14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

އިނގިރޭސި ވިލާތް - އެމެރިކާ

އެމެރިކާ-އިނގިރޭސި ވިލާތުގެ ގުޅުމަކީ އެންމެ މަތީ ފަންތީގެ ހާއްސަ ގުޅުމެއް: ރައީސް ޓްރަމްޕް

  • ދެދުވަހުގެ ދަތުރުފުޅެއްގައި ރައީސް ޓްރަމްޕް އިނގިރޭސި ވިލާތަށް ވަޑައިގެންނެވީ ބުރާސްފަތި ދުވަހު
އަހުމަދު އަނޫޝު | IamAhmedAnoosh

| 13 ޖުލައި 2018 | ހުކުރު 19:15 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  6. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  7. ވެލެޒިނީ ހައްޔަރު ކޮށްފި
  8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


ލަންޑަނުގެ ސްޓެންސްޓެޑް އެއާރޕޯޓުން ރައީސް ޓްރަމްޕް އަށް މަރުހަބާ ކިޔަނީ -- ދި ޓެލެގްރާފް

އެމެރިކާ އާއި އިނގިރޭސިވިލާތުގެ ގުޅުމަކީ "އެންމެ މަތީ ލެވެލްގެ ހާއްސަ ގުޅުމެއް" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. 

އިނގިރޭސިވިލާތަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ބުރާސްފަތި ދުވަހު ރައީސް ޓްރަމްޕް އެގައުމަށް ވަޑައިގެންފައިވާއިރު، ބޮޑު ވަޒީރު ތެެރީސާ މޭ އާ ހުކުރު ދުވަހު ބައްދަލު ކުރައްވައި ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމަކީ "ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި" އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމަށް ނިންމުމާއި ގުޅިގެން "އިނގިރޭސި ވިލާތުން ކުރި ކޮންމެ ކަމެއް އެމެރިކާ އަށް ރަނގަޅު ކަމަށެވެ." ރައީސް ޓްރަމްޕް މިހެން ވިދާޅުވުމުގެ ކުރިން އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "ސަން" އަށް ވިދާޅުވެފައި ވަނީ ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތް، އީޔޫ އިން ވަކިވުމާ ގުޅޭ ތެރީސާ މޭ ގެ، ޕްލޭން އަކީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ވިޔަފާރީގެ ޑީލް އެއް ނެތިގެންދާނެ ފަދަ ކަމެއް ކަމަށެވެ.

ތެރީސާ މޭ ވިދާޅުވީ އެމެރިކާ އާ އެކު "ވަރަށް އުންމީދީ" ޓްރޭޑް އެގްރީމެންޓެއްގެ ޕްލޭނަކަށް އެމެރިކާގެ ރައީސް އާ އެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ރައީސް ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ މަގުތަކުގައި ރައީސް ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް ބަޔަކު ދަނީ މުޒާހަރާވެސް ކުރަމުންނެވެ. 

ރައީސް ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވަނީ "ވާރކިން ވިޒިޓެކެވެ." އެމަނިކުފާނު އިނގިރޭސި ބޮޑު ވަޒީރުގެ އިތުރަށް، އިނގިރޭސި ވިލާތުގެ ވިޔަފާރިވެރިންނާއި އިނގިރޭސި ރާނީ ކްއީން އެލިޒަބަތު އާ ވެސް ބައްދަލު ކުރައްވާނެއެވެ. 

އިނގިރޭސިވިލާތަށް ރައީސް ޓްރަމްޕް ކުރައްވާ ދަތުރުފުޅުގައި ބުރާސްފަތި ދުވަހާއި ހުކުރު ދުވަސް ހޭދަ ކުރައްވާނީ އިންގްލެންޑުގައެވެ. އަދި އެއަށް ފަހު ވަޑައިގަންނަވާނީ ސްކޮޓްލެންޑަށެވެ. ރައީސް ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވަނީ "ސްޓޭޓް ވިޒިޓެއް" ނޫން ކަމުން ރައީސް ޓްރަމްޕް ހުންނަވާނީ ލަންޑަނުގައި، އެމެރިކާ އިން އިގިރޭސިވިލާތަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރުގެ އަރިހުގައެވެ. 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް