18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ދަނޑުވެރިކަމުގެ ބާވަތްތައް

ފާއިތުވި ހަފްތާގައި އަތޮޅުތަކުން އެންމެ ގިނައިން މާލެ ގެނެސްފައިވަނީ ފަޅޮލާއި ކުރުނބާ!

  • އެންމެ ގިނައިން ދަނޑުވެރިކަމުގެ ބާވަތްތައް ގެނެސްފައިވަނީ އއ އަތޮޅުން
ސިމާހާ ނަސީމް | sim_kamana

| 12 ޖުލައި 2018 | ބުރާސްފަތި 16:56 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ކުރުނބާ -- ފޮޓޯ: މުހައްމަދު ޝަރުހާން

ފާއިތުވި ހަފްތާގައި އެންމެ ގިނައިން މާލެ އަށް ގެނެސްފައިވަނީ ފަޅޮލާއި ކުރުނބާ ކަމަށް  މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހަށް އަތޮޅުތަކުން މާލޭގެ މާރުކޭޓަށް ގެނައި ދަނޑުވެރިކަމުގެ މައިގަނޑު ބާވަތްތަކުގެ ތެރެއިން 10 ޓަނުގެ ކުރުނބާ ގެނެސްފައިވާއިރު 10,000 އަށްވުރެ ގިނަ ކިލޯ ފަޅޯ ވަނީ އަތޮޅު ތެރެއިން ގެނެސްފައެވެ.   

އަތޮޅުތަކުން ކާށި، ފަތްކެޔޮ، ޗައިނީސް ކެބެޖް، އަދި ތޮރާ 1,000 ކިލޯއަށް ވުރެ ގިނައިން މާލެ ގެނެސްފައިވާއިރު ބިލަތާއި ޗިޗަންޑާގެ 1,000 ކިލޯ ވަނީ ގެނެސްފައެވެ. އަދި މިދިޔަ ހަފްތާގައި ބަރަބޯ ވަނީ 100 އަށް ކިލޯ އަށްވުރެން ގިނައިން ވަނީ މާލެ ގެނެސްފައެވެ.

މީގެ އިތުރުން 900 ކިލޯގެ ކިއުކަންބާ ގެނެސްފައިވާއިރު 100 ކިލޯގެ ބަށި  ވެސް ވަނީ މާލެ ގެނެސްފައެވެ.

އެންމެ މަދުން ގެނަސްފައިވަނީ ފާގައެވެ. އެގޮތުން އަތޮޅުތަކުން 10 ކިލޯ ފާގަ ވަނީ ގެނެސްފައެވެ.

ފާއިތުވި ހަފްތާގައި އަތޮޅުތަކުން ދަނޑުވެރިކަމުން އުފެއްދި ތަކެތި މާލޭގެ މާރުކޭޓަށް ގެނެސްފައިވާ ނިސްބަތް ކިލޯ އިން ބަލާއިރު އެންމެ ގިނައިން ދަނޑުވެރިކަމުގެ ބާވަތްތައް ގެނެސްފައިވަނީ އއ އަތޮޅުންނެވެ. އެ އަތޮޅުން 57 އިންސައްތައިގެ ބާވަތްތައް ގެނެސްފައިވާއިރު ޏ އަތޮޅުން ވަނީ 26 އިންސައްތަ ގެނެސްފައެވެ.

އަދި ލ އަތޮޅުން 15 އިންސައްތަ ގެނެސްފައިވާއިރު ބ އަތޮޅުން ގެނެސްފައިވަނީ 21 އިންސައްތައިގެ ދަނޑުވެރިކަމުގެ ބާވަތްތަކެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް