19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

ޓާޓާ ފްލެޓް

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

  • ފްލެޓް ދޫކޮށްލާނެކަން އެއްވެސް ފަރާތަކުން އަންގާފައެއް ނެތް
ސަހުބާން ފަހުމީ | sahubaan

| 21 ޖެނުއަރީ 2017 | ހޮނިހިރު 15:12 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  6. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު


ޓާޓާ ފްލެޓް -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ގާކޮށްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓް ލިބުނު މީހުންގެ ތެރެއިން ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވެގެންދާނީ ބޭންކްތަކުން ހަދަމުންދާ ފައިނޭޝަން ސްކްރީނިން ނިމުމުން ކަމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

 

ހުޅުމާލޭގައި "ހިޔާވަހި ހައުސިން" ޔުނިޓްތައް އެޅުމަށް އަމީން ކޮންސްޓްރަކްޝަންސްއާ އެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ގާކޮށްޓާއި އަރަބީއްޔާ ހުރި ބިމުގައި ޓާޓާ ކުންފުނިން އަޅާފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން ފްލެޓަށް ދައްކަން ޖެހޭ ޑައުންޕޭމެންޓް ނުދެއްކޭނެ ކަން އަދި އެއްވެސް ފަރާތަކުން އަންގާގައި ނުވާ ކަމަށެވެ. އަދި ފްލެޓަށް ފައިސާ ދެއްކޭނެ ފަރާތްކާ ނުދެއްކޭނެ ފަރާތްތައް ވެސް މުޅިން ސާފްވެގެން ދާނީ ފްލެޓް ލިބުނު މީހުންގެ ފައިނޭޝަން ސްކްރީނިން ހަދާ ނިމުމުން ކަމަށް ސައިމަން ވިދާޅުވިއެވެ.

 

ރާއްޖެއެމްވީ އަށް މީގެ ކުރިން ދިން އިންޓަވިއެއްގައި ސައިމަން ވިދާޅުވެފައި ވަނީ ފްލެޓަށް ފައިސާ ދެއްކުމަށް ލޯނު ލިބޭ ފަރާތްތަކާއި ނުލިބޭ ފަރާތްތައް ވަކި ކުރަން ބޭންކުތަކާ ގުޅިގެން ފައިނޭންޝިއަލް ސްކްރީނިންއެއް ހަދަމުން އަންނަ ކަމަށާއި، ނަތީޖާ ލިބުމުން ލޯނު ހަމަނުޖެހޭ ފަރާތްތަކަށް ފައިސާ ދެއްކެން ހުރި އިތުރު ފުރުސަތުތައް ބަލައި އެޗްޑީސީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

 

ސައިމަން ވިދާޅުވީ ފްލެޓަށް ޑައުން ޕޭމަންޓާއި ދެ މިލިޔަން ރުފިޔާ އެއްކޮށް ދައްކާނެ މީހުން އެބަތިބި ކަމަށާއި އެހެން ކަމުން ސްކްރީނިންގ ހަދަން ނިންމާފައިވަނީ އެ ފަރާތްތައް ވަކިކޮށް، ފްލެޓަށް ފައިސާ ދެއްކުމަށް އިތުރު ގޮތްތަކެއް ހޯދައިދޭންޖެހޭ ފަރާތްތައް ތިބިތޯ ބަލައި އެ ފަރާތްތައް ދެނެގަތުމަށް ކަމަށެވެ.

 

ސޯޝަލް ހައުސިން ފްލެޓްތަކާ އަޅާ ބަލާއިރު ޓާޓަ ފްލެޓް ގަންނަން ދާ ހަރަދު ބޮޑު ކަމަށް ފްލެޓް ލިބުނު ފަރާތްތަކުން ބުނަމުންދާތީ އެކަމަާ ގުޅިގެން ރާއްޖެއެމްވީން ސުވާލު ކުރުމުން ސައިމަން ވިދާޅުވީ އެހެން ފްލެޓްތަކަށް ވުރެ ޓާޓާ ފްލެޓްތަކުގެ އަގު ވަކި ބޮޑު ނުވާނެ ކަމަށާއި އެޗްޑީސީ ފްލެޓްތައް ވިއްކަނީ ވިޔަފާރީގެ އުސޫލުން ކަމަަށެވެ. އަދި ފްލެޓް ގަތުމަށްދާ ހަރަދު ބޮޑުތޯ ނުވަތަ ނޫންތޯއާ މެދު އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް ސައިމަން ވިދާޅުވިއެވެ.

 

ގާކޮށްޓާއި، ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި ހަދާފައިވާ ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމައި، އެތަނުގައި ހުރި ރީޓެއިލް ފިހާރަތައް ފިޔަވާ، އެހެން ހުރިހާ ފްލެޓްތަކެއް އިންޑިޔާގެ ޓާޓާ ކުންފުނިން ދިވެހި ސަރުކާރާއި ޙަވާލުކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އަރަބިއްޔާ ހުރި އިމާރާތުގައި ނުވަދިހަ އެޕާޓްމަންޓް އަދި ގާކޮށި ހުރި އިމާރާތުގައި ސަތޭކަ ނުވަދިހަ އަށް އެޕާޓްމަންޓް ހިމެނެއެވެ. މިއިން ކޮންމެ އެޕާޓްމަންޓެއް ވެސް ހަދާފައިވަނީ 3 ކޮޓަރި އާއި، 2 ފާޚަނާއާއި އަދި އެޓޭޗްކުރެވިފައިވާ ބަދިގެއެއް ހިމެނޭހެނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އިސްމާއިލް ރިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް