14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ރިޔާސީ ރޭސް 2018

އަބްދުއްރަހީމް ދީނީ ފަތުވާ ދޭތީ އަނާރާ ކަންބޮޑުވުން ފާޅުކޮށްފި

  • އަބްދުއްރަޙީމް ގެއްދަވަނީ އިންތިހާބާއި އިސްލާމްދީނާއި ގުޅުވައި ތަފާތު ވާހަކަތައް ދައްކަވަމުން
  • އިދިކޮޅު ކޯލިޝަން އަބްދުއްރަހީމް ސިފަ ކުރައްވަނީ ރާއްޖެއަށް ބާތިލު ދީންތައް ތާޢާރަފްކުރުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި
  • އަނާރާ ވަނީ މި ނޫން ދުނިޔެއެއް އޮތްކަން އަބްދުއްރަހީމްއަށް އިހުސާސް ކުރެވޭތޯ ސުވާލު އުފައްދާފަ
މުހަންމަދު ވިސާމް | sampathmasiw

| 11 ޖުލައި 2018 | ބުދަ 20:53 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  4. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  5. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  6. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  7. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  8. ރައީސް ޔާމީނާއި ވަޒީރުން ޖުމްޙޫރީ ދުވަހުގެ ޖަލްސާގައި ބައިވެރިވަޑައިނުގަތުމުން ރައީސް މައުމޫން ފާޑުވިދާޅުވެއްޖެ


މަކުނުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަނާރާ ނަޢީމް -- ފޮޓޯ: މުހައްމަދު ފަޒީން

ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ދީނީ ފަތުވާ ދެއްވަމުންގެންދަވާތީ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނަޢީމް ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދޭ ވޯޓަކީ މާތް ވެގެންވާ އިސްލާމް ދީނާ މިރާއްޖޭގެ މިނިވަންކަމާ ދެކޮޅަށްދޭ ވޯޓެއް ކަމަށް މެމްބަރު އަބްދުއްރަހީމް ވިދާޅުވުން، ބުދު ދުވަހު އަދާލަތު ޕާޓީއަށް ނިސްބަތްވާ އަނާރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެމްޕީ އަދުރޭ ދީނީ ފަތުވާދެމުންދާތީ" ކަންބޮޑުވާ ކަމަށެވެ.

އަބްދުއްރަހީމް ގެއްދަވަނީ ފާޅުކަން ބޮޑު ގޮތެއްގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި އިސްލާމްދީނާއި ގުޅުވައި ތަފާތު ވާހަކަތައް ދައްކަވަމުންނެވެ. މ. މުލަކުގައި ވާހަކަ ދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވި ގޮތުގައި މާތްވެގެންވާ އިސްލާމް ދީނުގެ ހިޔާވަހިކަމުގެ ދަށުގައި ރާއްޖެ ބާއްވަން ބޭނުންވާނަމަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވޯޓު ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ. މިކަންކަމަށް އިޝާރަތްކޮށް އަނާރާ ކަންބޮޑުވުން ފާޅުކުރެއްވުމުން އަބްދުއްރަހީމް ވަނީ ރައްދު ދެއްވާ ޓްވީޓް ކުރައްވާފައެވެ.

އަނާރާއަށް ރައްދު ދެއްވާ އަބްދުއްރަހީމް ބުދަ ދުވަހު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާ އަށް ހަޖޫ ޖަހާ އަދި ދިވެހި ރާއްޖެއަށް ބާތިލު ދީންތައް ތާޢާރަފްކުރުމަށް މަސައްކަތް ކުރާ ބަޔަކަށް ވާގިވެރިވެ، އެފަދަ ބަޔަކާއި އެކު އަނާރާ މަސައްކަތް ކުރައްވާތީ ހިތާމަ ކުރައްވާކަމަށެވެ. އަބްދުއްރަހީމް އިޝާރާތް ކުރެއްވީ އެމްޑީޕީ ވެސް ހިމެނޭގޮތަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ނަމުގައި ހަދާފައިވާ ކޯލިޝަނަށް ކަމަށެވެ.

މީގެ އިތުރުން އަދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިހާބު ކުރީ ރައްޔިތުންގެ ހައްގުގައި ވަކާލާތުނުކޮށް މުސާރަ ނަގަން ނޫން ކަމަށެވެ. އަނާރާ މަގާމުގެ ގާނޫނީ ޒިންމާ އަދާނުކޮށް މާގާމުންގެ މުސާރަ ނެގުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްތޯ ވެސް އަބްދުއްރަހީމް ވަނީ ސުވާލު އުފައްދަވާފައެވެ.

މި ކަމާއި ގުޅިގެން އަނާރާ ކުރެއްވި ޓްވީޓެއްގައި ވަނޯ ރައްޔިތުންގެ ޙައްގުތަކަށް އުނިކަން އަންނަ ގޮތަށް ބޭއިންސާފުން، ރައްޔިތުންނާއި މެދު ބާރުގެ ބޭނުންކޮށްގެން ކަންކަން ކުރުމަށް މަގުފައިވާގޮތަށް ގާނޫނު ހެދުމުން "އޯކޭ"ތޯ ސުވާލު އުފައްދަވާފައެވެ. އަދި އެހެން ދުނިޔެއެއްވެސް އޮތްކަން އަބްދުއްރަހީމްއަށް އިހުސާސް ކުރެވޭތޯ ވެސް ސުވާލު އުފައްދާފައެވެ.

ރިޔާސީ އިންތިހާބާއި އިސްލާމް ދީނާ ގުޅުވައި އަބްދުއްރަހީމާއި ޕީޕީއެމްގެ ބައެއް މެމްބަރުން ވާހަކަ ދައްކާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ކަންކަމާއި ގުޅިގެން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ދީނޭ ކިޔައިގެން ވާހަކަ ދެއްކިނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާއި ކޮރަޕްޝަން އޮއްބާ ނުލެވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް