17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

އުތުރު ކޮރެއާ-އެމެރިކާ

ކޮރެއާ ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ ހަށިތައް ގައުމަށް ފޮނުވުމާ ބެހޭ މަޝްވަރާއަކަށް އުުތުރު ކޮރެއާ އިން ހާޒިރެއް ނުވި

  • ޖޫން މަހު އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިންގެ ބައްދަލުވުމުގައި އުތުރު ކޮރެއާގެ ލީޑަރު ވަނީ އެމެރިކާ ސިފައިންގެ ހަށިތައް ގައުމަށް ފޮނުވާނެ ކަމަށް ވިދާޅުވެފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 12 ޖުލައި 2018 | ބުރާސްފަތި 19:34 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އަދި އުުތުުރު ކޮރެއާގެ ލީޑަރު ކިމް -- ބީބީސީ

ދެކޮރެއާގެ ދެމެދުގައި 1950-1953 ވަަނަ އަހަރަށް ކުރެވުނު "ކޮރެއާ ހަނގުރާމަ" އިގައި މަރުވި އެމެރިކާ ސިފައިން ގައުމަށް އެނބުރި ފޮނުވުމާ ގުޅޭގޮތުން ދެކޮރެއާ ބޯޑަރު ސަރަހައްދުގައި އެމެރިކާ އާއި އުތުރު ކޮރެއާގެ އޮފިޝަލުން ބާއްވަން ހަމަޖެހުނު ބައްދަލުވުމަށް ބުރާސްފަތި ދުވަހު އުތުރު ކޮރެއާގެ އޮފިޝަލުން ހާޒިރުވެފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. 

ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބޭއްވި ބައްދަލުވުމުގައި އުތުރު ކޮރެއާގެ ލީޑަރު ވަނީ "ކޮރެއާ ހަނގުރާމަ" އިގައި މަރުވެ ދިޔަ އެމެރިކާގެ ސިފައިން ގައުމަށް ފޮނުވުމަށް އެއްބަސްވެވަޑައިގެންފައެވެ. ދާދިފަހުން އުތުރު ކޮރެއާ އަށް ވަޑައިގެންނެވި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ "ކޮރެއާ ހަނގުރާމަ" އިގައި މަރުވެ ދިޔަ އެމެރިކާގެ ސިފައިން ގައުމަށް ފޮނުވުމާ ބެހޭގޮތުން އެމެރިކާ އާއި އުތުރު ކޮރެއާގެ އޮފިޝަލުން މަޝްވަރާ ކުރައްވަން ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. 

ނަންހާމަނުކުރުމަށް ޝަރުތުކޮށް އެމެރިކާގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ދެކޮރެއާ ބޯޑަރު ސަރަހައްދުގައި އެމެރިކާ އާއި އުތުރު ކޮރެއާގެ އޮފިޝަލުން ބާއްވަން ހަމަޖެހުނު ބައްދަލުވުމަށް އުތުރު ކޮރެއާގެ އަސްކަރިއްޔާގެ އޮފިޝަލުން ވަޑައިނުގަންނަވާ ކަމަށެވެ. 

"ކޮރެއާ ހަނގުރާމަ" އިގައި މަރުވި ބައެއް އެމެރިކާ ސިފައިންގެ ހަށިގަނޑު އުުތުރު ކޮރެއާ އިން ވޭތުވެދިޔަ އަހަރުތަކުގައި ހަވާލު ކޮށްފައިވެއެވެ. "ކޮރެއާ ހަނގުރާމަ" އިގައި މަރުވި 5300 އެމެރިކާ ރައްޔިތުންގެ ހަށިގަނޑަށް ވީގޮތެއް އަދި ނޭނގެއެވެ.

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު، އެމެރިކާ އާއި އަދި ބައިނަލްއަގްވާމީ މުޖުތަމައު އިން އަޅާފައި ވެއެވެ. އެމެރިކާ އިން ތަކުރާރުކޮށް ބުނަމުން ދަނީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާއަށާއި އަދި މުޅި ދުނިޔެ އަށް ވެސް ހުރި ބިރެއް ކަމަށެވެ. އުތުުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް ބާރުއެޅުމުގެ ގޮތުން ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަނީ ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުވުން ބޭއްވުމަށް އެންމެ ބޮޑަށް ޑިޕްލޮމަސީ ކުރިއަށް ނެރެ މަސައްކަތް ކޮށްދިން ގައުމަކީ ދެކުނު ކޮރެއާއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް