15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ކައުންސިލް އިންތިޚާބް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

 • ކައުންސިލްގެ ހަތަރު ގޮނޑި ޕީޕީއެމްއަށް ދޫކޮށްލުމަށް އެދިލެއްވުން
 • ވަޒީފާގެ ބޭނުމުގައި ކައުންސިލަށް ކުރިމަތިލާ ކުދިންނަށް ވަޒީފާ ހޯދައިދެއްވާނެ
 • ކައުންސިލަރުން ހޮވަން އުޅެފި ނަމަ އެކަން ކާމިޔާބު ނުވާނެ
ލީވާން އަލީ | MrLeevaan

| 21 ޖެނުއަރީ 2017 | ހޮނިހިރު 15:28 | |

މަގުބޫލް

 1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
 3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
 5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
 6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
 7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް -- ގޫގުލް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ތ. ތިމަރަފުށީ ކައުންސިލް މެންބަރު ކަމަށް ކުރިމަތިލާ އެހެން ޕާޓީތަކުގެ މެންބަރުން ޕީޕީއެމްއަށް ގޮނޑި ދޫކޮށްލެއްވުމަށް ތިމަރަފުށީ ދައިރާގެ ކުރީގެ މެންބަރު އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން ތިމަރަފުށީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ވަނީ ކައުންސިލް އިންތިހާބުގެ ގޮނޑި ޕީޕީއެމްއަށް ދޫކޮށްލުމަށް އެދިލައްވާފައެވެ. ވަޒީފާގެ ބޭނުމުގައި ކައުންސިލަށް ކުރިމަތިލާ ކުދިންނަށް ވަޒީފާ ހޯދައިދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިހާރުން މިހާރަށް ވެސް ދަންނަވާލަފާނަން އަމިއްލަ ގޮތުން ނުވަތަ އެމްޑީޕީން ކައުންސިލަށް ކުރިމަތި ލައްވަނީ ވަޒީފާގެ ބޭނުމުގައި ވެއްޖިއްޔާއި އަޅުގަނޑު މިހުރީ އެމީހުނަށް ވަޒީފާ ހޯދައިދޭން ތައްޔާރަށް" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސަރުކާރުގެ ފަރާތުން ކޮށްދޭ ކަންކަން އެމްޑީޕީގެ ކައުންސިލަރަކަށް ނުވަތަ އަމިއްލަ ގޮތުން ކުރިމަތިލާ ކައުންސިލަރަކަށް ސަރުކާރާއެކީގައި ވާހަކަ ދައްކައިގެން ނުކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ތިމަރަފުށީގެ  ކުރިއެރުމަށް މަންފާއެއް ލިބޭނީ ޕީޕީއެމްގެ ކައުންސިލަރުން ހޮވިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި  ޕީޕީޢެމްއަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ ތިމަރަރަފުށީގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ސްޓްރަކްޗަރ އަށް ބަދަލު ގެންނާނެ ކަމުގެ އިންޒާރު ވެސް ޝަރީފް ދެއްވިއެވެ.

މުއައްސަސާތަކުގެ އިސް ފަރާތްތަކާއި މުވައްޒަފުން އިޚްލާސްތެރިކަމާ އެކު ޕާޓީއަށް މަސައްކަތް ކޮށްގެން ކައުންސިލަރުން ހޮވަން އުޅެފި ނަމަ އެކަން ކާމިޔާބު ނުވާނެ އެއްވެސް ގޮތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް