21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

އެމްއެންޑީއެފުން އެހީތެރިކަން

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

  • ހަލަވެލި ރިސޯޓުން ފުރައިގެން ކ.ތިލަފުއްޓަށް ދަތުރުކުރަމުންދިޔަ ދޯންޏެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 21 ޖެނުއަރީ 2017 | ހޮނިހިރު 15:43 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


އަލިފާނުގެ ހާދިސާ -- ޓްވިޓަރ

ހަލަވެލި ރިސޯޓުން ފުރައިގެން ކ.ތިލަފުއްޓަށް ދަތުރުކުރަމުންދިޔަ ދޯންޏެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ "ރޭވަ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްގައި ކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން މައުލޫމާތު ދެއެވެ.

މިއަދު ގާތްގަނޑަކަށް 09:00 ހާއިރު މިހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރަ އެންޑް ރެސްކިއު ޓީމުން އެސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީފުން ބުނެ އެވެ.

މިހާދިސާގައި ރޯވެފައި ވަނީ ދޯނީގެ އިންޖީނު ރޫމުގައި ކަމަށާއި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މިހާދިސާގައި ދޯނީގެ އިންޖީނު ރޫމާ ދިމާލުން އެކިވަރުގެ ގެއްލުން ލިބިފައިވާއިރު މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.

ރޭވަ ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ދޯނީގެ އިންޖީނު ރޫމުގައި ހެދިފައިވާ ދިޔަގަނޑު ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އާއި ފަޔަރމަނުންގެ ޓީމުން ވަނީ ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް