16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ޖޯންސަން ބޭބީ

ޖޯންސަންސް ބޭބީ ކެންސަރަށް މަގުފަހިވާ ކަމަށް ނިންމައި 4.7 ބިލިއަން ޑޮލަރު ދައްކަން ހުކުމް ކޮށްފި

  • އެ ކުންފުނީގެ ފުށް ބޭނުންކޮށްގެން 22 އަންހެނަކަށް ވަނީ ކެންސަރު ޖެހިފައި
  • ކެންސަރު ބަލީގައި ހަ މީހަކު ވަނީ މަރުވެފައި
  • ވިޔަފާރީގެ ގޮތުން ޖޯންސަން ބޭބީއަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 13 ޖުލައި 2018 | ހުކުރު 19:52 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  4. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


ޖޯންސަންސް ބޭބީ ކުންފުނިން އުފައްދާ އެންމެ މަގުބޫލު އުފެއްދުން ކަމަށްވާ ކުޑަކުދިންނަށް ހާއްސަ ހުދުފުށް -- ފޭސްބުކް

ކުޑަކުދިންނަށް ހާއްސަ އުފެއްދުންތައް ވިއްކާ މަޝްހޫރު ޖޯންސަންސް ބޭބީގެ އުފެއްދުންތަކުން ކެންސަރަށް މަގުފަހިކޮށްދޭ ކަމަށް ނިންމައި 22 އަންހެނަކަށް 4.7 ބިލިއަން ޑޮލަރު ދޭން އެ ކުންފުނީގެ މައްޗަށް އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ކޯޓުން އެގޮތަށް ނިންމާފައި ވަނީ އެ އަންހެނުންނަށް ކެންސަރު ޖެހިފައި ވަނީ ޖޯންސަންސް ބޭބީގެ ފުށުގައި އެކުލެވޭ އެސްބެސްޓޮސް ކިޔާ މާއްދާއެއްގެ ސަބަބުންކަން ސާބިތުވުމުންނެވެ. ކޯޓުން ފުރަތަމަ ނިންމީ ގެއްލުން ލިބުނު 22 އަންހެނުންނަށް 550 މިލިއަން ޑޮލަރު ދިނުމަށެވެ. އެހެން ނަމަވެސް އެ މީހުންގެ ހާލަތަށާއި ޖޯންސަންސް ބޭބީއަށް އަދަބެއް ދިނުމުގެ ގޮތުން ވަނީ އިތުރު 4.1 ބިލިއަން ޑޮލަރު ދެއްކުމަށް އެ ކުންފުނީގެ މައްޗަށް އަމުރު ކޮށްފައެވެ. އެ 22 އަންހެނުންނަށް އޯވަރީގެ ކެންސަރު ޖެހިފައިވާއިރު، އޭގެ ތެރެއިން ހަ އަންހެނުން ވަނީ ކެންސަރާ ހަނގުރާމަ ކުރަމުން ދަނިކޮށް މަރުވެފައެވެ.

މި ވަގުތު ވެސް އެ ކުންފުންޏާ ދެކޮޅަށް ގާތްގަޑަކަށް 9000 މައްސަލަ އެކި ކޯޓުތަކުގައި ހިގަމުންދާ އިރު ޖޯންސަންސް ބޭބީ ކުންފުނިން ވަނީ އެ ކުންފުނީގެ އެންމެ މަގުބޫލު އުފެއްދުމާ މެދު އާންމުން މެދުގައި ޝައްކުތަކެއް އުފެދިދާނެތީ ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށް ބުނެފައެވެ. އެ ކުންފުނިން ބުނީ އެ ފުށުގައި އެއްވެސް ވަރަކަށް އެސްބޮސްޓޮސް ނުހުންނާނެ ކަމަށާއި، އެ ފުށް ބޭނުންކޮށްގެން ކެންސަރު ނުޖެހޭނެކަން ކަށަވަރުކޮށްދޭ ކަމަށެވެ.

ދައުވާކުރި މީހުން ބުނީ އެ ކުންފުނީގެ ފުށުގައި އެސްބެސްޓާސް ހުރިކަން ފޮރުވުމަށް ފާއިތުވި 40 އަހަރު ވަންދެން އެ ކުންފުނިން ވަރަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. ހަ ހަފްތާއަށް ދިގު ދެމިގެން ދިޔަ ޝަރީއަތްތަކުގައި ސިއްޚީ މާހިރުންނާއި ތަޖުރިބާކާރުން ވަނީ އެ ފުށުގައި އެ މާއްދާ ހުރި ކަމަށް ހެކި ބަސް ދީފައެވެ. ތަޖުރިބާކާރުން ބުނީ އެސްބެސްޓޮސްގެ މާއްދާއަކީ އެ ފުށުގެ މައި އެއް މާއްދާ ކަމަށެވެ.

ޖޯންސަންސް ބޭބީ ކުންފުނިން ބުނީ ކޯޓުގެ ނިންމުން އިސްތިއުނާފަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށެވެ. އަދި ކަމާ ބެހޭ މާހިރުން ވަނީ ކޯޓުގެ ނިންމުމުގެ ސަބަބުން ޖޯންސަންސް ބޭބީ އަށް ވިޔަފާރީގެ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވާނެ ކަމަށް ލަފާކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް