23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ނަވާޒު ޝަރީފު ހައްޔަރު ކުރުން

ޕާކިސްތާނަށް ވަޑައިގަތުމާއެކު ނާވާޒު ޝަރީފާއި ދަރިކަނބަލުން މަރިޔަމް ހައްޔަރު ކޮށްފި

  • ނަވާޒާއި މަރިޔަމަށް ހުކުމް ކޮށްފައި ވަނީ އެވެންފީލްޑް ރެފަރެންސް މައްސަލާގައި
  • ނަވާޒު ޝަރީފު 10 އަހަރަށް ޖަލަށް ލުމަށާއި، 8 މިލިއަން ޕައުންޑުން ޖުރުމާނާ ކުރުމަށް ވަނީ ހުކުމް ކޮށްފައި
  • މަރިޔަމް 7 އަހަރަށް ޖަލަށް ލުމަށާއި، 2 މިލިއަން ޕައުންޑުން ޖުރުމާނާ ކުރުމަށް ވަނީ ހުކުމް ކޮށްފައ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 14 ޖުލައި 2018 | ހޮނިހިރު 00:06 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ނަވާޒު ޝަރީފާއި ދަރިކަނބަލުން މަރިޔަމް -- ދި ނިއުސް

ޕާކިސްތާނަށް ވަޑައިގަތުމާއެކު އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފާއި ދަރިކަނބަލުން މަރިޔަމް ނަވާޒު ހައްޔަރު ކޮށްފިއެވެ.

އަނބިކަނބަލުން ކުލްސޫމް ނަވާޒުގެ ހާލު ކޮޅު ސީރއަސްވުމާއި ގުޅިގެން ނަވާޒު ލަންޑަނަށް ވަޑައިގެންނެވީ މަރިޔަމް އާއެކީގައެވެ. ކެންސަރާ ހަނގުރާމަ ކުރަމުންދާ ކުލްސޫމް މިވަގުތު އޮންނެވީ ލަންޑަންގެ ހޮސްޕިޓަލެއްގެ އައިސީޔޫގައެވެ. 

އެވެންފީލްޑް ރެފަރެންސް މައްސަލާގައި ހުކުމް ކޮށްފައިވާ ނަވާޒާއި މަރިޔަމް ހައްޔަރު ކުރުމަށްފަހު ފުރަތަމަ ގެންދާނީ އަދިއާލާ ޖަލަށެވެ. އެއަށްފަހު ސިހަލަ ޕޮލިސް ޓްރެއިނިން ރެސްޓް ހައުސްއަށް ބަދަލު ކުރާނެކަމަށް ޚަބަރުތައް ބުނެއެވެ.

ނަވާޒު ޝަރީފު 10 އަހަރަށް ޖަލަށް ލުމަށާއި، 8 މިލިއަން ޕައުންޑުން ޖޫރިމަނާ ކުރުމަށް އަދި މަރިޔަމް 7 އަހަރަށް ޖަލަށް ލުމަށާއި، 2 މިލިއަން ޕައުންޑުން ޖޫރިމަނާ ކުރުމަށް އަދި ލިޔެކިއުންތައް އޮޅުވާލި މައްސަލައިގައި މަރްޔަމްށް އެއް އަހަރަށް ޖަލަށް ލުމަށް އެ ގައުމުގެ އެކައުންޓެބިލިޓީ ކޯޓުން މިދިޔަ ހުކުރު ދުވަހު ވަނީ ހުކުމް ކޮށްފައެވެ. މީގެ އިތުރުން މަރިޔަމްގެ ފިރިކަލުން މުޙައްމަދު ސަފްދަރު އެއް އަހަރަށް ޖަލަށްލުމަށާއި، މަރްޔަމް އާއި ސަފްދަރު އިންތިޚާބުކުރެވޭ އެއްވެސް މަގާމަކަށް 10 އަހަރު ވަންދެން ކުރިމަތިނުލެވޭނެގޮތަށް ހެދުމަށްވެސް ހުކުމުގައި ވެއެވެ. މި މައްސަލައިގައި ނަވާޒު ޝަރީފާއި މަރިޔަމާއި 100 ވަރަކަށް ފަހަރު ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯއިން ސުވާލުކޮށްފައިވާ ކަމަށް ވެއެވެ.

ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުގައި ނަވާޒް ޝަރީފުގެ ނަން ހިމަނާފައި ނެތެވެ. މަޝްހޫރު ޕެނަމާ ޕޭޕަރުތަކުގެ ޒަރީއާއިން ލީކުވެފައިވާ މައުލޫމާތުގައި ނަވާޒް ޝަރީފްގެ ބޭފުޅުންވަނީ އޮފްޝޯ ކުންފުންޏެއް ރަޖިސްޓަރީކޮށް މާލީ ބޮޑެތި ފައިދާތަކެއް ހޯއްދަވާފައެވެ. ލީކު ވެފައިވާ ޕެނަމާ ޕޭޕަރު ތަކުގައިވާ ގޮތުން ނަވާޒް ޝަރީފް ބޭފުޅުންވަނީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި ކުންފުންޏެއް ރަޖިސްޓަރީކޮށް އެ ކުންފުނިން އިނގިރޭސިވިލާތުން އިމާރާތްތައް ބައްލަވައި ގަނެފައެވެ. އެ މައްސަލައިގައި ނަވާޒު ޝަރީފާއި އެނާގެ އާއިލާގެ މައްޗަށް ވަނީ ތަހުގީގު ހިންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް