21 ފެބުރުއަރީ 2019 | ބުރާސްފަތި | 08 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ޓްރާންސްފާ މާކެޓް

ކާމިޔާބު ވާރލްޑް ކަޕަކަށް ފަހު ޝަކީރީ ލިވަޕޫލްއަށް ސޮއި ކޮށްފި

  • އޭނާ ލިވަޕޫލްއަށް ބަދަލުވެފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 13 މިލިއަން ޔޫރޯގެ ފީއަކަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 14 ޖުލައި 2018 | ހޮނިހިރު 17:47 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  4. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  7. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  8. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!


ޝަކީރީ ލިވަޕޫލްގެ ޖާޒީގައި -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގައި ދެއްކޭ މޮޅު ކުޅުމާއެކު ސްޓޯކް ސިޓީއަށް ކުޅުނު ސްވިޓްޒަލޭންޑްގެ ވިންގަރ ޒެރްދާން ޝަކީރީ ލިވަޕޫލްއަށް ގެންގޮސްފިއެވެ.

އޭނާ ލިވަޕޫލްއަށް ބަދަލުވެފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 13 މިލިއަން ޔޫރޯގެ ފީއަކަށެވެ. އޭނާ ލިވަޕޫލްގައި ބޭނުން ކުރާނީ 23 ނަމްބަރު ޖާޒީއެވެ. 2014 ވަނަ އަހަރު ބަޔާން މިއުނިކަށް ޝަކީރީ ކުޅުނު ދުވަސްވަރު ވެސް އޭނާ ހޯދުމަށް ލިވަޕޫލްއިން މަސައްކަތްތަކެއް ކުރިއެވެ.

މިއަހަރުގެ ވާރލްޑް ކަޕްގެ ދެވަނަ ބުރުން ސްވިޓްޒަލޭންޑް ކެޓި ނަމަވެސް އޭނާ ވަނީ މޮޅު ކުޅުމެއް މި މުބާރާތުގައި ދައްކާފައެވެ.

އިންޓަރ މިލާން ދޫކޮށް 2015 ވަނަ އަހަރުގެ އޮގަސްޓް މަހު އޭނާ ސްޓޯކް ސިޓީއަށް ބަދަލުވީ 12 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އެޓީމާއެކު އޭނާ ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުން އެޓީމު ރެލިގޭޓްވިއެވެ. މިދިޔަ ސީޒަނުގައި އޭނާ ސްޓޯކަށް އަށް ލަނޑު ޖަހައިދިން ނަމަވެސް އިނގިރޭސި ދެވަނަ ޑިވިޝަނުގައި ކުޅެން ބޭނުންނުވާ ކަމަށް އޭނާ ވަނީ މިދިޔަ ޖޫން މަހު ހާމަކޮށްފައެވެ.

ލިވަޕޫލްއަށް ސޮއިކުރުމަށް ފަހު ވާހަކަ ދައްކަމުން ޝަކީރީ ބުނީ ކުޅުންތެރިޔެއްގެ ގޮތުން އަބަދު ވެސް ކުޅެން ބޭނުންވަނީ އެންމެ މަތީ ފަންތީގައި ކުޅޭ ޓީމަކަށް ކަމަށެވެ. މީގެ އަހަރުތަކެއް ކުރިން ވެސް ލިވަޕޫލްއަށް ބަދަލުވާން ބޭނުންވިކަން ފާހަގަކުރަމުން ޝަކީރީ ބުނީ ލިވަޕޫލްއާއެކު ބޭނުންވަނީ އެންމެ މޮޅަށް ކުޅެ ގިނަ ތަށިތަކެއް ކާމިޔާބުކުރަން ކަމަށެވެ. ހަމައެހެންމެ ލިވަޕޫލްއަކީ ވަރުގަދަ ތާރީހެއް އޮތް ޓީމެއް ކަމަށާއި އެ ކްލަބަށް ބަދަލުވެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ޖަރުމަނުގައި ޝަކީރީ ކުޅުނުއިރު ވެސް އޭނާއަށް ފާރަލި ކަމަށާއި އޭނާއަކީ އަބަދުވެސް ދަނޑުމަތީގައި ބަދަލެއް ގެނެވޭ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށެވެ.

ޝަކީރީ ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް ކުޅުނު 342 މެޗުގައި 66 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް