19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ކެޓަލޯނިއާގެ ލީޑަރު

ކެޓަލޯނިއާގެ ކުރީގެ ލީޑަރު ސްޕޭނަށް ފޮނުވާލަން ނިންމައިފި

  • އެ ނިންމުން އިސްތިއުނާފު ކުރުމަށް ހުށަހަޅާނެ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 13 ޖުލައި 2018 | ހުކުރު 07:17 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖްޑެމޮންޓް -- ރޮއިޓަރސް

ސްޕެއިން ހައްޔަރު ކުރަން އަމުރު ނެރެފައިވާ ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖްޑެމޮންޓް، ސްޕޭނަށް ފޮނުވާލުމުގެ ހުއްދަ ދޭން ޖަރުމަނުގެ ކޯޓަކުން ބުރާސްފަތި ދުވަހު ނިންމައިފިއެވެ.

ސްޕޭންގެ ބެލުމުގެ ދަށުގައިވާ ކެޓަލޯނިއާގެ މިނިވަންކަން މިދިޔަ އަހަރު ޕުއިޖްޑެމޮންޓް އިއުލާން ކުރެއްވުމުން، ސްޕޭންގެ ސަރުކާރު ހިތްހަމަނުޖެހި އޭނާއާ ދެކޮޅަށް ފިޔަވަޅުތައް އަޅައި ހައްޔަރު ކޮށްފާނެ ކަމުގެ ބިރު ހީވުމުން ވަނީ ބެލްޖިއަމުން ސިޔާސީ ހިމާޔާތް ހޯއްދަވައި އެގައުމަށް ވަޑައިގެންފައެވެ. ނަމަވެސް މި އަހަރު މާޗު މަހު އޭނާ ވަނީ ޑެންމާކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ވަޑައިގަންނަވަނިކޮށް ޖަރުމަނުގެ އުތުރު ހިސާބަކުން ހައްޔަރު ކޮށްފައެވެ.

ޖަރުމަނުގެ އުތުރުގެ ޝްލެސްވިގް-ހޯލްސްޓެއިންގެ ކޯޓަކުން ޕުއިޖްޑެމޮންޓް ސްޕޭނަށް ފޮނުވާލުމުގެ ހުއްދަ ދިނީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް އެ ގައުމުން ހައްޔަރު ކުރަން ނެރެފައިވާ އަމުރުގައި ވާތީއެވެ. އަދި އެ އަމުރުގައި ކެޓަލޯނިއާގެ މިނިވަންކަން އިއުލާންކުރި މައްސަލަ ހިމެނިފައެއް ނުވެއެވެ.

ޕުއިޖްޑެމޮންޓްގެ ގާނޫނީ ޓީމުން ބުނީ އަމުރު އިސްތިއުނާފް ކުރުމަށް ހުށަހަޅާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް