24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ރިިޔާސީ އިންތިޚާބު 2018

މިނިވަންކަމާ އެކު ލިބުނު އެންމެ ފުރުސަތެއް: އައްޑޫ އުތުރި އަރައިފި

  • އިބޫ އަށް މަރުހަބާ ކިޔުމަށް އެތައް ހާސް ބަޔަކު ޖަމާވި
  • ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ދިނުމަށް ބަންޑާރަނައިބު ވަނީ އަންގަވާފައި
  • މި މަންޒަރު އެހެން ރަށްތަކުން ވެސް ފެންނާނެ ކަމަށް ބެލެވޭ
އަލީ ޔޫސުފް | AliYooosuf

| 13 ޖުލައި 2018 | ހުކުރު 18:50 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  8. ޝެއިޚް އިލްޔާސްގެ ޕާސްޕޯޓް ހިފަހައްޓައިފި


އައްޑޫގެ ރައްޔިތުން އިބްރާހީމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވަނީ -- ރާއްޖެއެމްވީ

އިދިކޮޅު ސިޔާސީ ހަރަކާތްތައް ހުއްޓުވާފައިވާތާ އެތައް އަހަރެއް ވެއްޖެއެވެ. ހާއްސަކޮށް 2015 ވަނަ އަހަރުގެ މޭޑޭގައި މުޅި މާލޭގެ މަގުތައް ފުރާލައި އެތައް ހާސް ބަޔަކު ކުރި މުޒާހަރާ އަށް ފަހު ގާނޫނާއި ގަވާއިދަތަކަށް ވެސް ބަދަލު ގެނެސް މިނިވަންކަމާ އެކު އެއްވެ އުޅުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް އޮތީ ނުލިބިއެވެ. އެހެންކަމުން އަބަދު ވެސް ފެންނަނީ ސަރުކާރު މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ސަރުކާރުން ބާއްވާ ޖަލްސާތަކާއި ހަރަކާތްތައް އެކަންޏެވެ. ނަމަވެސް މިއަދަކީ އަނެއްކާ ވެސް ތާރީހީ ދުވަހެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ އެކު އެއްވެ އުޅުމަށް ކަމާ ބެހޭ ފަރާތްތަކުން މިހާރު މި ވަނީ ކޮންމެ ވެސް ވަރަކަށް ދޫދޭން ފަށާފައެވެ.

މީގެ ކުރިން އެއްވުންތަކަށް ފުލުހުން ހުރަސް އަޅަމުން ގެންދިޔައީ ހަމައެކަނި މާލެއަކު ނޫނެވެ. އާދައިގެ ރަށެއްގައި ވެސް ދެ މީހަކު އެއްވެއްޖެއްޔާ ރަށުގައި ފުލުހުން ނެތް ނަމަ ކައިރި ރަށްރަށުން ނުވަތަ މާލެ އިން ވެސް ފުލުހުން ގެންގޮސްގެން އެ ބަޔަކު މައިތިރިކުރެއެވެ. ނަމަވެސް ރިޔާސީ އިންތިޚާބާ އެކު ލިބެން ފެށި ކުޑަކުޑަ މިނިވަންކަމާ އެކު މަންޒަރު މިވަނީ ބަދަލުވާން ފަށާފައެވެ. ސަރުކާރާ އިދިކީލި ފަރާތްތަކަށް ވެސް ހިނިތުންވުމަށް ފުރުސަތު އަންނަނީ މަޑުމަޑުން ލިބެމުންނެވެ.

މި ހަފުތާގެ ތެރޭގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ފެއްޓެވި ޑޯޓުޑޯ ކެމްޕެއިނާ އެކު ރައްޔިތުންނަށް ވަނީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބެން ފަށައިފައެވެ. މިނިވަންކަމާ އެކު އެ މީހުން ތާއީދުކުރާ ފަރާތަކާ ބައްދަލުކޮށްލުމުގެ ހިތްހަމަޖެހުމެވެ. ހިތުގައި ފޮރުވިފައި ހުރި އެތައް ޝަކުވާތަކެއް އުންމީދުވެރިޔަކާ ހިއްސާކޮށްލުމުގެ ހިތްހަމަޖެހުމެވެ. އެމީހުން ހިތްދަތި ދިރިއުޅުން ރަނގަޅު ކޮށްދެވިދާނެ ފަދަ އޯގާތެރިއަކަށް އެ ހާލަތު ހަމަ ލޮލުން ދައްކާލުމުގެ ހިތްހަމަޖެހުމެވެ. މިއީ ފެށުމެކެވެ.

އިބޫގެ ކެމްޕެއިނަށް ހުޅުމާލެ އިން ބަޔަކު ހުރަސް އަޅަން އުޅުނު ކަމުގައި ވިޔަސް ފުލުހުން ނުކުމެ އެ ހަރާކާތް ހުއްޓުވަން ނޫޅުމާއި އޭގެ ފަހުން ކަމާ ބެހޭ އިދާރާތަކަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް އެންގެވި އެންގެވުމާ އެކު ސަރުކާރާ އިދިކީލި ހިޔާލުގެ ފަރާތްތަކުގެ އުންމީދު މި ވަނީ އާލާވެފައެވެ. އެހެންކަމުން އެ ރައްޔިތުން ތިބީ އެކަން ހާމަކޮށް ދައްކާލަން ފުރުސަތަކަށް އެދިއެދިއެވެ.

މިއަދަކީ އެފުރުސަތު ލިބުނު ދުވަހެވެ. އެކަން ފުރަތަމަ ފެނިގެން ދިޔައީ އަބަދު ވެސް އެމްޑީޕީ އަށް ބޮޑު ތާއީދެއް އޮންނަ އައްޑޫ އިންނެވެ. އެމީހުންގެ އުންމީދީ ކެންޑިޑޭޓް އިބޫ އައްޑޫ އަށް ހުކުރު ދުވަހު ފެއްޓެވި ދަރުތުފުޅާ އެކު އެ އެކަން އެވަނީ ހާމަވެގެން ގޮސްފައެވެ.

އެމްޑީޕީ އާއި އަދި ގުޅިފައިވާ ޕާޓީތަކުން އަބަދު ވެސް ބުނަމުން އަންނަ ވާހަކައެކެވެ. މިނިވަންކަމާ އެކު ފުރުސަތެއް ލިބިއްޖެ ނަމަ މުޅި މާލެ ފުރާލާނެ ވާހަކައެކެވެ. ނުވަތަ ރަށްރަށުން ތާއީދު އޮތް މިންވަރު ދައްކާލާނެ ވާހަކައެކެވެ. އިބޫ އަށް އައްޑޫ އަށް ދައްކާލީ އެ މަންޒަރެވެ. އެތައް ޒަމާނެއް ވަންދެން މިނިވަންކަމާ އެކު އެއްވެ ޝުއޫރު ފާޅުކޮށްލަން ނުލިބި ކެތްތެރިކަން ކޮޅުންލާފައި ތިބި އެތައް ހާއްސަ ރައްޔިތުންނެ މިއަދު ވަނީ މަގުތަކަށް ނުކުމެ އިބޫ އަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އައްޑޫގެ ރައްޔިތުން އިބޫ އަށް މަރުހަބާ ދަންނަވަނީ

 

އިބޫ އާއި އިބޫގެ ބައިވެރިންނަށް އައްޑޫ އިން ކިޔާފައި ވަނީ މީގެ ކުރިން މިފަދަ ބޭފުޅަކަށް ނުކިޔާ ވަރުގެ މަރުހަބާއެކެވެ. ސަފުތައް ދިގުކަމާއި އެއްވެފައިވާ ރައްޔިތުން ގިނަ ކަމުން ދެ ގަޑިއެއްހާއިރުވީ އިރު ވެސް އިބޫ އަށް ދެވުނީ ތަންކޮޅަކަށެވެ. ސަލާމްކުރުމާއި އިބޫއާ އެކު ފޮޓޯ ނެގުމަށް ޒުވާން އުމުރުފުރައިން ފެށިގެން އުމުރުން ދުވަސްވީ ފަރާތްތައް ވެސް އުޅުނު ގޮތުން ހީވީ އެތައް ޒަމާނެއް ވަންދެން އެމީހުން ކުރަމުން އައި އުންމީދެއް ފުރިހަމަވެގެން އުޅުނުހެންނެވެ. އެމީހުން ދިޔައީ ހިތުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. ސިޔާސީ ބޭފުޅެއް ކަމަށް އިމާދު ސޯލިހު ވިދާޅުވި ފަދައިން މިއަދު ފެނިގެން ދިޔައީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލީ މަންޒަރެވެ.

ޒުވާނަކު އިބޫއާ އެކު ސެލްފީއެއް ނަގަނީ

ފާހަގަވީ ކޮންމެހެން ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫ އައްޑޫ އަށް ވަޑައިގަތުމުން ލިބުނު އުފާވެރިކަން އެކަންޏެއް ނޫނެވެ. މުޅި އައްޑޫ އުތުރި އެރީ އެތައް ދުވަހެއް ވަންދެން އެ މީހުންނަށް ނުލިބި އޮތް މިނިވަންކަމުގެ ޒައްރެއްގެ މިންވަރު ވެސް ލިބުނީތީއެވެ. ފުލުހުންގެ ޝީލްޑްތަކާއި ޕެޕާ ސްޕްރޭ އާއި ސިފައިންގެ ހަތިޔާރުތައް ނެތި މިނިވަންކަމާ އެކު އެއްވެ އުޅުމުގެ ހައްގުގެ ކުޑަ މިންވަރެއް ވެސް ލިބުނީތީއެވެ. މިއީ ބަޔަކަށް ހަޖަމުކުރަން ފަހަރުގައި ދަތި ކަމަކަށް ވިޔަސް ރިޔާސީ އިންތިޚާބާ ހަމައަށް މި ގޮތުގައި މި މިނިވަންކަން ލިބޭ ނަމަ މިފަދަ އެތައް މަންޒަރެއް، އެތައް ހިނިތުންވުމެއް އަދި އެތައް ކަރުނައެއް ފެންނާނެއެވެ. ނަމަވެސް އެއީ ހިތާމައިގެ ކަރުނައެއް ނޫނެވެ. އެއީ އެމީހުންގެ ގޭބަންދުގައި ތިބި ތިބުމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބި އެމީހުން އެދޭ މީހަކަށް އޮތް ތާއީދު ދައްކާލުމަށް ކުޑަ ފުރުސަތެއް ނަމަވެސް ލިބޭތީ އުފަލުން ލޮލުން އޮހޮރޭ ކަރުނައެވެ. އައްޑޫ ފަދައިން މުޅި ގައުމު އުތުރި އަރާ މަންޒަރު އަދި ފެންނާނެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް