25 ސެޕްޓެންބަރ 2018 | އަންގާރަ | 06 އަތަ
15 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

މޫދަށް އެރިއުޅުނު ދެ ފަތުރުވެރ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

  • ތުޅާގިރި އާއި ބަރޮސް ކަރިން ދެ ހަށިގަނޑު ފެނުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 7.00 އާއި 8.00 ދެމެދުގެ ވަގުތެއްގައި
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 21 ޖެނުއަރީ 2017 | ހޮނިހިރު 15:45 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި


ޓުއަރިސްޓުންގެ ހަށިގަނޑު -- ރާއްޖެއެމްވީ

މާލެ އަތޮޅު މީރުފެންފުށި ކައިރިއަށް މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން ދަނިކޮށް ތުޅާގިރި އާއި ބަރޮސް ކައިރިން ދެ ހަށިގަނޑު ފެނިއްޖެ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ތުޅާގިރި އާއި ބަރޮސް ކަރިން ދެ ހަށިގަނޑު ފެނުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 7.00 އާއި 8.00 ދެމެދުގެ ވަގުތެއްގައި ކަމަށެވެ.

މިދެ ހަށިގަނޑަކީ މާލެ އަތޮޅު މީރުފެން ފުށި ކައިރިއަށް މޫދަށް އެރި އުޅުނު ދެ ފަތުރުވެރިން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެ އެވެ. މި ދެ މީހުންގެ ހަށިގަނޑި މިހާރު ވަނީ މާލެ ގެނެސް މޯޗަރީ އަށް ލާފައެވެ.

މީރު ފެންފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ގޮސް އުޅެނިކޮށް ޚަބަރެއް ނުވެގެން ހޯދަމުން ދިޔައީ އުމުރުން 30 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެއް ކަމަށް މައުލޫމާތު ލިބެ އެވެ.

މިއަދު ފެނުނު ދެ ހަށިގަނޑަކީ މިދެ ފަތުރުވެރިންގެ ހަށިގަނޑު ކަމެއް ފުލުހުން ޔަގީންކޮށް ނުދޭ އިރު މިއަދު ފެނުނު ދެ ހަށިގަނޑަކީ ވެސް އަންހެނަކާއި ފިރިހެނެއްގެ ހަށިގަނޑު ކަމަށް ފުލުހުން ބުނެ އެވެ. އެ ދެ ހަށިގަނޑު ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް