19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ދުނިޔޭގެ ރެކޯޑް

އެންމެ ނިޔަފަތި ދިގު މީހާ ނިޔަފަތި ކަނޑައިފި

  • ނިޔަފަތި ދިގުކުރަންފެށީ 14 އަހަރުގައި
  • އެންމެ ދިގުކޮށްފައިވަނީ ބޮޑުވައިއިނގިލި
އަބުދުﷲ މުހައްމަދު | 8Abbo

| 12 ޖުލައި 2018 | ބުރާސްފަތި 15:21 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ޝްރިދާރް ޗިލާލް 66 އަހަރު ވަންދެން ދިގުކުރި ނިޔަފަތި ކަނޑާލުމަށްފަހުވަނީ ނިއުޔޯކްގެ ދާރުލް އާސާރަކާ ހަވާލުކޮށްފައި -- ދި ގާޑިއަން

ޝްރިދާރް ޗިލާލް 66 އަހަރު ވަންދެން ދިގުކުރި ނިޔަފަތި ކަނޑާލުމަށް ފަހު ނިއުޔޯކްގެ ދާރުލް އާސާރަކާ ހަވާލު ކޮށްފިއެވެ.

އެ މުއްދަތުގެ ތެރޭގައި އޭނާގެ ނިޔަފަތިވަނީ އާއްމުކޮށް ލަންޑަނުގެ މަގުތަކުގައި ދުއްވާ ބަހެއްގެ ދިގުމިނަށް ދިގުވެފައެވެ.

އެހާ ދުވަސްވަންދެން ދިގުކުރި ނިޔަފަތި ކަނޑާލުމަށް ހޭދަވެފައިވަނީ މަދު މިނެޓް ކޮޅެކެވެ.

އިންޑިއާގެ ޕޫނޭގެ ރައްޔިތެއްކަމަށްވާ ޝްރިދާރަކީ އެއްއަތުގެ އިނގިލިތަކުގެ ނިޔަފަތި އެންމެ ދިގު މީހެއްގެ ގޮތުގައި ގިނިސް ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ ފަރާތެވެ.

ޝްރިދާރްގެ ނިޔަފަތި ކެނޑުމަށް ރަސްމިއްޔާތެއް ބާއްވާފައިވާއިރު  އޭނާގެ ނިޔަފަތި ކަނޑާފައިވަނީ މޫނުގައި މާސްކް ވެސް އަޅައިގެން ހުރި ޓެކްނީޝަނަކު ކަރަންޓް ހަތިޔާރު ބޭނުން ކޮށްގެންނެވެ.

ނިޔަފަތި ކެނޑުމަށް ބޭއްވި ރަސްމިއްޔާތު އޮތީ ރިޕްލޭސް ބިލީވް އިޓް އޯ ނޮޓް މިއުޒިއަމްގައެވެ

އުމުރުން 82 އަހަރުގެ ޝްރިދާރް އޭނާގެ ވާތުގެ އިނގިލިތަކުގެ ނިޔަފަތި ދިގުކުރަން ފަށާފައިވަނީ އުމުރުން 14 އަހަރުން ފެށިގެންނެނެވެ. އެކަމަށް އޭނާގެ ޝައުގުވެރިކަން އުފެދުނީ އޭނާގެ މުދައްރިސެއްގެ އަތުގައި ދިގުކޮށްފައި އިން ނިޔަފައްޗެއް އޮޅުމަކުން އޭނާގެ އަތުން ބިނދުމުން ނިޔަފަތި ދިގުކުރުމަށް ޓީޗަރު އެދުމުންނެވެ.

ޝްރިދާރްގެ ނިޔަފަތި އެންމެ ފަހުން މިންއެޅިއިރު ހުރިހާ ނަޔަފައްޗެއް އެއްކޮށް 29 ފޫޓް 10 އިންޗި ހުރިއިރު އެއީ ލަންޑަން ބަހަކާއި އެއްވަރު ދިގުމިނެކެވެ. އެންމެ ދިގުވެފައިވަނީ އޭނާގެ ބޮޑުވައި އިނގިލީގެ ނިޔަފައްޗެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް