
| 22 ޖެނުއަރީ 2017 | އާދީއްތަ 17:17 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ފިނޭންސް މިނިސްޓްރީގެ ސާޅިސް މުވައްޒަފުންނަށް ވަޒީފާ އުވިފައިވާ ކަމަށް ބުނެ ލިޔުން ދީފި އެވެ.
ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގާ އެ މިނިސްޓްރީގެ 15 ވަރަކަށް މުވައްޒަފުުންނަށް ވަޒީފާ އުވިފައިވާ ކަމުގެ ލިޔުން ދީފައިވާ އިރު މި މުވައްޒަފުންނަށް އިތުރު އެއްވެސް ގޮތެއް އެ މިނިސްޓްރީން ހަދާ ދީފައެއް ނުވެ އެވެ. މި ފަަނަރަ މުވައްޒަފުންފެ ތެރޭގައި މިވަގުތު ނޯ ޕޭ ލީވްގައި ތިބި މުވައްޒަފުންނާ، މެޓަރނިޓީ ލީވްގައި ތިބި މުވައްޒަފުން ހިމެނެ އެވެ. އަދި އިތުރު 25 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގާފައިވާ އިރު އެ މުވައްޒަފުންނަށް ސަރުކާރުގެ އެހެން ވުޒާރާތަކުން ބޭނުންވާ ވަޒީފާއެއް އޮތް ނަމަ އެކަން އެންގުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ. މިފަދަ ބަދަލެއް ގެންނަން ޖެހުނީ ފިނޭންސް މިނިސްޓްރީގެ ވަޒީފާ އާއި ބެހޭ އޮނިގަނޑަށް ގެނެވުނު ބަދަލުތަކަކާއި ގުޅިގެން ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
މިކަމާ ގުޅޭ ރަސްމީ ބައެއް ހޯދުމަށް ފިނޭންސް މިނިސްޓްރީ އަށް ގުޅުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ.
މީގެ ކުރިންވެސް ވަނީ ފިނޭންސްގެ 75 މުވައްޒަފަކަށް ވަޒީފާ އިން ވަކިވުމުގެ ނޯޓިސްދީފަ އެވެ. އެކަމާ ގުޅިގެން ފިނޭންސްގެ މުވައްޒަފުން ހަޅުތާލުކުރުމުން އެފަހަރު އެ މަސައްކަތް ހުއްޓާލި އެވެ. ނަމަވެސް ފިނޭންސްގެ މުވައްޒަފުން އެފަދަ އިހްތިޖާޖުކުރުމުން، ރައީސް އަބްދުﷲ ޔާމިން ހިތްހަމަ ނުޖެހުން ފާޅުކުރެއްވެވި އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް