
| 20 ޖެނުއަރީ 2017 | ހުކުރު 05:00 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭންޖެހޭ ފައިސާ މިއަހަރުގެ ބަޖެޓުގެ ތެރެއިން ދޭނެ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ، މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ބައެއް ފައިސާތައް ހުންނާނެ ކަމަށާއި، އެ ފައިސާތައް މި އަހަރު އަލަށް ހަދާ ބަޖެޓްގައި ހިމަނަން ނިންމާފައިވާ ކަމަށެވެ.
އެހެން ނަމަވެސް ޓީމުތަކަށް ދޭން ޖެހޭ ފައިސާގެ ތަފްސީލެއް ނުދެއްވައެވެ. ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި އެފްއޭއެމް ދަރަނީގެ ގޮތުގައި ހިމެނޭ 17 މިލިއަން ރުފިޔާ ތެރޭގައި ޓީމުތަކަށް ދޭން ޖެހޭ 1.4 މިލިއަން ރުފިޔާ ވެސް ހިމެނެއެވެ.
މީގެ އިތުރުން ނިމިގެންދިޔަ މިނިވަން ޗެމްޕިއަންޝިޕްގައި ބައެއް ޓީމުތަކަށް ދޭން ޖެހޭ ފައިސާ އަދި ދެވަނަ ޑިވިޝަންގެ ބައެއް ކްލަބްތަކަށް ދޭންޖެހޭ ފައިސާ ވެސް މި އަހަރު އެފްއޭއެމް އިން ދޭން މަސައްކަތްކުރަމުން އަންނަ ކަމަށް ޖަވާ ވަނީ ވިދާޅުވެފައެވެ.
މިނިވަން ޗެމްޕިއަންޝިޕަކީ އެފްއޭއެމްއާ ފީފާ އިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމެޓީން ތައާރަފްކުރި މުބާރާތަކެވެ. އެގޮތުން ފުރަތަމަ ބޭއްވި މުބާރާތް ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުނު އަހަރާ ދިމާވުމުން އެ މުބާރާތަށް ކިޔާފައިވަނީ މިނިވަން ޗެމްޕިއަންޝިޕެވެ.
މިނިވަން ޗެމްޕިއަންޝިޕުން އާ މޫނުތައް ފެނިގެންދާއިރު، ވަރުގަދަ ޓީމުތައް ވެސް ވަނީ ފެނިގެންގޮސްފައެވެ. އެގޮތުން ފުރަތަމަ ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ސ.ފޭދޫ ވަނީ ގައުމީ މުބާރާތުގައި މިދިޔަ އަހަރު ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ވެސް ހޯދާފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް