
| 14 ޖުލައި 2018 | ހޮނިހިރު 21:23 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ފީފާ ވާރލްޑް ކަޕްގެ ތިންވަނަ ހޮވި މެޗުގައި ބެލްޖިއަމްއިން އިނގިރޭސިވިލާތް ބަލި ކޮށްފިއެވެ.
ސެއިންޓް ޕީޓަސްބާގް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ބެލްޖިއަމް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ މިއަހަރުގެ ވާރލްޑް ކަޕްގައި މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ބެލްޖިއަމް ފައިނަލަށް ނުގޮސް ތިންވަނަ ހޮވާ މެޗު ކުޅެން ޖެހުނީ 1-0 އިން ފްރާންސް އަތުން ބަލިވުމުންނެވެ. ހަމައެހެންމެ އިނގިރޭސިވިލާތް ފައިނަލަށް ނުދިޔައީ 2-1 އިން ކްރޮއޭޝިއާ އަތުން ބަލިވުމުންނެވެ.
މި މެޗުގައި އިނގިރޭސިވިލާތުގެ ފުރަތަމަ އެގާރައިން ފަސް ބަދަލެއް ފެނިގެންދިޔައިރު ބެލްޖިއަމްގެ ފުރަތަމަ އެގާރައިން ފެނިގެންދިޔައީ އެންމެ ބަދަލެކެވެ.
ފުރަތަމަ ހާފު ފެށިގެން ބެލްޖިއަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ބެލްޖިއަމްއިން ވަނީ މެޗުގެ ހަތަރު ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ނަސަރް ޗަޑްލީގެ އެހީތެރިކަމާއެކު އެޓީމަށް ޖަހައިދިނީ ތޯމަސް މިއުނިއާއެވެ. މި ލަނޑަށް ފަހު ވެސް ބެލްޖިއަމްގެ ކުޅުންތެރިން މެޗުގެ ކޮންޓްރޯލް ދެމެހެއްޓިއިރު ފުރަތަމަ ހާފުގައި ލަނޑު ޖެހުމަށް އިނގިރޭސިވިލާތުގެ ކުޅުންތެރިން މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ ބެލްޖިއަމްއިން ފުރަތަމަ ހާފު ނިންމާލިއިރު މެޗުގެ ދެވަނަ ހާފުގައި ވެސް ބެލްޖިއަމްގެ ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެހެން ނަމަވެސް މި ހާފުގައި އިނގިރޭސި ކުޅުންތެރިން ވެސް ވަނީ ހަމަލާ އުފެއްދުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މެޗުގެ 70 ވަނަ މިނެޓުގައި އެރިކް ޑަޔަރ ފޮނުވާލި ހަމަލާއެއް ބެލްޖިއަމްގެ ގޯލު ލައިން މަތިން ވަނީ ދިފާއު ކޮށްފައެވެ. ބެލްޖިއަމްއިން މެޗުގެ ދެވަނަ ލަނޑު ޖެހީ މެޗުގެ 82 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ކެޕްޓަން އެޑެން ހަޒާޑްއެވެ.
މިއީ ބެލްޖިއަމްގެ ތާރީހުގައި ވެސް ފުޓްބޯޅައިން އެޓީމު ހޯދި އެންމެ ބޮޑު ކާމިޔާބެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް