19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރައީސް ނަޝީދަށް އިންޒާރުދިނުން

ރައީސް ނަޝީދު 'ގަތުލުކުރުމަށް' ފެނަކައިގެ އެކްޓިން އެމްޑީ ފާޅުގައި ގޮވާލައިފި

  • ރައީސް ނަޝީދު މަރާލުމަށް މުސްލިމް އުއްމަތަށާއި މުއައްސަސާތަކަށް ގޮވާލާފައިވޭ
  • މި ޓްވީޓް އޭނާ ވަނީ ފަހުން ޑިލީޓްކުރައްވާފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 11 ޖުލައި 2018 | ބުދަ 20:01 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ފެނަކަ ކޯޕަރޭޝަންގެ އެކްޓިން އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ލައްމާން -- ފޮޓޯ: ރާއްޖެ އެމްވީ

ފެނަކަ ކޯޕަރޭޝަންގެ އެކްޓިން އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ލައްމާން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޅުގައި މަރުގެ އިންޒާރުދެއްވައިފިއެވެ. 

ޓްވިޓަރ މެދުވެރިކޮށް ލައްމާން މަރުގެ އިންޒާރު ދެއްވާފައި ވަނީ ރައީސް ނަޝީދު އަންގާރަ ދުވަހު ކުރައްވާފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރަނިންގ މޭޓަކަށް ހޮއްވަވާފައިވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓްގައި ވަނީ ރައީސް ޔާމީން ރަނިންގ މޭޓެއްގެ ގޮތުގައި ހޮއްވަވާފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް މީހުން ފޮނުވާ ކަމުގެ ތުހުމަތު ކުރެވިފައިވާ ފަރާތެއް ކަމަށެވެ. ހަމައެހެންމެ ސައުދީ އަރަބިއްޔާ އިން ޑރ. ޝަހީމަށް ތާއިދު ކުރައްވަން ނިންމަވާފައިވުމުން ހާމަވެގެންދަނީ ރާއްޖޭގައި ހައްދުފަހަނައަޅައި ދިއުމަށް ސައުދީ އިން ތާއިދުކުރާ މިންވަރު ކަމަށް އެ ޓްވީޓްގައި ވެއެވެ.

ރައީސް ނަޝީދުގެ މި ޓްވީޓަށް ރައްދު ދެއްވައި ލައްމާންގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރައްވާފައިވާ ރިޕްލައިގައި އޭނާ ވަނީ ރައީސް ނަޝީދު މަރާލުމަށް މުސްލިމް އުއްމަތަށާއި މުއައްސަސާތަކަށް ގޮވާލައްވާފައެވެ. އަދި ރައީސް ނަޝީދަކީ މީހުންގެ ހިތްތަކުގައި ފިތުނަ އުފައްދަން މަސައްކަތްކުރާ މީހެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ. މި ޓްވީޓް އޭނާ ވަނީ ފަހުން ޑިލީޓްކުރައްވާފައެވެ. 

ލައްމާން ޑިލީޓްކުރެއްވި ޓްވީޓް

މިއީ ސަރުކާރުގެ ކުންފުންޏެއްގެ އިސްވެރިޔަކު ރައީސް ނަޝީދާ ގުޅިގެން މިފަދަ ގޮތަކަށް ޓްވީޓް ކުރެއްވި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. މީގެ ކުރިން ވެސް ސަރުކާރުގެ އިސްވެރިން ވަނީ ރައީސް ނަޝީދަށް ދެރަ ގޮތްތައް މެދުވެރިވުމަށާއި ދެރަގޮތްތައް ހެދުމަށް އާންމުކޮށް ގޮވާލާފައެވެ. އެގޮތުން މިހާރު ރައީސް ޔާމީނުގެ ރަނިން މޭޓަކަށް ދެއްވާފައިވާ ޑރ. ޝަހީމް ވަނީ ރައީސް ނަޝީދުގެ މައްޗަށް ކުއްތާ ފާކުރެއްވުމަށް ދުއާކުރެއްވި ކަމަށް ވިދާޅުވެފައި ވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އިތާ

7 މަސް ކުރިން

ތަންދޮރު ނުފިލިއަސް ބޮޑުވަރު. ސަރުކާރަށް ތާއީދުކުރާ މީހުން އުފާވާނެ

0
0
މޮޑު

7 މަސް ކުރިން

Laman's twitter account was hacked. He had mentioned it on his facebook. Why do you not check?

0
0
ހެއްރަބެ

7 މަސް ކުރިން

ވަޒީފާގެ ކުރިއެރުން ކިތަންމެވަރަކަށް ބޭނުންވިޔަސް މީހަކު މަރާލަން ގޮވުމަކީ ދީން ހުއްދަކުރާ ކަމެއްނޫން. . އަންނި މަރާލަން ގޮވުމުން ވަޡީފާގެ ކުރިއެރުން ލިބުމާއެކު ބައެއްގެ ރުހުން ލިބޭނެކަމަށް ހީކުރުމަކީ މުނާފިގުންގެ އަމަލެއް!!!!ލ

4
0