23 ފެބުރުއަރީ 2019 | ހޮނިހިރު | 10 ހިޔަވިހާ
18 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އެމްޑީޕީ

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

  • އުއްމީދާއި އެކުގައި މަސައްކަތް އެކުރެވެނީ ޕާޓީގެ ވިންދެއް ހުރީތީވެ
  • ލާމަރުކަޒީ ރާއްޖެއަށް އެމްޑީޕީން ފަރިތަ ކޮށްދޭނެ
  • އެމްޑީޕީން ހިންގާ ހަރަކާތްތަކަކީ އިންތިޚާބް ހޯދަންކުރާ މަސައްކަތްތަކެއް
ލީވާން އަލީ | MrLeevaan

| 21 ޖެނުއަރީ 2017 | ހޮނިހިރު 15:19 | |

މަގުބޫލް

  1. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  2. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  3. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  4. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  5. ފީފާއިން ވިކްޓްރީގެ ތިން ޕޮއިންޓް ކަނޑާލައިފި
  6. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  7. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި
  8. މަންތާ އެއަރއަށް އުދުހުމުގެ ހުއްދަ ދީފި


އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް -- މިހާރު

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް ކޮންމެ މަސައްކަތެއްގައި އުޅުނު ނަމަވެސް އެމްޑީޕީގެ މެންބަރުންގެ ވިސްނުމާއި ފިކުރާއި ޕާޓީގެ މެންބަރުންގެ އުއްމީދު ކަސިޔާރު ނުވާނެ ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ އުއްމީދާއި އެކުގައި މަސައްކަތް އެކުރެވެނީ ޕާޓީގެ ވިންދެއް ހުރީތީވެ ކަމށެވ. އަދި އެ ވިންދަކީ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

ލާމަރުކަޒީ ނިޒާމުގެ ހަގީގީ މޭސްތިރިއަކީ ވެސް ރައީސް ނަޝީދުކަން ފާހަގަ ކުރައްވާ ޝިފާޒް ވިދާޅުވީ މިއަދު ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން އެކަމަކަށްޓަކައި ވަކާލާތު ކުރަމުންދާ ލާމަރުކަޒީ ރާއްޖެއަށް އެމްޑީޕީން ފަރިތަ ކޮށްދޭނެ ކަމަށެވެ.

މިހިނގާ ޖެނުއަރީ މަހުގެ 14 ގައި ބޭއްވުމަށް ފުރަތަމަ ކަނޑައެޅި ލޯކަލް ކައުންސިލް އިންތިހާބު  އަދި ނުލިބޭ ކަމަށާއި އެމްޑީޕީން ހިންގާ ހަރަކާތްތަކަކީ އިންތިޚާބް ހޯދަންކުރާ މަސައްކަތްތަކެއް ކަމަށް ޝިފާޒް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި ކިތެންމެ ވަރަކަށް ގާނޫނުތަކުގައި ބަޔާންކޮށްފައި އޮތްކަމުގައިވީ މަނަވެސް އެއިން އެއްޗެއް އަޅުގަނޑުމެންނަކަށް ނުލިބޭ،  އަޅުގަނޑުމެން އެ އެއްޗެއް ހޯދަން ކުރާ މަސައްކަތަކުން ނޫނީ. އެގޮތުން މި އިންތިޚާބަކީ އަޅުގަނޑުމެން ހޯދަން ޖެހޭ އިންތިޚާބެއް" ޝިފާޒް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުން ލާމަރުކަޒީ ނިޒާމްގެ މަތިން ފޫހިކުރުމުގެ ބޭނުމުގައި އެތައް އެތައް މަސައްކަތްތަކެއް ރައީސް ޔާމީންކުރެއްވިކަން ފާހަގަކޮށް ޝިފާޒް ވިދާޅުވީ ކައުންސިލްތަކުގެ ބާރު ނިގުޅައިގަނެ ކައުންސިލަރުންގެ އަދަދު މަދުކޮށް ކައުންސިލަރުންގެ މުސާރަ ކުޑަކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު އިންތިޚާބަށް ކުރިމަތިވި ވަގުތު އެކިއެކި ނުފޫޒްތައް ބޭނުންކޮށްގެން އިންތިޚާބްގެ ތާރީހްތައް ބަދަލުކުރަމުންދާކަމަށް ޝިފާޒް ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީގެ ކެންޑިޑޭޓުން ނިކުތީ ރައީސް ޔާމީންގެ ސަރުކާރަކީ ވައްކަމާ ފަސާދައާއި ކޮރަޕްޝަންގެ ސަރުކާރެއްކަން އެނގި ތިބެ ކަމަށް އޭނާ ވިދާޅުވި އެވެ

ޝިފާޒް ވިދާޅުވީ އެމްޑީއަށް ލާ ވޯޓަކީ ރައީސް ޔާމީންގެ ވައްކަމާއި ފަސާދައާއި ކޮރަޕްޝަންގެ ސަރުކާރު ބަދަލުކުރެވި، ލާމަރުކަޒީ ރާއްޖެއެއް ކަށަވަރުކުރެވި، ރާއްޖޭގެ ރައްޔިތުންނަށް އެރައްޔިތުންގެ ބާރުވެރިކަން ކަށަވަރު ކުރެވި، ރައްޔިތުންގެ އުއްމީދު ކަމުގައިވާ އެމްޑީގެ ވެރިކަމެއްގައި ރައީސްގެ ގޮތުގައި ރައީސް ނަޝީދު ފެނިގެންދާނެ ވޯޓަކަށް ވެގެން ދާނެ ކަމަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް