15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

އުުތުރު ކޮރެއާ-ދެކުނު ކޮރެއާ

ދެކުނު ކޮރެއާގެ ފިލްމު ފެސްޓިވަލެއްގައި އުތުރު ކޮރެއާގެ ފިލްމުތަކެއްގެ ސްކްރީނިންގ ބާއްވަނީ

  • ދެކޮރެއާގެ ގުޅުން އަންނަނީ ރަނގަޅުވަމުން
އަހުމަދު އަނޫޝު | IamAhmedAnoosh

| 11 ޖުލައި 2018 | ބުދަ 20:31 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި
  8. ވިޔަފާރިވެރިން އިސް ނަގައިގެން އިންތިހާބީ ރައީސަށް މަރުހަބާ ދަންނަވައިފި


އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން -- ހަފިންގްޓަން ޕޯސްޓް

ދެކުނު ކޮރެއާގެ ފިލްމް ފެސްޓިވަލެއްގައި އުތުރު ކޮރެއާގެ ފިލްމުތައް އެޅުވުމުގެ ހުއްދަ ދެކުނު ކޮރެއާ އިން އަންގާރަ ދުވަހު ދީފިއެވެ. 

އެގޮތުން ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ރަށްބޭރުގައި ޖުލައި 12 ގައި އޮންނަ "ބޫޗަން އިންޓަނޭޝަނަލް ފެންޓަސްޓިކް ފިލްމު ފެސްޓިވަލް" ގައި ދެކުނު ކޮރެއާގެ އޮފިޝަލުން ވަނީ އުތުރު ކޮރެއާގެ ތިން ފީޗާ ފިލްމާއި ހަ ކުރު ފިލްމު ސްކްރީން ކުރުމުގެ ހުއްދަ ދީފައެވެ. އުތުރު ކޮރެއާގެ ފިލްމުތައް ދެކުނު ކޮރެއާގައި ފީޗާކުރުމުގެ އިތުރަށް ކަމާ ބެހޭ އޮފިޝަލުން ދަނީ އުތުރު ކޮރެއާގެ ވަރަށް ގިނަ އަދަދެއްގެ ފިލްމު އުފައްދާ ފަރާތްތަކަށް ވެސް ދައުވަތު ދިނުމަށް މަސައްކަތް ކުރަމުންވެ. އެހެންނަމަވެސް އެ ފާރަތްތަކުން މަޑުކުރަމުން ދަނީ ދެކުނު ކޮރެއާ އޮފިޝަލުންގެ ހުއްދައަށެވެ. 

ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާގެ ވެރިން ދާދިފަހުން ތާރީހީ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ބައްދަލުވުމަށް ފަހު ދެ ގައުމުގެ ގުޅުން އަންނަނީ ރަނގަޅުވަމުންނެވެ. 

ދެކޮރެއާގެ ދެމެދުގައި 1950-1953 ވަަނަ އަހަރަށް ކުރެވުނު "ކޮރެއާ ހަނގުރާމަ" އަށް ފަހު ދެގައުމުން ސުލްހައިގެ ޕީސް ޓްރިޓީއެއް ގާއިމުކޮށްފައެއް ނުވެއެވެ. އެހެންކަމުން ދެގައުމުން އަދިވެސް ތިބީ ޓެކްނިކަލީ ގޮތުން ބަލާއިރު ހަމަނުޖެހުމެއްގައެވެ. ދެކޮރެއާގެ އާންމު ރައްޔިތުންގެ މެދުގައި ހުރިހާ މުއާމަލާތްތަކެއް ވަނީ މަނާކުރެވިފައެވެ. އޭގެ ތެރޭގައި ކޮރެއާ ބޯޑަރު ހުރަސްކޮށް ދަތުރުކުރުމާއި، ދެ ގައުމުގެ ސަރުކާރުން އެންޑޯސް ނުކުރާހާ ހިނދަކު ސިޓީ ފަދަ ލިޔުންތައް ބަދަލުކުރުމާއި، އީމެއިލް ފޮނުވުން ވަނީ މަނާކުރެވިފައެވެ. 

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު، އެމެރިކާ އާއި އަދި ބައިނަލްއަގްވާމީ މުޖުތަމައު އިން އަޅާފައި ވެއެވެ. އެމެރިކާ އިން ތަކުރާރުކޮށް ބުނަމުން ދަނީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާއަށާއި އަދި މުޅި ދުނިޔެ އަށް ވެސް ހުރި ބިރެއް ކަމަށެވެ. އުތުުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް ބާރުއެޅުމުގެ ގޮތުން ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަނީ ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުވުން ބޭއްވުމަށް އެންމެ ބޮޑަށް ޑިޕްލޮމަސީ ކުރިއަށް ނެރެ މަސައްކަތް ކޮށްދިން ގައުމަކީ ދެކުނު ކޮރެއާއެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް