16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ފުރަތަމަ ފަހަރަށް ކްރޮއޭޝިއާ ފައިނަލަށް

  • މި މެޗުން ކްރޮއޭޝިއާ މޮޅުވީ 2-1 އިން
  • މިއީ އެޓީމުގެ ތާރީހުގައި ވެސް ކުޅޭނެ އެންމެ ފުރަތަމަ ފައިނަލް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 12 ޖުލައި 2018 | ބުރާސްފަތި 02:17 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި


ކްރޮއޭޝިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފީފާ

ފީފާ ވާރލްޑް ކަޕްގެ ދެވަނަ ސެމީ ފައިނަލުގައި އިނގިރޭސިވިލާތާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖެހި ލަނޑާއެކު ފުރަތަމަ ފަހަރަށް ވާރލްޑް ކަޕެއްގެ ފައިނަލުން ކްރޮއޭޝިއާ ޖާގަ ހޯދައިފިއެވެ.

މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަހަތުން އަރައި ކްރޮއޭޝިއާ އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ ވާރލްޑް ކަޕެއްގައި މި ދެ ޓީމުގެ މެދުގައި ކުޅެވުނު ފުރަތަމަ މެޗަށްވާ އިރު މިއީ އިނގިރޭސިވިލާތް ވާރލްޑް ކަޕެއްގެ ސެމީ ފައިނަލުގައި ކުޅުނު ތިންވަނަ ފަހަރެވެ. ހަމައެހެންމެ މިއީ ކްރޮއޭޝިއާ އިން ސެމީގައި ކުޅުނު ދެވަނަ ފަހަރެވެ. ކްރޮއޭޝިއާގެ ފުރަތަމަ އެގާރައިން އެއް ބަދަލު ފެނިގެންދިޔައިރު އިނގިރޭސިވިލާތުގެ ފުރަތަމަ އެގާރައިން އެއްވެސް ބަދަލެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

ފުރަތަމަ ހާފު ފެށިގެން ފަސް މިނެޓު ނުވަނީސް އިނގިރޭސިވިލާތުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ކްރޮއޭޝިއާގެ ގޯލު ކުރިމަތިން އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އެޓީމަށް ލީޑު ނަގައިދިނީ ކިއެރަން ޓްރިޕިއަރއެވެ. މި ލަނޑާ އެކު ކްރޮއޭޝިއާ އިން ކުޅުން ރަނގަޅުކޮށް ހަމަލާ އުފެއްދުމަށް މަސައްކަތްކޮށްފައިވެއެވެ. އެގޮތުން އެޓީމުގެ އިވާން ޕެރިސިޗް އަދި އެންޓޭ ރެބިޗްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. 

އިނގިރޭސިވިލާތުން ވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 29 ވަނަ މިނެޓުގައި ހެރީ ކޭން ފޮނުވާލި ހަމަލާއެއް ވަނީ ކްރޮއޭޝިއާގެ ގޯލުގެ ދަނޑީގައި ޖެހުމަށް ފަހު ބޭރަށް ގޮސްފައެވެ. އޭގެ ފަހުން ކްރޮއޭޝިއާ އިން ފޮނުވާލި ހަމަލާއެއް އިނގިރޭސިވިލާތުގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފައެވެ. 

އެއް ލަނޑުގެ ލީޑެއްގައި އޮވެ އިނގިރޭސިވިލާތުން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ކްރޮއޭޝިއާ އިން ވަނީ ކުޅުން ވަރުގަދަކޮށް އިނގިރޭސި ޑިފެންސަށް ބާރުބޮޑުކޮށްފައެވެ. ކްރޮއޭޝިއާ އިން ކުރިމަތިކުރުވަމުން ދިޔަ ޕްރެޝަރުތަކުގެ ސަބަބުން އިނގިރޭސި ޑިފެންޑަރާއި ކީޕަރުގެ ފަރާތުން ގޯސްތަކެއް ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 68 ވަނަ މިނެޓުގައި ކްރޮއޭޝިއާ އިން ވަނީ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އިވާން ޕެރިސިޗްއެވެ. އޭގެ މިނެޓެއް ފަހުން އޭނާ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. 

ފުރިހަމަ ވަގުތު ހަމަވިއިރު ވެސް ދެ ޓީމުން ކުރެ ޓީމަކަށް ނަތީޖާ ނެރެވިފައިނުވުމާ އެކު ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކްރޮއޭޝިއާ އިން ވަނީ ލަނޑު ޖަހާފައެވެ. މި ލަނޑު މެޗުގެ 109 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ މާރިއޯ މަންޒުކިޗްއެވެ. 

މިއީ ކްރޮއޭޝިއާގެ ތާރީހުގައި ވެސް ވާރލްޑް ކަޕްގެ ފައިނަލްގައި އެޓީމު ކުޅޭނެ ފުރަތަމަ ފަހަރެވެ. މި މެޗުން ބަލިވި ނަމަވެސް ތިންވަނަ ހޮވާ މެޗުގައި އަންނަ ހޮނހިރު ދުވަހުގެ ރޭ ބެލްޖިއަމްއާ ދެކޮޅަށް އިނގިރޭސިވިލާތް ނުކުންނާނެއެވެ. 

ވާރލްޑް ކަޕްގެ ފައިނަލުގައި ކްރޮއޭޝިއާ އަދި ފްރާންސް ކުޅޭ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތާ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް