22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ނޫސްވެރިންގެ ޝަރީއަތް

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

  • ކުށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފައި
  • ދައުލަތުން ދޭން ހުށަހެޅީ އެންމެ ބޮޑު އަދަބު
  • މިފަހުގެ ތާރީޚެއްގައި ނޫސްވެރިއަކު ޖަލަށް ލާފައި ނެތް
އަޒުމޫން އަހުމަދު | azmoon_ahmed

| 22 ޖެނުއަރީ 2017 | އާދީއްތަ 17:22 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް


ވިސާމާއި ލީވާން: ދައުވާ އނަބުރާ ގެންދިއުމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ދަނީ ގޮވާލަމުން -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއަޅާފައިވާ ކަމަށް ބުނެ ރާއްޖެޓީވީގެ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމް އިއްވުން އަންގާރަ ދުވަހަށް ތާވަލުކޮށްފި އެވެ.

 

ވިސާމާއި ލީވާންގެ މައްޗަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު އެ ދައުވާ އުފުލާފައިވަނީ، 2015 ވަނަ އަހަރުގެ ނޮވެމްބަރު ދެ ވަނަ ދުވަހުގެ ރޭ ފުލުހުންނާއި ސިފައިން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާފަންނު ސްޓޭޑިއަމް ސަރަހައްދު ބަންދުކޮށްފައިވަނިކޮށް، އެ ސަރަހައްދުން ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ ހައްޔަރުކުރުމަށް ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް، އެކަން ހުއްޓުވުމަށް ލީވާނާއި ވިސާމް މަސައްކަތްކޮށް ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅި ކަމަށް ބުނެއެވެ.

 

ދެ ނޫސްވެރިންގެ މައްޗަށް ހިންގާ ޝަރީއަތުގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ޝަރީއަތުން ވަނީ ވިސާމާއި ލީވާނުގެ މައްޗަށް އުުފުލާފައިވާ ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ.

 

ދައުވާ ސާބިތުވާކަމަށް ޝަރީއަތުން ކަނޑައެޅުމުން ދައުލަތުގެ ވަކީލު ވަނީ ދެ ނޫސްވެރިންނަށް ފުލުހުންގެ ގާނޫނުގައި ބުނެފައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ހުށަހަޅާފަ އެވެ. އެއީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

 

އެ އަޑުއެހުމުގައި ވިސާމާއި ލީވާންގެ ވަކީލު އަބްދުﷲ ހަސީން ވިދާޅުވެފައިވަނީ، ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާތަކުން، ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ 'އ' ގައި ބަޔާންކޮށްފައިވާ ފަދައިން، އެއްވެސް ޝައްކެއް ނެތް މިންވަރަށް ދެ ނޫސްވެރިންގެ މައްޗަށް ދައުވާ ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

 

ވިސާމާއި ލީވާންގެ މައްޗަށް ހިންގާ ޝަރީއަތުގައި، އެ ދެ ނޫސްވެރިންނާ ދެކޮޅަށް ހެކިބަސް ދީފައިވަނީ ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ގައި މަސައްކަތް ކުރާ ފުލުހުންނެވެ. އެ ފުލުހުން ދިން ހެކިބަހުގައި ފުށުއެރުންތަކެއް ހުރިކަން ހަސީން ފާހަގަކުރެއްވި އެވެ.

 

ރާއްޖެޓީވީގެ ދެ ނޫސްވެރިންގެ މައްޗަށް އަންގާރަ ދުވަހު ހުކުމް ކުރާއިރު، މިފަހުގެ ތާރީހުގައި ނޫސްވެރިކަމުގެ މަސައްކަތް ކުރުމުގެ ސަބަބުން ރާއްޖޭގައި ނޫސްވެރިއަކު ޖަލަށް ނުލަ އެވެ.

 

ވިސާމާއި ލީވާނަށް އަންގާރަ ދުވަހު ހުކުމްކުރާއިރު، ރާއްޖެޓީވީގެ ކެެމަރާމަން އާދަމް ޒަރީރަށް ހުކުމް ކުރުން ފެބްރުއަރީ 27 އަށް ވަނީ ތާވަލުކޮށްފަ އެވެ. އަދި ފިޔާޒުގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

 

ނޫސްވެރިންނަށް ނުހައްގު އަދަބެއް ލިބުމުގެ ކުރިން ސަލާމަތްކޮށްދިނުމަށް ރާއްޖެޓީވީން ތަކުރާރުކޮށް ގޮވާލަމުންދާއިރު، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް(އައިއެފްޖޭ) އާއި ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް(ސީޕީޖޭ) އާއި ރިޕޯޓާސް ވިތްއައުޓް ބޯޑާސް ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވެސް ދަނީ ނޫސްވެރިންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންގޮސް، ޝަރީއަތްތައް ހުއްޓާލުމަށް ގޮވާލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް