20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ކަސްޓަމްސް ތަފާސް ހިސާބު

ޖޫން މަހު އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަށް 223 މިލިއަން ރުފިޔާ ލިބިފައިވޭ: ކަސްޓަމްސް

  • މިދިޔަ އަހަރުގެ ޖޫން މަހު ދިވެހިރާއްޖެއަށް 2.89 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވޭ
  • ދިވެހިރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތައް
ސިމާހާ ނަސީމް | sim_kamana

| 12 ޖުލައި 2018 | ބުރާސްފަތި 19:11 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ


އެމްޕީއެލް މުދާ ކްލިއަރ ކުރާ ސަރަހައްދު -- ފޮޓޯ: މުހައްމަދު ޝަރުހާން

މި އަހަރުގެ ޖޫން މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 223 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި 2017 ވަނަ އަހަރުގެ ޖޫން މަހު ދައުލަތަށް ލިބިފައިވަނީ 215 މިލިއަން ރުފިޔާ އެވެ. ފާއިތުވި ޖޫން މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 23 އިންސައްތަ ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ޖޫން މަހު ދިވެހިރާއްޖެއަށް 2.89 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު މި އަހަރުގެ ޖޫން މަހު އެ އަދަދު 3.55 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

އިމްޕޯޓް ކުރި މުދަލުގެ އަގުގެގޮތުން 24 އިންސައްތަ ޔޫ.އޭ.އީ އިން އިމްޕޯޓް ކޮށްފައިވާއިރު، ޗައިނާ އިން 15 އިންސައްތަ އަދި ސިންގަޕޫރުން 10 އިންސައްތަ މުދާ ވަނީ އެތެރެ ކޮށްފައެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރުގެ ޖޫން މަހާއި އަޅާބަލާއިރު ހުސްވި ޖޫން މަހު %4 އިތުރުވެފައެވެ.

އަދި، ފާއިތުވި ޖޫން މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު 2017 ޖޫން މަހާ އަޅާބަލާއިރު 46 އިންސައްތަ ވަނީ އިތުރުވެފައެވެ. 2017 ވަނަ އަހަރުގެ ޖޫން މަހު 422 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވާއިރު، 2018 ވަނަ އަހަރުގެ ޖޫން މަހު އެކްސްޕޯޓް ކުރި މުދަލުގެ މިންވަރު ވަނީ 616 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

ދިވެހިރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތައް ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެގޮތުން މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ 27 އިންސައްތަ ޖަރުމަންވިލާތަށް އެކްސްޕޯޓް ކޮށްފައިވާއިރު، އެމެރިކާ އާއި ފަރަންސޭސްވިލާތް އަދި ތައިލެންޑަށް 11 އިންސައްތަ އެކްސްޕޯޓް ކޮށްފައިވެއެވެ. މީގެ އިތުރުން ސުވިޒަލެންޑަށް 8 އިންސައްތައިގެ މުދާ ވަނީ އެކްސްޕޯޓް ކޮށްފައެވެ.

މި އަހަރުގެ މާރޗް މަހު ރާއްޖެ އަށް އެތެރެކުރި 4.59 ބިލިއަން ރުފިޔާގެ މުދަލުގެ ބޮޑު ބައެއް އެތެރެކޮށްފައިވަނީ ޗައިނާ އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް