19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ ވައުދުތައް

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްކަށް 5000ރ. ދޭން އަނާރާ ހުށަހެޅުއްވުމުން ބިލް ބޭރުކުރީ ރައީސް ޔާމީން އަންގަވައިގެން: ލަތީފް

  • އެބިލް އަނާރާ ހުށަހަޅުއްވާފައި ވަނީ 2014 ވަނަ އަހަރު
  • މަޖިލީހަށް އެބިލް ބަލައިގަނެ، ދެ އަހަރު ވަންދެން ކޮމެޓީގައި ބޭއްވި
  • ކޮމެޓީގައި އެބިލް ދިރާސާކޮށް ނިންމާފައި ވަނިކޮށް، މަޖިލީހުން އެބިލް ވަނީ ބޭރުކޮށްލާފައި
މުހައްމަދު ފަޒީން | phaxyn

| 11 ޖުލައި 2018 | ބުދަ 20:36 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝަރުހާން

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް 5,000ރ ދިނުމަށް މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު ހުށަހެޅުއްވުމުން އެބިލް މަޖިލީހުން ބޭރުކުރުމަށް ރައީސް އަބްދުﷲ ޔާމީން އެންގެވި ކަމަށް އޭރު ސަރުކާރު ހިންގާ ޕީޕީއެމް މެމްބަރު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ލަތީފް ވިދާޅުވީ ރައީސް ޔާމީން އިތުރުފުޅު ހެއްދެވުމާއި ކަންކަން އޮޅުވާލުމުގެ ކަންކަން އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. ލަތީފް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އިނާޔަތް 5000ރ. އަށް ބޮޑު ކުރުމަށް އަނާރާ އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމު ވެސް މަޖިލީހަށް ހުށަހެޅުއްވި ކަމަށާއި ނަމަވެސް އެބިލް އެތައް ދުވަހެއް ވަންދެން މަޖިލީހުގައި ބޭއްވުމަށް ފަހު ބޭރުކޮށްލީ ރައީސް ޔާމީން އެންގެވުމުގެ މަތިން ކަމަށެވެ. 

އެގޮތުން 2014 ވަނަ އަހަރު އަނާރާ ހުށަހެޅުއްވި އެބިލް 81 މެމްބަރުންގެ ތާއީދާ އެކު ބަލައިގަންނަން ފާސްކުރި ނަމަވެސް ކޮމެޓީ މަރުހަލާގައި އެބިލް ދެ އަހަރު ވަންދެން ވަނީ ބާއްވާފައެވެ. އަދި ފަހުން ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ އެ ބިލް ބޭރުކޮށްލާފައެވެ.   

އަންގާރަ ދުވަހު މ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި، މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އިތުރު ދައުރަކަށް އިންތިހާބުވެއްޖެ ނަމަ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުން ދެމުން އަންނަ އިނާޔަތް 5000ރ. އަށް ބޮޑުކޮށް ދެއްވާނެ ކަމަށެވެ.

ރައީސް ޔާމީންގެ އެވާހަކަފުޅާ ގުޅިގެން އަނާރާ ވެސް ވަނީ ސުވާލު އުފައްދަވާފައެވެ. އަނާރާ ވިދާޅުވެފައި ވަނީ ރައްޔިތުންނަށް ކަމެއް ކޮށްދޭ ނަމަ އޭރު ވެސް އެ ފުރުސަތު މަޖިލީހުގެ ތެރެއިން އޮތް ކަމަށެވެ. އެކަމަކު މީގެ ހަތަރު އަހަރު ކުރިން ހުށަހެޅި އެ އިސްލާހު ބޭރުކޮށްލުމަށް ފަހު، އެ ވައުދު އަލުން ވެވަޑައިގަތީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށް އަނާރާ ވިދާޅުވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް