14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:51
ފަތިސް 04:36

ޑީސީ ކޮމިކްސް

ބެޓްމޭންގެ ދުޝްމަން 'ޖޯކަރ'ގެ އޮރިޖިން ފިލްމަށް އުއަކީން ފީނިކްސް!

 • ފިލްމް ޑައިރެކްޓް ކުރުމުގެ އިތުރުން ސްކްރިޕްޓް ލިޔަން ހަމަޖެހިފައިވަނީ "ދަ ހޭންގްއޯވަރ"ގެ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ޓޮޑް ފިލިޕްސް
 • ބްރަދަރސްއިން ކުރިން ރިލީޒް ކުރި "ސުއިސައިޑް ސްކުއޮޑް"ގައި ޖޯކަރގެ ރޯލުން ފެނިގެންދަނީ މަޝްހޫރު ފިލްމީ ތަރި އަދި ލަވަކިޔުންތެރިޔާ ޖެރަޑް ލެޓޯ
 • ބެޓްމޭންގެ އެންމެ ވަރުގަދަ ދުޝްމަންގެ ގޮތުގައި ފެންން ޖޯކަރގެ ރޯލު ގިނަ ތަރިންތަކެއް ވަނީ ކުޅެފައި
އައިޝަތު ޝާނީ | Shaaknee

| 12 ޖުލައި 2018 | ބުރާސްފަތި 10:04 | |

މަގުބޫލް

 1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
 2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
 3. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
 4. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
 5. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
 6. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
 7. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
 8. ރައީސް ޔާމީނާއި ވަޒީރުން ޖުމްޙޫރީ ދުވަހުގެ ޖަލްސާގައި ބައިވެރިވަޑައިނުގަތުމުން ރައީސް މައުމޫން ފާޑުވިދާޅުވެއްޖެ


އުއަކީން ފީނިކްސްގެ ޖޯކަރ ފިލްމްގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހު -- ޝަޓާ ސްޓޮކް

ޑީސީ ކޮމިކްސްގައި ބެޓްމޭންގެ އެންމެ ވަރުގަދަ ދުޝްމަން ކަމަށްވާ ޖޯކަރގެ އޮރިޖިން ފިލްމެއް ހަދަން ވޯނަރ ބްރަދަރސް އިން ނިންމާފައިވާ އިރު، ޖޯކަރގެ ރޯލަށް މަޝްހޫރު ފިލްމީ ތަރި އުއަކީން ފީނިކްސް ސޮއިކޮށްފިއެވެ.

މި ފިލްމަށް އަދި ނަމެއް ދީފައި ނުވާއިރު ފިލްމްގެ ޝޫޓިންގ ފަށަން ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހެވެ.

ފިލްމް ޑައިރެކްޓްކުރުމުގެ އިތުރުން ސްކްރިޕްޓް ލިޔަން ހަމަޖެހިފައި ވަނީ "ދަ ހޭންގްއޯވަރ"ގެ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ޓޮޑް ފިލިޕްސްއެވެ.

ޖޯކަރގެ އަމިއްލަ ފިލްމަށް އުއަކީން، 43، ސޮއިކޮށްފައިވާ އިރު، ވޯނަރ ބްރަދަރސް އިން ކުރިން ރިލީޒްކުރި "ސުއިސައިޑް ސްކުއޮޑް"ގައި ޖޯކަރގެ ރޯލުން ފެނިގެންގޮސްފައި ވަނީ މަޝްހޫރު ފިލްމީ ތަރި އަދި ލަވަކިޔުންތެރިޔާ ޖެރަޑް ލެޓޯއެވެ. އެހެންކަމުން ޖޯކަރގެ އޮރިޖިން ފިލްމްގައި އުޅޭނީ އޭނާ ކަމަށް ކުރިން ބެލެވުނެވެ.

ޖެރެޑް ލެޓޯގެ ޖޯކަރގެ ފިލްމްތައް ވެސް ކުރިއަށްދާނެ ކަމަށް ރިޕޯޓްތައް ބުނާއިރު، އުއަކީންގެ ޖޯކަރ ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ޑީސީގެ އެހެން ލޭބަލްއަކުންނެވެ.

މި ފިލްމް ހެދުމަށް 55 މިލިއަން ޑޮލަރުގެ ބަޖެޓެއް އެ ސްޓޫޑިއޯއިން ދީފައިވާ އިރު، މިއީ މިފަދަ ސުޕަރހީރޯ ފިލްމްތަކަށް އާންމުކޮށް ލިބޭ ބަޖެޓަށް ވުރެ އެތައް މިލިއަން ޑޮލަރު ދަށް އަދަދެކެވެ.

ފިލްމް ރިލީޒް ކުރާނެ ދުވަހެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

"ދަ ގްލޭޑިއޭޓަރ"، "ހަރ" އަދި "ވޯކް ދަ ލައިން" ފަދަ ފިލްމްތަކުގެ މައި ރޯލުން ފެނިގެންދާ އުއަކީންއަށް އޭނާގެ ފިލްމީ ހަޔާތުގައި ގިނަ އެވޯޑްތަކެއް ލިބިފައި ވެއެވެ. އޭގެ ތެރޭގައި ގްރެމީ އެވޯޑާއި، ގޯލްޑަން ގްލޯބާއި ކޭންސް ފިލްމް ފެސްޓިވަލް އެވޯޑް ހިމެނެއެވެ. މީގެ އިތުރުން، އޭނާ ވަނީ ތިން ފަހަރު މަތިން އޮސްކާ އަދި ބްރިޓިޝް ފިލްމް އެވޯޑަށް ނޮމިނޭޓް ވެފައެވެ.

ބެޓްމޭން ކޮމިކެއް ފުރަތަމަ ނެރެފައި ވަނީ އޭޕްރީލް 1940 ގައެވެ. އަދި ހަމަ އެ ކޮމިކްގައި ނުބައިބައި ރޯލުން ޖޯކަރ ތައާރަފް ވެގެންދެއެވެ.

އިސްތަށިގަނޑުގައި ފެހި ކުލައް ޖައްސާފައި، ރަތް ލިޕްސްޓިކުން މޫނު މަތީގައި ހިނިތުންވުމެއް ކުރަހާފައި ހުންނަ ޖޯކަރގެ ރޯލުން ގިނަ ތަރިންތަކެއް ކުޅެފައިވެއެވެ. އޭގެ ތެރޭގައި 2008 ވަނަ އަހަރު މަރުވި ހީތު ލެޖަރ ވެސް ހިމެނެއެވެ.

"ދަ ޑާކް ނައިޓް"ގައި ޖޯކަރގެ ރޯލުން ފެންނަ ލެޖަރ މަރުވެފައި ވަނީ އެ ފިލްމްގެ ޝޫޓިންގ ނިމުނުތާ މަސްތަކެއް ފަހުންނެވެ. އަދި އޭނާ މަރުވުމަށް ފަހު އެ އަހަރު ކުރިއަށްދިޔަ އޮސްކާ ނުވަތަ އެކަޑަމީ އެވޯޑްސްގައި "ދަ ޑާކް ނައިޓް"ގައި އޭނާ ކުޅެފައިވާ ރޯލަށް 'ބެސްޓް އެކްޓަރ އިން އަ ސަޕޯޓިންގ ރޯލް' އެވޯޑް ލެޖަރއަށް ލިބިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް