17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

ލޯކަލް ކައުންސިލް

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

  • ކައުންސިލަރުންގެ މުސާރަ ކުޑަކޮށް ބިރު ދައްކަމުންދިއުން
  • މިގައުމުގައި ކޮރަޕްޝަނާއި، އަނިޔާވެރިކަމާއި، ބިރުދެއްކުން އިންތިހާއަށް ގޮސްފައި
  • މިއަދުގެ ސަރުކާރަށް ފިސާރި ކެރިގެން ސާފު ޖަވާބެއް ދޭންޖެހޭ
ލީވާން އަލީ | MrLeevaan

| 21 ޖެނުއަރީ 2017 | ހޮނިހިރު 15:22 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު -- ސަން

މިއަދު މި ރާއްޖޭގައި އޮތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން ކަމަށާއި މި ސަރުކާރުން ފަރިތަވާނީ ލޯކަނު ކައުންސިލަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ރ. ދުވާހަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ދާއިރާތަކެއްގައި ހުރި ކައުންސިލްތައް ލޯކަނުކޮށް ލިބިފައިވާ ބާރުތައް ކޮށާލަން ކަމަށެވެ.އަދި ކައުންސިލަރުންގެ މުސާރަ ކުޑަކޮށް ބިރު ދައްކަމުންދާކަން ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

ޝާހިދު ވިދާޅުވީ މިގައުމުގައި ކޮރަޕްޝަނާއި، އަނިޔާވެރިކަމާއި، ބިރުދެއްކުން އިންތިހާއަށް ގޮސްފައިވާ ކަމަށާއި އެބޭފުޅަކު ބޭނުންވާ ކަމެއް ބޭނުންވެކައްވާ ގޮތަކަށް ކޮށް ސަރުކާރުގެ މަތިއަޅުވައިގެން ތިބުން މިވަނީ އާންމު ކަމަކަށްވެފައި ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ވަރިހަމަ ކޮށްލައިގެން ތިބެވޭކަން ނެތް. އަޅުގަނޑުމެނަންނަކަށް ނެތް ހުރިހާ ކަމެއް މިދަނީ އޯކޭކޮށްނޭ ބުނެލައިގެން ތިބެވޭކަށް. އޯކޭއެއް ނޫން ކަންތައްތައް ދާލެއް،" ޝާހިދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން މިއަދު ނިކުމެ ތިބީ އެކަންތައްތައް ވަރިހަމައެއް ނޫނޭ ބުނަންވެގެން ނޫން ކަމަށާއި މިއަދުގެ ސަރުކާރަށް ފިސާރި ކެރިގެން ސާފު ޖަވާބެއް ދޭންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެޖަވާބުގައި އޮންނަން ޖެހޭނީ ރާއްޖެގައި މިއަދު މި އޮތް ސަރުކާރު ގަބޫލު ނުކުރާ ކަމަށާއި ރައީސް ޔާމީނަށް އިތުރު ފުރުސަތެއް ދޭން ޖެހޭ ކަމަށް ގަބޫލު ނުކޮށް ޕީޕީއެމްއަށް ބޮޑުތަނުން ނޫނެކޭ ބުނުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ދޭ ޖަވާބުގައި އޮންނަން ޖެހޭނީ ކުރު އިބާރާތުން އަޅުގަނޑުމެން ބަލެއެއް ނުގަންނަމޭ ވަގު ސަރުކާރެއް އަޅުގަނދުމެން ގަބޫލެއް ނުކުރަމޭ ކޮރަޕްޝަނެއް، އަޅުގަނމެން ގަބޫލެއް ނުކުރަމޭ އަނިޔާވެރިކަމެއް.  އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ އަބްދުﷲ ޔާމީނަށް އިތުރަށް އެއްވެސް ފުރުސަތެއް ދޭންޖެހޭކަމެއް. އެހެން ކަމުން ޕީޕީއެމްއަށް ބޮޑުތަނުން ނޫނެކޭ،" ޝާހިދު ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވައްކަމާއި ކޮރަޕްޝަންގެ ތުހްމަތު ގިނަ ބަޔަކު ކުރަމުންދާއިރު، އެ މައްސަލަތައް ތަހްގީގެއް ކުރިއަށް ނުދެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް