންބަރެވެ.

 

މުލަކަށް ފަހު ރައީސް ޔާމީން ވަޑައިގަންނަވާނީ ދިއްގަރަށެވެ. އެ ރަށުގެ ވެސް ބޯފެނުގެ ނިޒާމް އިފްތިތާހު ކޮށްދެއްވުމަށް ފަހު ރައީސް ޔާމީން ދެން ވަޑައިގަންނަވާނީ ނާލާފުއްޓަށެެވެ. ނާލާފުއްޓަށް ވަޑައިގެން އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ފައްޓަވައިދެއްވާނެ އެވެ.

 

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް އެރަށްރަށުގެ ރައްޔިތުން ދަނީ ތައްޔާރުވަމުންނެވެ.

 

މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވުމަށާއި، މަޝްރޫއުތައް ފައްޓަވައިދެއްވުމަށް މިދިޔަ އަހަރުގެ ތެރޭގައި ވެސް ރައީސް ޔާމީން ގިނަ ރަށްތަކަކަށް ދަތުރުކުރައްވާފައިވެ އެވެ.

 

ރައީސް ޔާމީންގެ ދަތުރުފުޅުތަކާ ގުޅޭ މައުލޫމާތުތައް މީޑިއާތަކާ ހިއްސާކުރުން ހުއްޓާލާފައިވާއިރު، މި ދަތުރުފުޅާ ގުޅޭ މައުލޫމާތެއް ވެސް ރައީސް އޮފީހަކުން ނުދެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް