14 ނޮވެންބަރު 2018 | ބުދަ | 02 ނޮރަ
06 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:51
ފަތިސް 04:36

ރިޔާސީ ރޭސް 2018

ހާލަތު ބަދަލުވަނީ

 • ސަރުކާރުގެ ސިޔާސަތު ދީލާލައިފައި އޮތް ދިމާލަކީ ސީދާ އިސްލާހާ ދެކޮޅު ދިމާލެއް
 • ބަދަލަށް މިހާރު ވެސް އުންމީދު ކުރަނީ ހަމައެކަނި އެމްޑީޕީ މެމްބަރުންނެއް ނޫން
 • ގައުމީ އެއްބައިވަންތަ ސަރުކާރެއް އުފައްދާ އިރު އެ ސަރުކާރުގެ ވެރިޔަކީ އެންމެން ގޮވައިގެން ނިކުންނަވާ ނަތީޖާ ނެރެވޭނެ ފަދަ ބޭފުޅަކަށް ވާން ޖެހޭ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 12 ޖުލައި 2018 | ބުރާސްފަތި 19:15 | |

މަގުބޫލް

 1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
 2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
 3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
 4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
 5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
 6. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 7. ވެލެޒިނީ ހައްޔަރު ކޮށްފި
 8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް -- ފޮޓޯ: މުހައްމަދު ޝަރުހާން

މި ރާއްޖެ މިވަނީ ބަދަލަކަށް މިސްރާބު ޖަހާފައެވެ. ރާއްޖެއަށް އިސްލާހީ ބަދަލު ގެނައުމަށް މަސައްކަތް ކުރި އެތައް ބަޔަކު މިއަދު ކުރާނެ އުއްމީދަކީ މި ވެރިކަން ގާނޫނީ އިމުގެ ތެރެއިން ނިމުމަކަށް އައުމެވެ.  ސަރުކާރުގެ ސިޔާސަތު ދީލާލައިފައި އޮތް ދިމާލަކީ ސީދާ އިސްލާހާ ދެކޮޅު ދިމާލެކެވެ.

1994 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގައި އިންނެވި އިބްރާހިމް މުހައްމަދު ސޯލިހް އަކީ ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ. އެމަނިކުފާނު އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލު ކުރެވުނު އިރު ކޯލިޝަނުން ނިންމައިފައިވަނީ ކޯލިޝަނުން ރިޔާސީ ކެނޑިޑޭޓްއަކަށް ނެރޭނީ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ޓިކެޓް ލިބޭ މީހެއް ކަމަށެވެ.

އިބޫގެ ފަހަތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރަން އޮތް ދަތުރު މުޅިން އަމާން ކަމަކަށް ދެކިގެން ނުވާނެއެވެ. މިސަރުކާރު ބަލިވެ އިނދަޖެހިގެންދާ ވަގުތެއް އަތުވެއްޖެނަމަ ސަރުކާރު މަޑުން ބަލަހައްޓައިގެން އޮވެދާނެ ކަމަށް ބުއްދި ގަބޫލު ނުކުރާ އިންސާނުން މަދެއް ނޫނެވެ. ވޭތުވެދިޔަ މާޒީން ވަނީ އެމަންޒަރު ކިތަންމެ ފަހަރަކު ތަކުރާރުވެގެން ގޮސްފައެވެ.

2015 ވަނަ އަހަރުގެ މޭޑޭގައި މާލޭގައި އޮތް ބޮޑު އެއްވުން އިންތިޒާމް ކުރެވިގެން ދިޔަ އިރު އެމްޑީޕީ އިން އެންމެ އިސް ސަފުގައި ހުންނެވި ބޭފުޅަކީ އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅުފަރާތްތަކާ ގުޅިފައިވާ މެމްބަރުންގެ އަދަދު 45 އެރިއިރު އެމްޑީޕީގެ ފަރާތުން އެކޯލިޝަން ތަމްސީލު ކުރެއްވީ އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް މައުމޫނާއި ޝެއިހް އިމްރާނާ އަދި ގާސިމް އިބުރާހިމް ފަދަ އެތައް ލީޑަރުންނެއް ގުޅިގެން ކުރެއްވި އިސްލާހީ މަސައްކަތްތައް ވިލަރެސް ކުރެއްވުމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުރު ވަރަށް ބޮޑެވެ.

2015 ވަނަ އަހަރުގެ މޭޑޭ އަށް ބަލާލުމުން މަންޒަރު ސާފެވެ. ރައްޔިތުންގެ މަޖިލީހުގެ 45 މެމްބަރުން މަޖިލީހުގެ ރައީސް މަގާމުން ދުރުކުރަން އުޅުމުން ކަންހިނގާ ދިޔަ ގޮތް ސާފެވެ. ސްޕްރީމް ކޯޓުން އަމުރެއް ނެރުމުން ކަން ހިނގާދިޔަ ގޮތް ވެސް ސާފުނުންތޯއެވެ.

މިއަދު އިންތިހާބަކުން ގައުމަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭ އިރު ނުވަތަ ގައުމީ އެއްބައިވަންތަ ސަރުކާރެއް އުފައްދާ އިރު އެ ސަރުކާރުގެ ވެރިޔަކީ އެންމެން ގޮވައިގެން ނިކުންނަވާ ނަތީޖާ ނެރެވޭނެ ފަދަ ބޭފުޅަކަށް ވުމަކީ ބަދަލު އައުމުގެ ކޮޅުމައްޗެވެ. ބަދަލަށް މިހާރު ވެސް އުންމީދު ކުރަނީ ހަމައެކަނި އެމްޑީޕީ މެމްބަރުންނެއް ޖުމްހޫރީޕާޓީގެ މެމްބަރުންނެއް ނޫނެވެ. އަދި އަދާލަތުޕާޓީގެ މެމްބަރުންނެއް ވެސް ނޫނެވެ. މުޅިގައުމެވެ. ދިވެހިރައްޔިތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Ma

4 މަސް ކުރިން

Vaane kkbk

0
1