| 12 ޖުލައި 2018 | ބުރާސްފަތި 17:50 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ދުނިޔޭގައި ކުޅެވޭ އެންމެ ޝަރަފުވެރި އެއް ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ ވިމްބަލްޑަންގެ ސެމީ ފައިނަލުން ރަފައޭލް ނަޑާލް އަދި ނޮވާކް ޖޮކޮވިޗް ޖާގަ ހޯދިއިރު ރޯޖާ ފެޑެރާ މުބާރާތުން ކަޓައިފިއެވެ.
މި މުބާރާތް ދެ ފަހަރު ކާމިޔާބު ކޮށްފައިވާ ނަޑާލް ސެމީއަށް ދަތުރުކުރީ ތިން ސެޓު ދެ ސެޓުން އާޖެންޓީނާގެ ހުއާނާ މާޓިން ޑެލްޕޮޓްރޯ ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 7-5 އިން ނަޑާލް ގެންދިޔައިރު ދެވަނަ ސެޓާއި ތިންވަނަ ސެޓު 7-6 އަދި 6-4 އިން ގެންދިޔައީ ޑެލްޕޮޓްރޯއެވެ. އެހެން ނަމަވެސް ނަޑާލް ވަނީ ފަހުން ކުޅުނު ދެ ސެޓު 6-4 އަދި 6-4 އިން ގެންގޮސް މެޗު ކާމިޔާބު ކޮށްފައެވެ. މިއީ 2011 ވަނަ އަހަރުގެ ފަހުން މި މުބާރާތުގެ ސެމީ ފައިނަލުން ނަޑާލް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ ސެމީއިން ޖޮކޮވިޗް ޖާގަ ހޯދީ ޖަޕާންގެ ކެއި ނިޝިކޯރީ ތިން ސެޓު އެއް ސެޓުން ބަލި ކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-3 އިން ޖޮކޮވިޗް ގެންދިޔައިރު ދެވަނަ ސެޓު 6-3 އިން ގެންދިޔައީ ނިޝިކޯރީއެވެ. އެހެން ނަމަވެސް ފަހުން ކުޅުނު ދެ ސެޓު 6-2 އަދި 6-2 އިން ގެންގޮސް ނިޝިކޯރީ ވަނީ މެޗު ކާމިޔާބު ކޮށްފައެވެ.
މި މުބާރާތް ރެކޯޑް އަށް ފަހަރު ކާމިޔާބުކޮށްފައިވާ ފެޑެރާ ސެމީއަށް ނުގޮސް ކުއާޓާއިން ކެޓީ ދެކުނު އެފްރިކާގެ ކެވިން އެންޑަސަން އަތުން ތިން ސެޓު ދެ ސެޓުން ބަލިވުމުންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު 6-2 އަދި 7-6 އިން ފެޑެރާ ގެންދިޔަ ނަމަވެސް އެންޑަސަން ވަނީ ފަހުން ކުޅުނު ތިން ސެޓު 7-5، 6-4 އަދި 13-11 އިން ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ.
މި ކުޅުންތެރިންގެ އިތުރުން ސެމީއިން ޖާގަ ހޯދާފައިވަނީ އެމެރިކާގެ ޖޯން އިސްނާއެވެ. އޭނާ ސެމީއަށް ދަތުރު ކުރީ ކުއާޓާގައި މިލޯސް ރައޯނިޗް ބަލިކޮށްގެންނެވެ.
ފުރަތަމަ ސެމީގައި ނަޑާލް ނުކުންނާނީ ޖޮކޮވިޗްއާ ދެކޮޅަށެވެ. ހަމައެހެންމެ ދެވަނަ ސެމީގައި އެންޑަސަން ނުކުންނާނީ އިސްނާ އާއި ދެކޮޅަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް