13 ނޮވެންބަރު 2018 | އަންގާރަ | 01 ނޮރަ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

އިހްތިޖާޖު ކުރުން

އިގިރޭސިވިލާތުގައި ޓުރަމްޕާ ދެކޮޅަށް އިހްތިޖާޖްކުރަން ތައްޔާރު ވެއްޖެ

  • މި ދަތުރުފުޅަކީ ރައީސްކަމާ ހަވާލުވެވަޑައިގެން ފަހުން އިގިރޭސިވިލާތައް ކުރައްވާ ފުރަތަމަ ދަތުރުފުޅު
  • އިހްތިޖާޖުކުރުމަށް އެތައް ހާސް ބަޔަކު ނިކުންނާނެ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 13 ޖުލައި 2018 | ހުކުރު 07:17 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


ހީލިއަމް އަޅައިގެން ޓްރަމްޕްގެ ސޫރަ ސިފަވާ ގޮތަށް ހަދާފައި ހުރި ބްލިމްޕެއް -- ރޮއިޓަރސް

އެމެރިކާގެ ރައީސްކަމާ ޑޮނަލްޑް ޓްރަމްޕް ހަވާލުވެވަޑައިގަތް ފަހުން އިނގިރޭސި ވިލާތަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް އަމާޒުކޮށް ހުކުރު ދުވަހު އިހްތިޖާޖު ކުރުމަށް ތައްޔާރު ވެއްޖެއެވެ.

ނޭޓޯ ސަމިޓް ނިންމަވާލެއްވުމަށް ފަހު ޓުރަމްޕާއި އަނބިކަނބަލުން މެލަނިއާ ފެއްޓެވި ދަތުރުޅުފުޅުގައި އިގިރޭސި ވިލާތުގެ ބޮޑުވަޒީރު ތެރެސާ މޭ އާއި ކުއީން އެލިޒަބަތްއާ ވެސް ބައްދަލުކުރެއްވުމަށް ނިންމަވާފައެވެ. އޭގެ އިތުރުން ދެ ގައުމުގެ ދޭތެރޭގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. 

ޑޮނަލްޑް ޓްރަމްޕްގެ މި ދަތުރުފުޅާ އަމާޒުކޮށްގެން ބާއްވާ އިހްތިޖާޖު އިންތިޒާމްކުރާ ފަރާތްތަކުން ބުނަމުން ދަނީ އިސްލާމް ދީނާ ގުޅޭ ގޮތުން ޓްރަޕްމް ގެންގުޅުއްވާ ސިޔާސަތާ މެދު އެ މީހުން ހިތްހަމަނުޖެހޭ ކަމަށެވެ. އިހްތިޖާޖު ކުރުމަށް ތައްޔާރުވަމުންދާ އެތައް ހާސް ބަޔަކު ވަނީ ޓްރަމްޕާ މެދު އޮންނަ ނުރުހުން ފާޅު ކުރުމަށް، ހީލިއަމް އަޅައިގެން ޓުރަމްޕްގެ ސޫރަ ސިފަވާ ގޮތަށް ހަދާފައިވާ ބްލިމްޕެއް ނެގުމަށް ވެސް ނިންމާފައެވެ. ޕާލެމެންޓްސް ގާޑެންގައި އެ ބްލިމްޕް ނަގަން ނިންމާފައިވާއިރު ލަންޑަނުގެ ސިޓީ ހޯލުން އެކަމަށް ވަނީ ހުއްދަ ދީފައެވެ.  

އިނގިރޭސި ވިލާތަށް ރައީސް ޓްރަމްޕް ކުރައްވާ ދަތުރުފުޅުގައި ބުރާސްފަތި ދުވަސް އިންގްލެންޑްގައި ހޭދަ ކުރައްވައިފައިވާއިރު ހުކުރު ދުވަސް ވެސް ހޭދަ ކުރައްވާނީ އިންގްލެންޑުގައެވެ. އަދި އެއަށް ފަހު ވަޑައިގަންނަވާނީ ސްކޮޓްލެންޑަށެވެ. ރައީސް ޓްރަމްޕް އިނގިރޭސި ވިލާތައް ކުރައްވަމުން ގެންދަވަނީ "ސްޓޭޓް ވިޒިޓެއް" ނޫން ކަމުން ރައީސް ޓްރަމްޕް ހުންނަވާނީ ލަންޑަނުގައި، އެމެރިކާ އިން އިގިރޭސި ވިލާތައް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރުގެ އަރިހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް