14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

މީދޫ ފަރުގޮއްވުން

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

  • މީދޫ ނެރުން ބައެއް ގޮއްވާލާފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 21 ޖެނުއަރީ 2017 | ހޮނިހިރު 15:49 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  6. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  7. ވެލެޒިނީ ހައްޔަރު ކޮށްފި
  8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


މީދޫ ފަރުގޮއްވުން -- ޓްވިޓަރ

އައްޑޫ ސިޓީ މީދޫ ފަރު ގޮއްވި ސަރަހައްދުގެ އެންވަޔަރމެންޓް އެސެސްމެންޓް ހެދުމައްޓަކައި އެރަށުގައި އެންވަޔަރމެންޓަލް ޕްރޮޓެކްޝަން އޭޖެންސީން ހަރަކާތްތެރިވާން ފަށައިފި އެވެ.

 

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމު ވިދާޅުވީ، މީދޫގައި ބޮން ގޮއްވި މައްސަލަގައި ލިބުނު ގެއްލުން ދެނެގަތުމައްޓަކައި އެރަށަށް އޯޕީއޭގެ ޓީމުން ގޮސްފައިވަނީ މީގެ ދެ ދުވަސް ކުރިން ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ އެ ސަރަހައްދަށް ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

 

ޑައިނަމައިޓް ބޭނުންކޮށްގެން އައްޑޫ ސިޓީ މީދޫގެ ފަރުގޮއްވާފައިވަނީ، 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

މީދޫގެ ފަރުގޮއްވި މައްސަލަ އާއި ގުޅިގެން ގިނަ ބަޔަކު އޭރު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެރަށުގެ ނެރު ކެނޑުމަށް ބޮން ގޮއްވުމަށް ހުއްދަދީފައިވަނީ އިތުރު ގޮތެއް ނެތުމުން ކަމަށާއި މީދޫ ފަރުން ގޮއްވާލަނީ އެސަރަހައްދުގެ ޖުމްލަ ފަރުގެ ސަރަހައްދަށް ބަލާއިރު ވަރަށް ކުޑަ މިންވަރެއް ކަމަށް ވެސް އީޕީއޭ އިން ނެރުނު ބަޔާނެއްގާ ވެއެވެ.

 

 ރާއްޖޭގައި ފަރު ގޮއްވުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގާ ހުއްޓާލާފައި ވަނީ ފަރުގޮއްވުމުން ބޮޑެތި ގެއްލުންތަކެއް ލިބި އެކަމަށް ބޮޑު ހޭދައެއް ކުރަންޖެހުނު ހިސާބުންނެވެ. އައްޑޫ ސިޓީގެ މީދޫ ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ސެނެކޯ ޓްރޭޑް ކޮމްބައިން ކުންފުންޏާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް