19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ލަންކާ މަސް ބޯޓް

ހާލުގައި ޖެހިފައިވަނިކޮށް ސަލަމާތްވި ލަންކާ މަސްވެރިން މާލެ ގެނެސްފި

 • ދަތުރު ކުރި ބޯޓު އޮޔާދާތީ، ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަނީ
 • ހަތް ފަޅުވެރިން އެ ބޯޓުގައި ތިބި
 • އެ ބޯޓު ފެނުނީ ވިލިނގިލީ ބޭރުން މސްވެރިންތަކަކަށް
ޙުސައިން ޙަސަން | hucenhassan

| 11 ޖުލައި 2018 | ބުދަ 21:19 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
 3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
 4. ޕްރިޔަންކާ އިނީ ބަލިވެ؟
 5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
 6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
 7. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
 8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ލަންކާ މަސްވެރިން ކޯސްޓްގާޑުގައި މާލެ ގެނައުން -- އެމްއެންޑީއެފް

ހާލުގައި ޖެހިފައި ވަނިކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނުނު ސްރީލަންކާގެ މަސް ބޯޓުގެ ފަޅުވެރިން އެމްއެންޑީއެފްގެ ކޯސްޓުގާޑުން މާލެ ގެނެސްފިއެވެ.

ހަތް މީހުންނާ އެކު ހާލުގައި ޖެހިފައި ވަނިކޮށް ސްރީލަންކާގެ މަސް ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނުނީ މިދިޔަ އަންގާރަ ދުވަހު ރާއްޖޭގެ މަސްވެރިންތަކަކަށެވެ. ގއ. ވިލިނގިއްޔާ 43 މޭލު ބޭރުން ހާލުގައި ޖެހިފައި ވަނިކޮށް ފެނުނު ބޯޓުގައި ތިބި މީހުން ސަލާމަތްކޮށްގެން، ގެންގޮސްފައި ވަނީ ގދ. ތިނަދޫއަށެވެ. އެ އަށް ފަހު ކޯސްޓުގާޑުން ވަނީ އެ މީހުން ބުދަ ދުވަހުގެ އިރުއޮއްސުނު ވަގުތު މާލެ ގެނެސްފައެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ލަންކާ ބޯޓު ހާލުގައި ޖެހިފައި ވަނިކޮށް ދިވެހި މަސްވެރިންތަކަށް ފެނިގެން ފެނާއި ކާބޯތަކެތި އެ ދޯންޏަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

"ރާއްޖޭގެ މަސް ދޯންޏަށް އެ މީހުން ފެނުމާއެކު ހާލުގައި ޖެހިފައި ތިބި ބޯޓާ ކައިރިކޮށް، ފެނާއި ކާބޯތަކެތި އެ ބޯޓަށް ވަނީ ފޯރުކޯށްދީފައި. މިއީ ރިވެތި މިސާލެއް،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ލަންކާ ބޯޓު ހާލުގައި ޖެހުނީ އެ ބޯޓުގެ އިންޖީނުގެ ބެޓެރީ ފެއިލްވެގެން ކަމަށެވެ. އެ ބޯޓު ކަނޑުމަތީގައި ހާލުގައި ޖެހުނީ ކޮން ދުވަހަކުން ފެށިގެން ކަމެއް އެމްއެންޑީއެފަކުން ނުބުނެއެވެ.

އާޒިމް ވިދާޅުވީ ހާލުގައި ޖެހުނު މީހުން މާލެ ގެނެސްފައިވާއިރު، އެ މީހުން ދަތުރު ކުރި ބޯޓު މާލެ ގެނެސްފައެއް ނުވެއެވެ. އެ ބޯޓު އޮޔާ ދާތީވެ، ބޯޓުގެ ވެރިފަރާތުން ރާއްޖޭގެ އެޖެންޓަކާ ގުޅިގެން ބޯޓު ރާއްޖޭގެ ރަށަކަށް ބަނދަރު ކުރުމުގެ މަސަައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް