17 ފެބުރުއަރީ 2019 | އާދީއްތަ | 05 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

  • ފާސިދު ވާހަކަފުޅުތައް ދެއްކެވުން ވަގުތުން ހުއްޓާލެއްވުމަށް ރައީސް ޢަބްދުﷲ ޔާމިނަށް ގޮވާލުން
  • ދައުލަތް ގަންބާލެއްވުމަށް ކުރައްވަމުން ގެންދަވާ ކަންތައްތަކާމެދު ސަމާލުވެގެން ތިބުވުމަށް ގޮވާލުން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 22 ޖެނުއަރީ 2017 | އާދީއްތަ 17:29 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


އެމްޑީޕީ ރެލީއެއް ކުރިއަށް ދަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައި ހުންނަކަމެއްކަމަށާއި، ދިވެހިންގެ ތެރޭގައި ކޮރަޕްޝަން އޮންނަނީ އެހެންވެ ކަމަށް ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވެ ވާހަކަފުޅުދައްކަވާފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

 

ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ވަނީ ރާއްޖޭގެ ރައްޔިތުން ސިއްސުވާލައި، ރައްޔިތުންގެ މުދަލާއި ފައިސާއިން އެންމެ ބޮޑެތި ވައްކަންތަކާއި ޚިޔާނާތް ހިންގި ސަރުކާރަކަށް ރައީސް ޔާމިންގެ ސަރުކާރުވެފައި ވާއިރު، އަދި އެ ވައްކަންތަކާއި ޚިޔާނާތުގެ މައްސަލަތަކުގެ ފުރިހަމަ ތަޙްޤީޤެއް ހިންގެވުމެއް ނެތި، އެކަންކަން ތޮބީޢަތާ ގުޅުއްވުމަކީ މާތްވެގެންވާ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް ކަމަށެވެ.

 

ތޮބީޢީ ގޮތުން އިންސާނާއަކީ ހެޔޮކަމާއި މައުސޫމުކަމުގެ ސިފަތަކުން ސިފަ ލިބިގެންވާ ފަރާތަކަށްވެފައި، ތިމާ ޚިޔާނާތްތެރިއަކަށް ނުވަތަ ވަގަކަށް ވަނީ ވެސް ތިމާ ޢަމިއްލައަށް ކަމަށްވާއިރު، ޤައުމުގެ އެންމެ މަތީ ވެރިއަކަށް ހުންނަވާ ބޭފުޅަކަށް މި ޙަޤީޤަތް އެނގިވަޑައިނުގެން ޣާފިލުވެވަޑައިގެން ހުންނަވައި މިބާވަތުގެ ވާހަކަފުޅުދެއްކެވުމަކީ އެންމެހައި ރައްޔިތުންނަށާއި، މުޅި ދައުލަތަށާއި ބައިތުލްމާލަށް އޮތް ބޮޑު ނުރައްކަލެއްކަމާމެދު ޝައްކެއް ނެތް ކަމަށް އެމްޑީޕީން ބުނެ އެވެ.

 

"ޢަބްދުﷲ ޔާމިންގެ ސަރުކާރުން ކޮށްފައިވާ ބޮޑެތި ވައްކަންތަކާއި ޚިޔާނާތުގެ މައްސަލަތަކުން ސަރުކާރުގެ ވެރިން ސަލާމަތްވެވޭނޭ، ބުއްދި ޤަބޫލުކުރާ އެއްވެސް ދިފާޢުއެއް ނެތުމުން، މިހާރު މިފެންނަނީ ވައްކަމާއި ޚިޔާނާތަކީ އިންސާނުންގެ ތޮބީޢަތުގައިވާ ކަންތައްތަކެއްކަމާއި، އާންމުކޮށް އެންމެން ކުރާނޭ ކަންތައްތަކެއްކަމަށް ވާހަކަފުޅުދައްކަވައި، ވައްކަމާއި ޚިޔާނާތުގެ ނުބައިކަން ކުޑަކަމެއްގެ ގޮތުގައި ސިފަކުރެއްވުމަށް މަސައްކަތްޕުޅުކުރައްވާތަނެވެ. އަދި އެކަންތައްތަކަކީ މުޖުތަމަޢުއިން ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ނޫންކަމަށް ސިފަކުރައްވާތަނެވެ" ބަޔާނުގައި ވެއެވެ.

 

ރައީސް ޔާމިން މީގެ ކުރިން ވެސް އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު މި ބާވަތުގެ އެތަކެއް ވާހަކަފުޅުތަކެއް ދައްކަވާފައިވާކަން އެމްޑީޕީން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން މުދަލާއި ފައިސާ ލިބިގަންނައިރު ޙަލާލެއް، ޙަރާމެއް ބަލަން ނުޖެހޭނޭކަމަށް ދޭހަވާ ގޮތަށް ދަށުދަރަޖައިގެ ވާހަކަފުޅުދައްކަވާފައިވާ ކަމަށާއި ތައިލެންޑްގެ ބެންކޮކަށް ގޮސް ފައިސާ ދީގެން ހިލޭ އަންހެނުންނާއެކު ހިންގާ ޖިންސީގުޅުމަކީ ޙަލާލު ކަމެއްކަމަށް ދޭހަވާގޮތަށް ވާހަކަފުޅުދައްކަވާފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.

 

އެހެންކަމުން އެންމެހައި ހަމަތަކުން ނެއްޓިފައިވާ މިފަދަ ބާތިލު، އަދި ފާސިދު ވާހަކަފުޅުތައް ދެއްކެވުން ވަގުތުން ހުއްޓާލެއްވުމަށް ރައީސް ޢަބްދުﷲ ޔާމިނަށް ގޮވާލާހިނދު، އެ ބާތިލު، ފާސިދު ފަލްސަފާގެ މައްޗަށް ބިނާކޮށް ވައްކަމާއި ޚިޔާނާތުގެ ތެރެއަށް މުޅި ދައުލަތް ގަންބާލެއްވުމަށް ކުރައްވަމުން އެގެންދަވާ ކަންތައްތަކާމެދު ސަމާލުވެގެން ތިބުވުމަށް އެންމެހައި ރައްޔިތުންނަށް މި އެމްޑީޕީން ވަނީ ގޮވާލާފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް