12 ނޮވެންބަރު 2018 | ހޯމަ | 13 ވިހާ
04 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:13
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

ފިނޭންސް މިނިސްޓްރީ

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

  • 200 މިލިޔަން ޑޮލަރުގެ ބޮންޑް ވިއްކުމަށް ވަނީ ނިންމާފައި
ސަހުބާން ފަހުމީ | sahubaan

| 21 ޖެނުއަރީ 2017 | ހޮނިހިރު 15:17 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. ސޯލާ ޕެނަލްތަކާއެކު އައްޑޫ ހައި ސްކޫލްގެ ކަރަންޓް ބިލް 7،000 ރުފިޔާއަށް ކުޑަވެއްޖެ!
  8. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި


ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވިއްކުމަށް ނިންމާފައިވާ 200 މިލިޔަން ޑޮލަރުގެ ސޮވަރިން ބޮންޑްގެ ވިޔަފާރީގެ މުއާމަލާތުގައި އެހީތެރިވެދޭނެ ބޭންކެއްގެ ގޮތުގައި ޖަރުމަންގެ ޑޮއިޗޭ ބޭންކް ހަމަޖެއްސުމަށް ނިންމައިފިއެވެ.

 

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 200 މިލިޔަން ޑޮލަރުގެ ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭ ބޭންކެއްގެ ގޮތުގައި ޖަރުމަނުވިލާތުގެ ޑޮއިޗޭ ބޭންކް ހަމަޖައްސަވާފައި ވާކަމަށެވެ.

 

 ބަޔާނުގައި ބުނެފައިވާ ގޮތުގައި ޑޮއިޗޭ ބޭންކް ހަމަޖެއްސީ، މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 21 ވަނަ ދުވަހު ސޮވަރިން ބޮންޑް ވިއްކުމަށްޓަކައި ލީޑް މެނޭޖަރ ނުވަތަ ބުކްރަނާސްގެ ދައުރު އަދާކުރުމަށް ހުޅުވާލި ފުރުޞަތުގައި އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅީ އެ ބޭންކުން ކަމަށް ވާތީއެވެ. ފިނޭންސް މިނިސްޓްރީން ހުޅުވާލެއްވި ފުރުސަތުގައި 9 ބޭންކަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

 

މީގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޖަރުމަނުވިލާތުގެ ޑޮއިޗޭ ބޭންކުން، މީގެ ކުރިން ވެސް އެކި ޤައުމުތަކުގައި ބުކްރަނާސް ނުވަތަ އެހީތެރިއެއްގެ ދައުރު އަދާކޮށްފައި ވެއެވެ. މީގެ ތެރޭގައި އަވައްޓެރި ސްރީލަންކާއިން 1.5 ބިލިއަން ޑޮލަރުގެ ބޮންޑް ބައިނަލްއަޤްވާމީ ބާޒާރުގައި ވިއްކިއިރު، ބުކްރަނާސްގެ ދައުރު އަދާކޮށްފައިވަނީ ޑޮއިޗޭ ބޭންކުން ކަމަށްކަން ފާހަގަ ކޮށްފައި ވެއެވެ. އަދި ސައުދީ އަރަބިއްޔާ، އާޖެންޓީނާއިން ބައިނަލްއަޤްވާމީ ބާޒާރަށް އަމާޒްކޮށް ފަނަރަ މިލިއަން ޑޮލަރުގެ ބޮންޑް ވިއްކިއިރު، ބުކްރަނާސްގެ ދައުރުއަދާކޮށްފައި ވަނީ ވެސް ޑޮއިޗޭ ބޭންކުންކަން ފާހަގަކޮށްލެވެއެވެ.

 

ސޮވަރިން ބޮންޑް ވިއްކުމަށް ފިނޭންސް މިނިސްޓްރީން އެންމެ ފުރަތަމަ ކުރި އިއުލާނުގައި ބުނެފައި ވަނީ 2017 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވާ ފަދައިން ފުރަތަމަ ފަހަރަށް ރާއްޖެއިން، ބޭރުގެ ސްޓޮކް މާކެޓަށް ބޮންޑެއް ވިއްކުމަށްޓަކައި ކަނޑައަޅާ ލީޑް މެނޭޖާސް އަށް ވުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ. އަދި މިދިޔަ ދުވަސްތަކުގައި އެފަދަ ދައުރެއް އަދާކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ވެއެވެ.

އެ މިނިސްޓްރީން ބުނީ އެ ބޮންޑަކީ ފަސް އަހަރު ދުވަހުގެ ތެރޭ އަނބުރާ ދައްކަން ޖެހޭ ބޮންޑެއް ކަމަށެވެ. އަދި އެ ފައިސް ބޭނުންކުރާނީ ބަޖެޓު ކުރެވިފައިވާ އުމްރާނީ މަޝްރޫއުތަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ،

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް