17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

މީރާ ސާފުކުރުން

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

  • 2،500 ކުނި ކޮތަޅު މާލޭގެ އެކި ސަރަހައްދުތަކުން ނަގާފައިވޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 21 ޖެނުއަރީ 2017 | ހޮނިހިރު 15:51 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ހޭވައްލާ ސާފު ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއިން އިސްނަގައިގެން މާލެ ސާފު ކުރުމުގެ ހަރަކާތެއް ހޮނިހިރު ދުވަހު ކުރިއަށް ގެންގޮސްފި އެވެ.

ހޮނިހިރު ދުވަހު ހެނދުނު ހަތަކުން ބާރައަށް ކުރިއަށްގެންދިޔަ މި ހަރަކާތަކީ މީރާ އާއި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ވެމްކޯއާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މިކަމާ ގުޅޭ ގޮތުން މީރާގެ ޑެޕިއުޓީ ޑިރެކްޓަރ ފާތިމަތު ރަޝާ ވިދާޅުވީ، މީރާއިން ހޭވައްލާގެ ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގާ މިނިވަން މުއައްސަސާތަކާއި ސްކޫލުތަކުންނާއި ސަރުކާރުގެ އެކި އިދާރާތައް އެކުވެގެން ގާތްގަނޑަކަށް 43 ފަރާތަކުން ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާ ކަމަށެވެ.

އެގޮތުން 2،500 ކުނި ކޮތަޅު މާލޭގެ އެކި ސަރަހައްދުތަކުން ނަގާފައި ވާނެ ކަމަށް ރަޝާ ވިދާޅުވި އެވެ.

މި ހަރަކާތުގައި މާލޭގެ ހުރިހާ ސަރަހައްދެއް އެއްކޮށް ސާފުކޮށްފައިވާ އިރު ޓެރެކް ސަރަހައްދާ މަސްމާރުކޭޓު ސަރަހައްދުގެ މޫދު ސާފުކޮށްފައިވަނީ އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގައި ހިންގި ސާފުކުރުމުގެ ހަރަކާތުގައި ފުލުހުންގެ އެހީތެރިކަން ވެސް ލިބިފައިވާ ކަމަށް މީރާ އިން ބުނެއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް